މާދަމާ އޮންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޝަރީއަތް ލައިވް ކުރަނީ ދައުލަތުގެ ފައިސާއާ ގުޅުން ހުރި މައްސަލައަކަށް ވާތީކަމަށް ކްރިމިނަލް ކޯޓުން މިރޭ ވިދާޅުވެއްޖެއެވެ.

އެ ކޯޓުން މިރޭ ނެރުނު އިއުލާނެއްގައި ވިދާޅުވީ، ޔަމީންގެ ޝަރީއަތް ލައިވް ކުރުމަށް ނިންމީ އެމަނިކުފާނު މައްޗަށް ދައުލަތުން ދައުވާކުރުމުން، އެ ކޯޓުން ބަލަމުންދާ ގައިޟިއްޔާއަކީ ދައުލަތުގެ ފައިސާއާ ގުޅުން ހުރި އަދި އާންމު ރައްޔިތުންގެ ކަންބޮޑުވުން އެ މައްސަލާގައި ނުހަނު ބޮޑަށް އޮތް މައްސަލައެއްކަމަށްވާތީ ކަމަށެވެ.

އެހެންވެ އެ މައްސަލާގެ އަޑުއެހުންތައް ލައިވް ކުރަން އެ ކޯޓުން ނިންމީ ކަމަށް އެ އިއުލާނުގައި ވެއެވެ.

އެ ޝަރީއަތް ދުރާ ގާތުން ދައުލަތުގެ މީޑިއާ ޕީއެސްްއިމް ދައްކާނެއެވެ. އަދި އެހެން މީޑިއާތަކުން ދެއްކޭނެ މަގު ތަނަވަސްކޮށްފައި ވެއެވެ.

މާދަމާ ރައީސް ޔާމީންގެ ޝަރީޢަތުގެ އަޑުއެހުމެއް ބާއްވާއިރު ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތެވެ. އެ މައްސަލާގައި މިހާރު ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ.

ޔާމީންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ އެސްއޯއެފް އިން އެމަނިކުފާނުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑް ކުރެއްވި ކަމަށް ތުހުމަތުކޮށެވެ. އެ ދައުވާގައި ބުނެފައި ވަނީ އެމްއެމްޕީއާރްސީގެ 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތުގެ ފައިސާ އިން، އެމަނިކުފާނު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ހުޅުވާފައިވާ އެކައުންޓަކަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާ ކުރުމުން އެ ފައިސާ އިން މަންފާ ހޯއްދަވައި ލޯންޑާ ކުރައްވާފައިވާ ކަމަށެވެ.

މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން މި އަހަރުގެ ކުރީކޮޅު އެމަނިކުފާނުގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރު ކުރިއެވެ. ނަމަވެސް އެ ކޯޓުން ކުރި އަމުރު ހައި ކޯޓުން ވަނީ ބާތިލްކޮށްފައެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިން މައްސަލައިގައި ދައުވާ އުފުލީ ފެބްރުއަރީ 13 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ފާތުމާ

    ރަގަނޅު ނިންމުމެއް

    12
    55
  2. Anonymous

    މިކަމުން ސަލާމަތްވޭތޯ މާތްﷲގެ ޙަޟުރަތުގައި ދުޢާކުރޭ.

    33
    2
  3. ފަރީދު

    ލައިވް ކުރަންވީ. ލައިވް ކުރި ކުރިހެން ދައުލަތް ވާނީ ފަޟީޙަތް. އެކަން ވަރަށް ސާފު. މިއުޅެނީ ކޮންމެހެން މީހަކު ކަމެއް ކޮށްގެނެއްނޫން. ޔާމީން ދެކެ ބިރުން އުޅޭ އުޅުމެއް. ހަޖަމު ވިޔަސް ނުވިޔަސް ތިޔަފަދަ ރައީސެއް މިގައުމަކަށް އަދި ނާދޭ. މިތިބީ ރައީސް ޔާމީނާއި އެކު. ދެންވެސް ތިބޭނީ ރައީސް ޔާމީނާއެކު.

    65
    8
  4. ކަނބާ

    މި މައްސަލަ ނިމޭއިރު ބޮލާފޮށާއެޅި އޮރިޔާން ވެގެން ދާނީ އެމްޑީޕީއެވެ. ކެމްޕެއިންގައި ހެދި ދޮގުތައް ފަޅާއަރައި ޙަޤީގަތް ރައްޔިތުންނަށް ހާމަވެގެން ދާނެއެވެ.

    55
    6
  5. ޟަ

    ސައްދާމް މަރާލިތަން ވެސް މުޅި ދުނިޔެއަށް ދެއްކި..އެކަމުން އެނގުނީ އޭނާގެ ސާބިތުކަން

    55
    4
    • ލޮލް

      ސައްދާމު އެއީ ވަގެއްނޫން ބުރޯ! ހަމަ ޖެހޭ

      2
      17
  6. ވަތުއޮޑި

    ތިޔައީ ކޮންމެހެންވެސް ކުރަންޖެހޭކަމެއް، ހާއްސަކޮށް ދުނިޔޭގެ މީޑިއާތަކަށްވެސް ދޭތެރެދޭތެރެއިން މީނަގެ އެކިޒާތްޒާތުގެ ވާހަކަ އަރާފަ އޮތުމާއިއެކީ ބޭރުގެ ޓީވީތަކަށްވެސް ތަރުޖަމާއާއިއެކީ ތިމަންޒަަރުތައް ދެއްކެންޏާ ދައްކުން ރަނގަޅުކަންނެ.

    11
    33
  7. އ. ޖ. އ

    ހުރިހާ ތަނަކުން އެއްޗަކުން ލައިވް ކުރާތި

    5
    25
  8. އ. ޖ. އ

    ގަޑިއެއް ނެތްތަ

    1
    18
  9. ކިބޫ އިސްތިއުފާ

    ރާއްޖޭގަ އަލައްތަ ދައުލަތުގެ ފައިސާގެ މައްސަލައެ ބަލަނީ. މީގެކުރިން ރައްޔިތުންގެ ކަންބޮޑުވުންއޮތް ރައްޔިތުންނާ ގުޅުންހުރި ކިތައް މައްސަލަ ނިމިއްޖެތަ؟ތިއުޅެނީ ރޔާމީންގެ އަގުވައްޓާ ފަޘީހަތްކުރާނެގޮތެ ހޯދަން. އިއްޒަތާ ގަދަރަކީ ﷲދެއްވާއެއްޗެ ކިތައްމެ ވަރަކަށް މީހަކު ނިކަމެތިކުރަން ހިފިޔަސް ﷲ އިއްޒަތްދެއްވިމީހަކަށް ނިކަމެތިކަމއ ނުދެވޭނެ. އިބުރާހިމު ހީނުކުރާތި މިވެރިކަމަކީ ނިމުމެނެތް ރަސްކަމެއްކަށް.. މިއީ އަނިޔާވެރިކަން... މައުމޫނު މިރޭ އުފާކުރަން ޕާޓީކުރަނީ މިކަމުގަދޯ؟އެއްމެ ފަހުންވެސް ހަނދުކޭތައެއް ހިފާ ގައުމު ހަފުސްކުރީ... ނުބައި ބެގަޑެއެވެސް.

    39
    5
  10. ާއަލީ

    ﷲއިރާދަކުރެއްވިއްޔާ ރ.ޔާމީން އަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ އާމީން

    51
    7
  11. ތެދު

    ރ ޔާމީން ވީމަ ދައުލަތުގެ ފައިސާއާއި ގުޅުންހުރި މައްސަލައޭކިޔާފަ ޓީވީއިން ލައިވް ކުރަނީ ދެންކޮބާ މީގެކުރިން ދައުލަތުގެފައިސާ ކާލި އެހެން މީހުން ؟؟؟؟ ކީއްވެ އެމީހުންގެ މައްސަލަ ޓީވީއިން ލައިވްކޮށްފަ ނުބަލަނީ؟

    50
    5
  12. ޔަގީން

    ހާދަވަރަކަށް ހާސްވަނީ އެއްމެން ގަބޫލުކުރޭ ބޮޑު އަދަދެއް ކާލިކަން

    3
    17
  13. علي وحيد

    ماشاألله ،. ދައުލަތުގެ ފައިސާ އާއި ގުޅުންހުރި މައްސަލައެއް އަދިކިރިޔާ ކުރިމިނަލްކޯޓަށް ފާހަގަ ކުރެވިގެން ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ މަށްސަލަ رئيس يامين އާއި ދެކޮޅަށް، ވަޒީފާގަނޑު ގެއްލިދާނެތީ ތެޅިއެރުވިޔަސް ތީތަންކޮޅެއްބޮޑުވަރު ، މިނޫން ދުވަހެއް ފެނިއްޖެއްޔާއި، އަނިޔާވެރިކަމޭ އަދުލު އިންސާފޭ ކިޔަން އެ ދުވަހަކުން ނަހަދާތި މިއަދު މިސަރުކާރުގަ ތިބިބީތާތައް މީގެ ފަސް އަހަރު ފަހުން ﷲގެ رحمة ފުޅާއެކު فضيحة ވާތަން ފެނިގެންދާނެ

    18
    1
  14. ބާބަކިޔޫ

    އާނވާނެ ލައިވު ކުރަން. އޭރުން މަޤާމުގަ ތިބެވޭނީ. ސަރުކާރު ހިތްހަމަ ޖައްސަން އެއްކަލަ ޖަނގިޔާވެސް ބާލާނެ. ތީ މިހާރު ހިލާ ރަނބަގަޑެއް. ސަރުކާރު ބަދަލުވާއިރަށް، ކުރާޙުކުމްތައް ވަޔަށް ބުރައިގެންދާނެ.

    14
    1
  15. ހައިލަމް

    ފައިސައައި ގުޅުން ހުރެގެން ނޫން މި ސަރުކާރުން މަޖުބޫރު ކޮށްގެން ވަޒީފާގަ ދެމިހުންނަން ބޭނުންވާތީވެ ސޯލިހު ހީނުކުރާތި ތިމަންނަ ފަސްއަހަރު ނިންމާލާފަ ގޮސް އަރާމުގަ ގޭގަ އޮންނާނަމޭ 1.8 ބިލިއަން ރުފިޔަ ދަވާލާގެން ތި ހުރީ

    21
    1
  16. ޏ

    އިބްރޭގެ ސަރީއަތްވެސް ލައިވް ކުރާދުވަސްވެސް އަންނާނެ އަދި

    20
    1
  17. ކާފަބޭ2019

    150 ފަރާތަށް އެސްއޯއެފުންފައިސާޖަމާކުރިކަމަށް ތިޕޯޓުގައިވާއިރު ދައުލަތުގެފައިސާއަކީ ހަމައެކަނި ޔާމީނުގެއެކައުންޓަށް ޖަމާކުރިފައިސާތޯ؟

  18. ހޮހޮ

    ދައުލަތުގެ ފައިސާ ނުނަގާ ބައެއް އުޅޭތަ؟މެމްބަރުންވެސް ދައުލަތުގެ ފައިސާ ނަގާ