ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް މަޖިލީހަށް ދޮގު މައުލޫމާތު ދީފައި ވަނީ މަޖިލީހަށް ހާޒިރުވިއިރު ލިބިފައި ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް ވިދާޅުވެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޝަރީފްގެ ސިޓީއެއް މިހާރު ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށެވެ. ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޝަރީފް މަޖިލީހަށް އެސިޓީ ފޮނުވާފައި ވަނީ އޭނާ ރައްޔިތުންގެ މަޖިލީހަށް ދޮގު މައުލޫމާތު ދިން މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ފުލުހުންނަށް ހުށަހެޅުމުންނެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މައުލޫމާތު ދެއްވީ އޭރު ލިބިފައި ހުރި މައުލޫމާތައް ކަމަށް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ ޝަރީފް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވާ ކަމަށެވެ.

"ބޭންކް އޮފް މޯލްޑިވްސްގެ އޮފިޝަލް ވިދާޅުވެފައި ވަނީ އެބޭފުޅާ ކޮމެޓީއަށް ވަޑައިގެންނެވިއިރު ލިބިފައި ހުރި މައުލޫމާތުގެ މައްޗަށް ބިނާކޮށް ކަމަށް. ނަމަވެސް ކޮމެޓީގެ ބައްދަލުވުމަށް ފަހު ސޯޝަލް މީޑިއާގައި ދައުރުވި ޗެކްތައް އެބޭފުޅާއަށާއި އެބޭފުޅާގެ ބޭންކަށް ފެނިފައިވާ ކަމަށް. އެހެންކަމުން އެޗެކްތަކާއި ގުޅޭ ގޮތުން އެބޭފުޅުން މުޠާލިއާ ކޮށްފައި އެކަމާއި ގުޅޭ ސައްހަ މައުލޫމާތު މަޖިލީހަށް، މާލިއްޔަތު ކޮމެޓީއަށް އެބޭފުޅުން ފޮނުއްވަވާނެ ކަމަށް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ މަޖިލީހުގައި ތެދު ބަހުން ވާހަކަދެއްކުމަށް ބާރުއެޅުން ކަމަށެވެ. "އަޅުގަނޑުގެ އަމާޒަކީ މަޖިލީހުގައި ތެދު ބަހުން ވާހަކަދެއްކުމަށް ބާރުއެޅުން. މީހަކަށް އުގޫބާތެއް ދިނުމެއް ނޫން. އަދި މީހެއްގެ މައްޗަށް ތަޙްޤީޤެއް ހިންގުމެއް ވެސް ނޫން." ނަޝީދު ވިދާޅުވިއެވެ.

"މާލިއްޔަތު ކޮމެޓީގެ މުގައްރިރާއި މަޝްވަރާ ކުރުމަށް ފަހު، ފުލުހުންގެ ކިބައިން އެދުނު މައްސަލަ އާއި މެދު އަލުން ވިސްނަވާނެ ކަމަށް." ނަޝީދު ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޗެކްތަކެއް، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ އެންމެ އިސްކޮށް އުޅުއްވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އެކުވެރިންގެ ކުންފުނި، އެސްއޯއެފަށް ޖަމާކުރަމުން ދިޔައިރު އެކަން ނުހުއްޓުވުމުގެ ޒިންމާ ނަގަން ޖެހޭ ފަރާތަކީ، ބީއެމްއެލް ކަމަށް އެމްޑީޕީގެ މަޖިލިސް މެންބަރުން ދެކެވަޑައިގަންނަވައެވެ. ނަމަވެސް ބީއެމްއެލް އިން ބުނަމުން ދަނީ ބޭންކުން އަމަލު ކުރަމުން އައީ އުސޫލާއި އެއްގޮތައް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ލަކީ

    ޙެހެ މިވަރުގެ ބޮޑުކަމެއްގަ އޮޅިގެން ކިހިނެއް ނުބައި މައުލޫމާތް ދެވޭނީ ހަމަ ރާވާއިގެން ހިންގި ބޮޑުޖަރީމާ އެއް މީ އެހެން ވެ އޮޅުވާލަން މަސައްކަތް ކުރީމަ ހެދަެނީ ދޮގު

    23
    2
  2. އިބުރާހީމް

    މަޢުލޫމާތުދޭން ވަޑައިގަތުމުގެ ކުރީން ކޮމެޓީގެ ބޭފުޅުން ބޭނުންވާފަދަ ޖަވާބު ސެޓެއް ތައްޔާރުކުރައްވައިގެން ވަޑައިގަތުމަށް ދަންނަވަން. އެހެންނޫނީ ދަޢުވާކުރަން ފޮނުވާނެ. އެބޭފުޅުން ބޭނުންވާގޮތަށް ޖަވާބުތައް ފުރޭސްކުރުމަށް ގޮވާލަން. އަދި ކުށްވެރިކުރަން ބޭނުންފުޅުވާ މީހަކު ބެލުމަށްފަހު އެމީހެއްގެ ބޮލަށް ކެނޑޭގޮތަށް ޖަވާބުދެއްވޭތޯވެސް ބައްލަވާތި.

    28
    2
  3. ހުސްނޫނު

    ނަޝީދުގެ ބޭނުމަކީ ރައްޖޭގެ މާލީ ނިޒާމު ޚަރާބުކޮށްލުން.

    31
    6
  4. ސަންތިމަރިޔަބު

    މަނިކުފާ ތެދެއް ނުހެއްދެވިޔެއް ކަމަކު އެހެންމީ ހުންޖެހޭނެ ތެދުބުނަން އެކަމަކު އަޅުގަޑު މެންނަށް އަޑުއިވިފާއޮންނަނީ “ކުޑަސޯބު އެބުރޭނީ ބޮޑުސޯބު އެބުރޭ ގޮތަށް”ށޭ ހަމަހިނި އަންނަނީ

    19
    2
  5. ބޭންކަރު

    އަހަރެންގެ ބޭންކް... ދިވެހިންގެ ބޭންގްގްގްގްގް

  6. ދެބޯ ގެރި

    މީނަ އަދިވެސް މި މަސައްކަތް ކުރަނީ އިތުރު ދޮގުތައް ބުނެގެން މަޖިލީހައް އޮޅުވާލަން، އެ ޗެކްތަކުގެ މަޢުލޫމާތު އިނގޭނީކީ ސޯސަލް މީޑިޔާ އިން ޗެކްތައް ފެނިގެނެއް ނޫން... އެ ޗެކްތަކުގެ މައުލޫމާތު ފުރަތަމަ ދުވަހުން ފެށިގެންވެސް ބީ އެމް އެލް ގެ އިސް މަޤާމު ތަކުގައި ތިބި ހުރިހާ މީހުންނައްވެސް އިނގޭނެ، އަދި އެއީ ހިންގާފައިވާ ބޮޑު ޖަރީމާއެއް....

    21
    1
  7. ޢަލީ

    ކޮބާ ފެނަކައިގެ އެމްޑީ؟ ކަނޑައެޅިގެން އެންމެނަށް އެނގޭ ދޮގުހެދި، އެއީ ދުވަހަކުވެސް 28 ރުފިޔާއަށް ޑީސަލް ލީޓަރެއް ގަނެފައެއް ނުވާނެ. އެއީ ޕާތީ މީހެއްވީމަދޯ ޕޮލިހަށް ނުފޮނުވީ.

    12
    1
  8. ބަނާނާ ސަރުކާރު

    ބޭނުމަކީ ނީޒާ އިމާދު ސަލާމަތްކުރުން. މޑޕ ގެ ނޫއިގްތިސޯދުގެ ނާރެހަކީ ނީޒާ.. ކޮމެޓީގަ ވާހަކަ ދެއްކިއިރުވެސް މެމްބަރުން ނުރުހުންވީ ނީޒާ ކުއްވެރިވާތީ.. މިއީ އިންސާފް. މިއަށް މޑޕއަށް ތާއިދުކުރާމީހުން އިންސާފުކަމަށް ކިޔަނީ. ކޯޓުތަކާ ފަޑިޔާރުންވެސް ނެރެންޖެހޭ ހުކުމްވަނީ މަޖުލިހުން ނެރެން ބޭނުންވާ ހުކުމަކަށް. މިއީ އިންސާފު ދިވެހިއްޖޭގަ މިއަދޔު ކުރިއަރާފަ އޮތްވަރަކީ... ޝަރުނިޒާމަށް އަތްބާނާ ތިންބާރު އެއްކޮށް ރައްޔިތުން ބިރުގަންނަވާފަ މިގައުމު މިގެންދަނީ ކޮންފަދަ ބިރުވެރި ވެރިކަމަށް... ރައްޔިތުންނާ އަތުގުޅާލާ އެކީއެކައްޗަކަށް ނުކުންނާކަށް ނުވޭތަ މިގައުމު ހަމަ މަގަށް އަޅުވަން...

    8
    1
  9. އަލްޖިބްރާ

    އަޅުގަޑުގެ އެކައުންޓްގައި ތިންހަތަރު މިލިއަން ޑޮލަރު ހުންނާނެއޭ ވެސް ބުނީ އޮޅިގެން ނޭ ބުނަންވީނު ! ސަލާމަތް ވާނެ ހުރިހާ މަގެއް ބަންދުވީމަ ދެން ، އޮޅުނީ ! އޮޅެން މިއީ ކުއްލިއަކަށް މީހަކު ކުރި ސުވާލެއްތަ ؟ ލަދުހަޔާތް ކޮބާ ؟

    2
    4
    • އޮޅިގެން ލިޔެވުނީ

      ގާޒީ ވަގަށް ނެގުނީ އޮޅިގެން. މުލިއާގޭގަ ރާކޭސް ބެހެއްޓުނީ އޮޅިގެން. ބޯންޖެހޭކަމަށް ބުނެވުނީ އޮޅިގެން... ޕްރިޕެއިޑް ޝިއުނާއަށް ފަޅުރައްތަ ދެވުނީ އޮޅިގެން. އައްޑޫ ކޮންވެންޝަން ސެންޓަރު އެޅުމަށް މަޖުލިހުން ފާާސްކުރި 200މިލިޔަންގެ ބަދަލުގަ 800މިލިޔަން ހަރަދު ކުރެވުނީ އޮޅިގެން. މޑޕ ސަރުކާރުގެ ކޮއްމެ ވުޒާރާއެއްގެ އޮޑިޓް ރިޕޯޓުން ހާމަވި ކޮރަޕްޝަން އެއީ އޮޅިގެން. 2006ކުން 2008ކަށް ފައިސާދައްކާ ހަލާސްކޮއްފަހުރި ހެލްތުގެ ބިލްތަކަށް 2009ގަ އަދި 2010ގަ ޕްރިޕެއިޑް ޝިއުނާ ހިއްސާކޮށް ހަދާފައޮތް ކުންފުންޏަކަށް ފައިސާ ދޫކުރެވުނީ އޮޅިގެން.. ދައުލަތުގެ ބިމެއްގެ ގޮތުގައޮތް ބިމެއް އަމިއްލަ ފަރާތަކުން ބޭންކް މޯގޭޖްކޮށް ފައިސާދެވުނީ އޮޅިގެން. އަދާކުރި ވަޒީފާއެނެތި އާމްދަނީ ލިބޭނެ ގޮތެނެތި ގޮނޑިދުއްވާއިގެން ފަސްމިލިޔަން ރުފިޔާ އެކައުންޓްގަހުރީ އޮޅިގެން. އޮޅިގެން ވަރަށްގިނަ ކަންކަންކުރެވޭ ބަޔަކު ވެރިކަންކުރާ ސަރުކާރެއްމީ... އަލްޖިބްރާ ހިސާބު އިލްމަށް މޮޅުވާނެ އޮޅިގެން މިހެންކުރެވިފަހުރި ކަންތައްތަ ހޯދަބަލަ.. ފަހަތުން އަހަރެމެން ކިޔަމުންދާނަން..

      4
      1
  10. ނޫރު

    މީނާއަކީ ބެންކުގެ މިފަދަ މަޤާމެއްގައި ބަހައްޓަން ހެޔޮވަރުމީހެއްނޫން، ދިޔަވަރު ހެޔޮކޮށްލެވެނީ ނުސީދާގޮތުން ވަރަށްގިނަ ލޮނުއަޅައިގެން... އަހަރަމެންގެ ލޯނުތައްވެސް ނުދެއްކި ހުންނަނީ ފައިސަނެތި އޮޅިގެން... އެހެންވީމަ މާފުކޮށްލައްވާ... ޝަރީފުއަކީ ނަޒާހައްތެރި އެއްތޯ ވަރަށްގިނަ ރައްޔިތުން ސުވާލު އުފައްދާ. ނަޝީދޫ ކީއްކުރާނަމޭ ހިތާތޯ ޑުރާމާ ތިކުޅުއްވަނީ.. ރައްޔިތުން ފަނާވެއްޖެ. ތިޔަ ބެންކަށް ނުދަރާ ދިވެއްސަކުނެތް.

    3
    1
  11. މޫސަ

    ޝަރީފް އަކީ ދޮގުހަދާއުޅޭމީހެއްނޫން ތިވާނީ ބެންކް ތެރޭންބަޔަކު ރާވައިގެން ނުބަިމަުލޫމާތު ދީގެން ޝަރީފު މަޅިއެއްގަޖައްސަން ކޮއްގެންއުޅޭކަމަކައް ތިކަހަލައަނިޔާނުކުރޭ

    506
    3
  12. 1111

    ބޭންކުން ހިންގާ މުޢާމަލާތްތްކުގެ މައުލޫމާތު އެކަށިގެންވާ ގޮތަކަށް އެނގަިފއި ނެތުމަކީ މަޤާމުގެ ޒިންމާ އާއި މަސްއޫލިއްޔަތަ އަދާނުކުރެވުމުގެ ހެއްކެއް. އަމުދުން އެެއީ ދައުލަތުގެ މުއައްސަސާ އަކަށް މައުލޫމަތު ދޭން ދިޔައިރު!
    މަޤާމުން ދުރުކުރުން ބުއްދިވެރި.

    3
    2
  13. ހުވަދޫ

    ވަގުތު މީހުން ނޫސްވެރިކަން ކުރަން ދަސްކޮއްބަ! މަޖިލިސް ޖަލްސާ ގެ " އޮޅިގެން ކަމަށް ނުބުނޭ"

    3
    1
  14. ސުވާލު

    ނަޝީދުވެސް އަދި އެމްޑީޕީގެ ބޮޑުންވެސް ބޭނުންވޭ ވައްކަންކުރަން! އެހެންވެ އޭނަ މަސައްކަތް ކުރަނީ ތަންތަނުގެ ވެރިން ބްލެކްމެއިލް ކޮށްގެން ފަސާދަކުރަން!

    9
    1
  15. ބަރުގޮނު

    މިއީ ވަރަށް ހެއްވާކަމެއް. ރަޢިއްޔަތުންގެ މަޖުލިސްގެ ކޮމެޓީއަކަށް ޖަވާބުދާރީވާން ދާއިރު ދާންވާނީ ހުރިހާއެއްޗެއް ރަގަޅަށް ބަލާ ސާފުކޮށްގެން. ބަޔަކަށް ޝައްކެއްވެގެން ޕޮލިހަށް ހުށަހެޅީމާ އެހެން ބުނެވުނީ " އޮޅިގެން " ކަމަށް ބުނީމާ ލައްކަ އެއްޗެހި ހީކުރެވޭނެ. ބަޔަކު ބިރު ދެއްކުން ނޫނީ ބަޔަކާއެކީ ޑީލެއް ހެދުން މިހިރީ ހަމަ ޚިޔާލަށް އައުން އެކަށީގެންވާ އެއްޗެހި. މަޖުލިސް ކޮމެޓީއަކަށް ދޮގު މަޢުލޫމާތު ދޭކަމަށް ނުވަތަ ދީފައިވާކަމަށް ޝައްކު ވެއްޖެނަމަ ތަޙްޤީޤްކޮށް ޝަރީޢަތަށް ފޮނުވަން ނިންމީވެސް ނަޝީދު. އަނެއްކާ ޕޮލިހަށް ހުށަހެޅި މަސްއަލަ ނަގަން އެއުޅެނީވެސް ނަޝީދު. ރަގަޅު ގޮތަކީ ދޮގު މަޢުލޫމާތު ދީފިނަމަ ހަދަން ނިންމި ގޮތަށް ހެދުން. އެހެންނޫނީ ފަހުން މިކަންވާނީ " ކުޅޭކުޅޭ " އަކަށް.