ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދަޢުވާގެ ޝަރީޢަތް ޓީވީން ލައިވްކޮށް ދެއްކުމަށް ހަމަޖެހިފައިވާ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.

ރައީސް ޔާމީންގެ ޝަރީޢަތް ޓީވީން ދައްކަން ހަމަޖެހިފައިވާ ކަމުގެ މަޢުލޫމާތު ލިބިފައި މިވަނީ، އެމަނިކުފާނުގެ ޝަރީޢަތުގެ އަޑުއެހުމަށް މާދަމާ ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެނގިފައިވާގޮތުގައި ކްރިމިނަލް ކޯޓުގައި މާދަމާ ކުރިޔަށްދާ ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުން ލައިވް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. ނަމަވެސް މިކަމާއި ގުޅިގެން އެ ކޯޓުން އަދި އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ރައީސް ޔާމީންގެ ޝަރީޢަތް ލައިވް ކުރުމަށް ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާއިރު، ނޮވެމްބަރު ތިނެއްގެ ހަމަލާ އާއި ގުޅިގެން ކުރިޔަށްގެންދިޔަ ޝަރީޢަތުގެ އަޑުއެހުން ރޭޑިއޯއިން ލައިވްކުރި ފަހުން މިއީ ކޯޓުގެ ޝަރީޢަތެއް ލައިވްކުރާ ފުރަތަމަ ފަހަރެވެ.

މީގެ ކުރިން ރާއްޖޭގައި ބައެއް މައްސަލަތަކުގެ އަޑުއެހުންތައް ލައިވްކޮށް ޓީވީންނާއި ރޭޑިއޯއިން ގެނެސްދިނުމަށް ބައެއް ފަރާތްތަކުން އެދިފައިވީނަމަވެސް އެގޮތަށް ޢަމަލުކޮށްފައެއް ނުވެއެވެ. ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމެއް ލައިވް ކުރުމަށް ތައްޔާރުވަމުން ދާއިރު އެމަނިކުފާނުގެ ފަރާތުން އެކަމަށް އެދިފައެއްވެސް ނުވެއެވެ.

މާދަމާ ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާއިރު ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތެވެ. އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ.

އެންމެ ފަހުން މައްސަލާގައި އަޑުއެހުމެއް ބޭއްވީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ. އެދުވަހުގެ އަޑުއެހުން ނިންމާލީ ދައުލަތަށް ދައުވާ ސާފުކޮށް ނުދެވުމުން ދެން އޮންނަ އަޑުއެހުމެއްގައި ދައުވާ ސާފު ކޮށްދިނުމަށް ފުރުސަތު ދިނުމަށެވެ. މި މައްސަލައިގެ ޝަރީޢަތް ފަށާނީ މިއީ ކުރިއަށް ގެންދެވިދާނެ ދައުވާއެއްތޯ މަދަނީ މިންގަނޑުތަކުން ބެލުމަށް ފަހު އެވެ.

ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެސްއޯއެފް އިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑް ކުރެއްވި ކަމަށް ތުހުމަތުކޮށެވެ. އެ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.

މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން މި އަހަރުގެ ކުރީކޮޅު އެމަނިކުފާނުގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ. ނަމަވެސް އެ ކޯޓުން ކުރި އަމުރު ހައި ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

ޔާމީންގެ އެކައުންޓަށް އެއް މިލިއަން އެމެރިކާ ޑޮލަރު އެސްއޯއެފް އިން ޖަމާކުރި މައްސަލައިގައި އެމަނިކުފާނު ފުލުހަށް ފުރަތަމަ ހާޒިރު ކުރީ މިދިޔަ ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުއެވެ. މައްސަލައިގައި ޔާމީންގެ ބަޔާންތައް ނިންމާ ބަޔާންތަކުގައި ސޮއި ކުރުވާފައި ވަނީ މިދިޔަ ޖަނަވަރީ މަހުގެ 08 ވަނަ ދުވަހުއެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން މައްސަލައިގައި ދައުވާ އުފުލީ ފެބްރުއަރީ 13 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

24 ކޮމެންޓް

  1. އ. ޖ. އ

    އެތަނަށް ގޮސް ގާޒީ އަށް ?? ދައްކާނީ..

    31
    9
  2. ތަހުތު

    މަރުހަބާ ރައީސްޔާމީން ﷲގއިރާދަފުޅުންމަނިކުފާނައްކާމިޔާބުވާނީ ބަޔަކުއެއުޅެނީހަޖަމުނުވެގެންމަނިކުފާނު5އަހަރުދުވަސްވީއިރުކޮއްދީފަހުރިތަރައްގީފެނިފަކެއްނުވެގެންއެއުޅެނީ މަރުހަބާރައީސްޔާމީން

    150
    16
    • falagandu

      ޖުލައި މަސް މިނިމެނީ ކޮބާހޭ މަރު ކޮމިސަން. ދެ ފުއް ފެންނަނީ ވަކި ކަންތަކުގަތަ.

      42
      3
  3. އ. ޖ. އ

    ކޮން ޗެނަލް ތަކަކުން ؟
    އަރީހް ދައްޗެ ނަވާޒު ގަބޫލު ނުވިޔަސް.. ޔާމްބެ އެއްނު

    39
    3
  4. ރަދީފް

    ސަންގު ޓީވީ އިން ދައްކަޔޯ

    22
    1
    • ސިސޫ

      މިހާރު އޮތް ސަރުކާރަށް ކަމެއް ނުކުރެވޭތި ރައްޔުތުން ބުންވީމަ އަބަދުވެސް ޔާމިން ގެ ކަމެއް ދައްކާއިން ވެރިކަން ދިފާއުކުރަނި..އެރޫ ނަދޭވެ އިރު ކީ ސިޔަސީ ހައްޔަރީންނެ މިޔަދު ވެރިކަން ލިބޫނި މަ ކުޅޭނީ އެއްކުޅިޔެ..ބައިކޮޅަށް ތި ކުޅެވޭނި ސަރުކާރުވެސް ނޭވަހުޅިޔަ އެޅިއްޖެ.ޔާމީން ޔާމިން.ބާގިޔެއް ގެ ހިމާޔަތު ގަ އެޅުނު އިރު އީންސާފް އޮތި އުތުރީ އަރާފަ އޭނަ ފިލުވާއިން ލަންކާ އެންބަސީގަ ގެރިމަހާ ކުކުޅާ ކާންދީގެން.
      އަބަދު ޔާމިނުގެ މުޅަމަސް ކާއިން ވެރިކަމެއް ދީފައު ނުކުރެވޭނެ.

      21
      2
  5. ޙުލް

    މޮޔަކަމެއް
    ވާނެ އެކަތިވެސް ނެތް

    40
    4
  6. އަބުދުﷲ

    މިސަރުކާރައް ކުރެވޭނެ ކަމަކީ ރައިސް ޔާމިނުގެފަހަތުން ދުވުން ، ވަރިހަމަ ޖަހާލާނެ ވެކުސިނަ ގަޑެއްނެތަސް ،ލަމެއްނުވެއްޖިއްޔާކުރިގެ ސަރުކާރު

    86
    4
  7. ތަރަހަ

    މިފަހަރުއަތަށްގޮވާތަންންމެނަށްފެންނަގޮތްވާނެއިންޝާﷲ.

    74
    4
  8. ޢަލީ

    ސޯލިހާ ކަލޭ ދަތްހުރީމަ ޔާމީނު ރޮލާ ހަފައިގެން ކާލަބަލަ..ފޯރިހުރެޔޭދޯ! ހަސަދަވެރި ވިޔަސްތީ ބޮޑުވަރު ކަލޯ؟؟ ތިމާޔަށް ވެސް އުމުރު ނުހުރެވޭނެ ތިމަޤާމުގަ އިންޝާﷲ ދެން ކުޅިބަލަން އޭރަށްތިބޭނީ ދޯ؟؟؟

    85
    10
  9. ބޯކިބާ

    އޭނަގެ ޝަރީއަތް ލައިވް އެކަންޏެއްނޫން ކުރަންވީ، ހަފްތާއެއްވަންދެން އިރުއިރުކޮޅާ ދައްކަންވީ.

    13
    60
  10. އައިންތު

    މިގައުމު ސަލާމަތްކުރެއްވުމަށް ﷲއަށްދަންނަވަން މިއޮތީ މުސީބާތުން ފުރިގެންވާ ވެރިކަމެއް މުސލިމުގައުމަކައް ފެނިފަ ބޮޑު ވަގުތަށް ވެރިކަން ފޭރިގަނެފަ ރ ޔާމީނާ ކުޅެން މަރުދަންޖެހެނީ ތިކަމެއް ނުވާނެ ﷲ ގެ ކުޅަދުންވަންތަކަން ޔާﷲ ރ ޠާމީނަށް ކާމިޔާބު މިންވަރުކުރަށްވާށި އާމީން.

    95
    7
  11. އަފިރިންގެ ޚިޔާލް

    މިއީ ހެޔޮވެރިކަމޭ، އިންސާފޭ، ކިޔާފަ ރައްޔިތުން އޮޅުވާލި ޖާހިލު ސަރުކާރުގެ ރޭވުމެއް. އެސްއޯއެފުން ފައިސާ ޖަމާކުރި 155 މީހުންގެ ތެރެއިން ރ.ޔާމިންގެ ޝަރީއަތެއް ހިންގުމީ މިއީ ހަމަ އިންސާފުތޯ، ދުނިޔޭގެ ތަހުޒީބީ ޤައުމުތަކުގެ ކޯޓް އަޑުއެހުން ލައިވް ކީއްކުރަންތޯ ފޮޓޯ ނެގުމީވެސް މަނާކަމެއް، މިއީ ސީދާ ރ.ޔާމިންގެ ކަރާމަތާއި އަބުރު ކަތިލަން ޖައްބާރު ސަރުކާރުގެ ރޭވުމެެއް. ބަލަންތިބޭ އަހަރަމެން ހަމަ މިނާނީ އެއްނާޅިން، ރ.ސޯލިހު އަދި ރ. ނަޝީދު ގެ ޝަރީއަތް ހިންގާ ދުވަސް... މިއަދު ހީލާ މާދަމާ ރޯނެ.... މިވެރިކަމުގައި ސިއްކަޖެހެނީ...

    94
    5
  12. އަބްދުއްލާ

    ރައީސް ޔާމީންގެ ޝަރީޢަތް ޓީވީން ދައްކަނީ

    31 މިނެޓް ކުރިން ( ޖުލައި 20, 2019 )

    الحمد والشكر އަނެެއްކާވެސް ކާމިޔާބެއް، M D P ގެ ސޯޓްބޭލުމެއް. ކެރެންޏާ

    ކޮއްލަބަލަ؟ ހިޔެއްނުވެ ތިކަމެއް ކުރަންކެރޭނެހެނެއް. ގޮތެއްނޭގޭވިއްޔަދޯ؟ މޮޔައިންވިއްޔަ؟

    ކޮށްފާނެ ކޮންމެކަހަލަ ކަމެވެސް،.

    61
    5
  13. އަފީފާ

    ޔާމީންހައްޔަރުކުރަން ހާދަވަރެއްއެބަހުއްޓޭ
    މިހާރު ގަބޫލެއް ނުކުރެވޭ ތިކުރާސަރިއް
    ޔަތަކީއިންސާފު ވެރިސަރިއްޔަތެކޭބުނެވޭ
    ކައްނެއް ސަބަބެނެ ތިއެއްނޫން މިހެން
    މިބުނަންޖެހެނީ ހަޖަމުވިޔަސް ނުވިޔަސް
    ވެރިކަމުގަހުރީ ވަގުވޯޓަކުން އައިވެރިޔެއް
    ދެން އޮތީ މަޖިލިސް އެވެރިން ވެސްމަޖި
    ލީހައް ވަދެތިބީވެސް ވަގުވޯޓުން ވަދެފަތިބިބައެއް
    ވީމާ ރައީސްއަކީސައްހަރައީސެއް ކަމަކައްގަބޫލެއް
    ނުކުރަން ދެންއޮތީމަޖިލިސް މިހާރުމަޖިލީހައްވަ
    ދެެއެތިބަ އެމްޑީޕީ މެންބަރުނޭކިޔާބައިގަޑުވަގުވޯޓުން
    ވަދެތިބިވަގުން ކަމައް މަގަބޫލުކުރަން މިހާރު
    ތިރައްޔެތުގެމަޖިލީހަކީ މިހާރުން މިހާރައްއުވާލަން
    ޖެހޭތަނެއް ތީބަހައްޓާވަރުގެ ތަނެއްނޫން
    ވަގުންނައްހީވާނެދެން ތިބެނީވެސްވަގުނޭ ؟
    މިހާރު މިއޮތީ އިހުޒަމާނުގާ މަގޫދަނޑިންސަރު
    ކާރުހަދާފަ ބަތްތައްޓައް ސަރިއްޔަތްކުރާދުވަސް
    އައިސްފަ މިވަގުސަރުކާރުގަމިތިބަ ވަގުންނާ އިން
    ސާފުއަރާހަމަކުރާނެކަން ދައްނާތި؟
    ދެންބުނެލަންއޮތީ މެކުމުފުމުނަކަސް ގާހަކައަކައް
    ނުފުމެވޭނެ؟ މީވަރައްގިނަވާހަކަ؟؟؟؟

    60
    2
  14. Anonymous

    ޑޮލަރަށް ބަހައްޓާފަ ހުންނާނީ ހަމަ ޑޮލަރު.

    35
    3
  15. އ. ޖ. އ

    އެފް ބީ ލައިވް ކުރާތީ.. ޓީވީ ނުބެލިދާނެ

    13
    2
  16. ކީއްކުރާނީ

    އެމީހެއްގެ އަގު ހިފަހައްޓަނީ އެމީހަކު، ކޯޓުތައް އަމިއްލަ އަގު ތިވެއްޓެނީ، ރާއްޖެ މިދަނީ ޖަޒީރާ އަކަށް ބަދަލުގައި މިނިކާ އަކަށް، އައު ބާބެއް ތިފެއްޓުވީ ދުނިޔޭގެ ތިބި ބަޔަކަށް ފެންނާނެ.

  17. ޔަގީން

    ހުޅުވާ ލައިގެން ދެފުއްފެންނަ ގޮތަކަށް ގެންދަން ޖެހޭނެ

  18. ޔަގީން

    ހާދަބިރެއް އެބަގަނެޔޭ ކޭވަރު ރައްޔިތުންނަށް އެނގިދާނެތީދޯ

    1
    2
  19. ދިސްވޭއޭ

    ރައީސް ޔާމީންގެ ޝަރީއަތް ޓީވީއެމް އިން ލައިވް ކުރަނީ އެއީ މިސަރުކާރުން ރައްޔިތުންނާއި ގުޅުން ހުރި އެއްވެސް ކަމެއް ރައްޔިތުންނަށް ރައީސް އިބޫގެ ސަރުކާރުން ކޮށް ނުދޭ ކަން އެމެންނަށް ވެސް ޔަގީންވާތީވެ އެކަން ފޮރުވަން ވެގެންނޭ ހަފްތާ އަކު 7 ދުވަހު މަސައްކަތް ކުރާނަމޭ ދުވާލަކު 18 ގަޑިއިރު ބުނެ ވެރިކަމަށް އައި މީހުންނަށް މިވާވަރަކީ ހަފްތާ ނިމިގެންދާއިރު ވެސް ރައްޔިތުންނާއި ގުޅުން ހުރި އެއްވެސް ކަމެއް ނުވޭ ރަށެއްގައި ފާޚާނާ ނިޒާމް އެޅުން އެއީ ކަމެއް ނޫނޭ މާލެ ސަރަހައްދުގައި ބޮޑެތި ޕްރޮޖެކްޓްސް ތައް ނުހިންގާނަމަ ރައްޔިތުން ބުނާނީ އެއީ ރައީސް އިބޫ އަށް ކަމެއް ނުކުރެވެނީ ކަމަށޭ...

  20. އިބޫ

    އިބޫ ކަލޭ ހަނދާންކުރާތި މަރުވާނެކަންވެސް. ދެފުށްފެންނަގޮތަށް ކަލޭގެ ޝަރީއަތްވެސް އެންމެ އިންސާފުވެރިދަރުބާރުގައި ކުރެވެނެކަންވެސް. އަދި އެކުވެރި މޯދީގެ ޝަރީއަތްވެސް ހަމަ އެދަރުބާރުގައި ކުރެވޭނެކަންވެސް.

  21. އަހްމަދު

    ތިޔަޝަރީއަތް ވަކިހިސާބަކުން ލައިވް ކަނޑާލާނެ. ޔަގީން.

  22. އަދުރޭ

    ތަފާލުގަ ދަނޑިން ތަޅަންވީނު . އޭރުން ހަމަ ގައިމުވެސް ގަޔަށް ތިކިބުރާނެ