ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޝަރީފް މަޖިލީހަށް ދޮގު މައުލޫމާތު ދިން މައްސަލަ ފުލުހަށް ހުށައަޅައިފިއެވެ.

މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ވިދާޅުވީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ ޝަރީފް ދޮގު މައުލޫމާތު ދިން މައްސަލަ އިތުރަށް ތަހްގީގް ކުރަން ކަމާއި ބެހޭ އިދާރާތަކަށް ފޮނުވަން ނިންމާފައިވާ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސީއީއޯ ޝަރީފްގެ ދޮގު މައުލޫމާތު ދިން މައްސަލަ އިތުރަށް ތަހްގީގް ކުރަން ކަމާއި ބެހޭ އިދާރާތަކަށް ފޮނުވަން ނިންމާފައިވާއިރު ސަރުކާރުގެ ވެރިޔަކު ވިޔަސް މުއައްސަސާއެއްގެ ވެރިއަކު ވިޔަސް، މަޖިލިހަށް ވަޑައިގެން ދޮގު ހައްދަވާ ނަމަ، އެއީ ޖިނާއީ ކުށެއް ކަމަށާއި އަދި އެ ކަން ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރަން ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އަރިހުގައި އެދިވަޑައިގަންނަވާނެ ކަމަށް މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިދިޔަ ހަފްތާފައި ވިދާޅުވެފައެވެ.

މި މައްސަލަ މަޖިލީހުގެ ފަރާތުން ޕޮލިހަށް ހުށައަޅާފައިވާއިރު އެމްއެމްޕީއާރްސީގެ ހާއްސަ އޮޑިޓް ރިޕޯޓުތަކާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ބީއެމްއެލްގެ އިސް ބޭފުޅުން ހާޒިރު ކުރީ މި މަހު 16 ވަނަ ދުވަހުއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގުއިދައިތަ

    ކޮބާ އިމްރާން ދޮގު މައުލޫމާތު ދިން މައްސަލަ؟ ކޮބަ އިންސާފު؟؟

    33
    2
  2. މަރިޔާދު

    މި ވެރިކަން ވެއްޓެން އެ އުޅެނީ!

    29
    6
    • ހުސްެިން

      ﷲގެ އިރާދަފުޅުން އެންމެ ދެކެން ބޭނުންވަނީ ތި ދުވަސް.

      22
      2
  3. ދެބޯ ގެރި

    ތީ ހަމަ ގޮތްދައްކަން ކުރާ ކަމެއް، ތީގެން އެއްވެސް މީހަކަށް އެއްވެސް އަދަބެއް ނުލިބޭނެ، އިތްޒަތްތެރި މަޖިލީސް މެމްބަރުކަން ލިބިލެއްވި އިރު ކަޅުސައި ތައްޓެއް ބޯނެ މިންވްރުވެސް ތިމާގެ މިލްކިއްޔާތުގަ ނެތް ބައެއް ބޭފުޅުން މާލެއިން ބައްލަވައި ގެންފައިހުރި އަގުބޮޑަތި ފްލެޓްތަކާއި އެހެނިހެން މުދާތައް ހޯދާފައިހުރި ގޮތް ތިޔަ އިއްޒަތްތެރި މަޖިލީހުން ނުބައްލަވަނީ ކީއްވެތޯ....؟

    19
    2
    • އަލީވަހީދު

      ކަޅުބާޒަރުގައި އެންމެ އަގުބޮޑުކޮށް ވިއްލާލެވުނު މުދަލަކީ އަލީވަހީދު. އޭނަ ގަނެފައިވަނީ އެމްޑީޕީން. މާލެއިން 2 ބިން އޭނަގަތް.

      23
  4. ޖިންނި

    ނުލަފާ ޖާހިލު ކޮރަޕްޝަން ވޯޓް ގަނެގެން މަޖިލިހަށް ވަދެ އުޅޭ މީހުނަށް އެނގޭބާ އެންޑޯސް ގެ ސްޕެލިންގ ވެސް ( އެމް ޑީ ޕީ 3 ބާރު އެއްކޮށްގެން ވެސް ތި އުޅެނީ ޤަޥްމް ނުހިންގިގެން ރޫޙާނީ ލީޑަރު ގޮވައިގެން ދޭ ފަރަށް “ ގޮޅާ “ ހޮވަން މާ ތާހިރު ވާނެ