އައްޑޫ ސިޓީގެ ހިތަދޫގައި އިމާރާތް ކޮށްފައިވާ ފްލެޓުތަކަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވެފެން ޕޮއިންޓް ދެވިފައިވާ ފަރާތްތަކުގެ ލިސްޓް އާއްމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި އައްޑޫ ސިޓީ ހިތަދޫގައި ގާއިމްކޮށްފައިވަނީ 264 ފްލެޓެވެ. މި ފްލެޓްތަކަށް 577 މީހުން ކުރިމަތިލިއެވެ. އެހެން ނަމަވެސް ޝަރުތު ހަމަވެގެން ލިސްޓްގައި ހިމަނާފައި ވަނީ 414 މީހުންނެވެ.

https://www.facebook.com/adducitycouncil/posts/1497006280441627

ރަށްތަކުގެ އާބާދީއަށް ބަލައި މީގެ ތެރެއިން ހިތަދޫ ރައްޔިތުންނަށް 150 ފްލެޓް ހާއްސަ ކުރައްވާފައިވާއިރު، މަރަދޫ އަދި މަރަދޫފޭދޫ ރައްޔިތުންނަށް 30 ފްލެޓް އަދި ފޭދޫ ރައްޔިތުންނަށް 50 ފްލެޓް ހާއްސަ ކުރެވިފައި ވެއެވެ.

އައްޑޫ ސިޓީ ކައުންސިލުން ވިދާޅުވީ، ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ޕޮއިންޓް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތާއި ޕޮއިންޓް ލިބުނު ގޮތާ މެދު އެއްވެސް ކަމެއް ސާފުކުރަން ބޭނުން ނަމަ އެ ފުރުސަތު މި މަހުގެ 25 ވަނަ ހަމައަށް އޮންނާނެ ކަމަށެވެ.

އަދި ފްލެޓްތައް ލިބޭ މީހުންގެ ފައިނަލް ލިސްޓް އާއްމު ކުރާނީ ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ނުވަތަ ސާފު ކުރެވޭ އިތުރު މައުލޫމާތާއި ލިސްޓަށް ގެންނަން ޖެހޭ އުނިއިތުރެއްވާ ނަމަ، އެ އުނިއިތުރެއް ގެނައުމަށް ފަހުއެވެ.

އެ ފްލެޓްތަކުގެ އިމާރާތް ކުރުމުގެ މަސައްކަތް ނިންމާލާފައިވާތާ އެތައް ދުވަހުއް ވަނީ ވެފައެވެ.

ޔާމީންގެ ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން އައްޑޫ ސިޓީ ހުޅުމީދޫގައިވެސް 48 ފްލެޓް އިމާރާތްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޢާސިދާ

    ޓތިޔައީ ބޭކާރު ހަރަދެއް އަނއއްކާ އައްޑޫމީހުނައް ހުރިހާމޮޅެއް އެމީހުން އެންމެން އއުޅެނީ މާލެ ދަފްތަރުގަ ޖެހިގެން ގިނަބަޔަކައް ފްލެޓްލިބިފައި އަނެއްކާރަށުންޗެސް އެމީހުނައް ފްލެޓް މީވާ މޮޅުކަމެއްތާ..ހުރިހާކަމެއް އައްޑޫއައްދޯ..