މާލެ އާ 1712 ކިލޯ މީޓަރ ދުރަށް ބާރު ގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މޫސުމާއީ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ވިދާޅުވީ ބިންހެލުން އައިސްފައިވަނީ މެގްނެޓިއުޑް 5.1 ގެ ބާރުމިނުގައި ރާއްްޖޭގެ ވެރިރަށް މާލެއާ 1712 ކިލޯމީޓަރު ދުރަށް މިޑް އިންޑިއަން ރިޖަށް ކަމަށެވެ.

ބިންހެލުން އައިސްފައިވަނީ ބިމުގެ 10 ކިލޯމީޓަރު އަޑިއަށް ކަމަށާއި ބިންހެލުމާއި ގުޅިގެން ރާއްޖެއަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖެ ގެ ދެކުނުން ބިންހެލުމެއް އައިސްފައިވާއިރު މިމަހު ދެވަނަ ދުވަހު އައްޑޫ ކައިރިން ވަނީ ބިންހެލުމެއް އައިސްފައެވެ. މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ކުރިއެވެ. ނަމަވެސް މި ލޮޅުމާ ގުޅިގެންވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ ލޮޅުމެއް ރެކޯޑް ކުރެވުނު ނަމަވެސް އެއީ ބިންހެލުމެއް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހަބަރުދާރު

    ދެރަކަމެއްނު. މީ ބާރުގަދަ ބިންހެލުމެކޭ ބުނީ ކާކު؟ މާތްކަލާކޯ މިހެން ހަބަރު ނުޖަހަބަލާށޭ. މީހުން ޕެނިކް ވާނޭ. .

    27
    6
    • މުކި

      5.1 އެއީ ބާރުގަދަ ބިންހެލުމެއް. ދޮންކަލޯ ބިންހެލުން މިންކުރަނީ ކޮންމިންގަނޑަކުން؟ ރޯނުގަނޑަކުންތަ؟

      19
      • ކުބެ

        ފޫޓުފީތާއިން ތޯއްޗެއް