ލ.މާމެންދޫގައި ނެގި އެމްޑީޕީގެ ބޮޑު ދިދަ ތިރިކުރުމުން ކަނޑު ތޮށީގަ ދިދަ ނަގައިފިއެވެ.

މާމެންދޫގައި ނެގި އެމްޑީޕީގެ ބޮޑު ދިދަ ތިރިކުރުމުން ކަނޑު ތޮށީގަ ދިދަ ނަގާފައިވާއިރު، ފެބްރުއަރީ އެކެއްގައި ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒުކުރަން ސަރުކާރަށް ގޮވާލައި ގަރާރެއްވެސް އެރަށު ކައުންސިލުން ވަނީ ނެރެފަ އެވެ.

މީގެ ކުރިން މާމެންދޫ ބަނދަރުމަތީގައި ހުރި ފިތުރޯނު ގަހެއްގެ ކުރިއަށް ނަގާފައިވާ ބިމުން ފެށިގެން 40 ފޫޓަށްވުރެ އުހުގައި ހުރި ދިދަ އެއް ފުލުހުންވަނީ ނަގާފައެވެ.

ބައެއް ރަށްތަކުގައި ނަގާފައި ހުރި އެމްޑީޕީގެ ދިދަތައްވެސް ފުލުހުން ގެންދަނީ ނަގަމުންނެވެ. އަދި ފުލުހުންނަށް ފަސޭހައިން ނުނެގޭ ދިދަތައް، ބިދޭސީން އަރުވައިގެންވެސް ދަނީ ނަގަމުންނެވެ.

އަލަށް އަމަލުކުރަން ފެށި ދިވެހި ގައުމީ ދިދަ ބޭނުން ކުރުމާއި ގުޅޭ ގޮތުން ހެދިފައިވާ އުސޫލުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އެއްވެސް އަތޮޅެއްގައި ނުވަތަ ރަށެއްގައި ދައުލަތުގެ މުއައްސަސާއަކުން ނުވަތަ ސަރުކާރު އޮފީހަކުން ނުވަތަ ކުންފުންޏަކުން އެ ރަށެއްގައި އެންމެ އުސްކޮށް ނަގާފައިހުންނަ ދިވެހި ޤައުމީ ދިދައަށްވުރެ އެހެން އެއްވެސް ދިދައެއް އުސްކޮށް ނަގައިގެންނުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހޯނު

    މާދަމާ ބަނދަރު ހިލަތޮށި ނަގަންޖެހުނީ ތަޔަވީގޮތުން

  2. މުހައްމަދު

    ތިބައިގަނޑު އިނގެރޭސިވިލާތަށްފޮނުވާ

  3. ހަސަން މ

    ދެންކޮންބައި ގަޑެއް މިގައުމުގައި އުޅެންވީ ކަލޭވެސް އަދި މިހެން އުޅޭނެ

  4. ނަޢީމުބޭ

    ދިދަ ނެގުން މަނަލެއްނުކުރޭ! ހަމައެކަނި ދިވެހި ދިދާގެ ޤާނޫނު ބަދަލުރީ ދިވެހި ދިދަޔަށްވުރެ މައްޗަށް އެހެން ދިދައެއް ނުހުންނާނޭގޮތަށް! މިއީ ޤަވްމީލޯބި އަދި ދިދަޔަށް އިޙްތިރާމް ކުރުމުގެގޮތުން އެޅި ފިޔަވަޅެއް! ބޮޑިބަތު ސިހުރު ޖެހުނީމާ ހެޔޮބަސް ނާހާނެ! ހެޔޮ އެއްޗެތި ނުބަލަނެ! ހެޔޮ ވިސްނުން ނުގެންގުޅޭނެ!