ރައްޔިތުން މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު، އަބްދުﷲ ޖާބިރު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރްޕީ)އަށް ސޮއި ކުރައްވައިފިއެވެ.

ޖާބިރު ޑީއާރުޕީއަށް ސޮއި ކުރެއްވުމަށް ފަހު މެމްބާޝިޕް ފޯމް މިހާރު ޕާޓީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފޯމް ހަވާލު ކުރައްވާ ފައެވެ.

ޖާބިރު އަކީ ޑީއާރްޕީ އުފެއްދުމުގައި ވެސް އިސްކޮށް ހަރަކާތްތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް 2007 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަން ބޭފުޅުން ޑީއާރްޕީ އިން އިސްތިއުފާ ދެއްވިއިރު ޖާބިރު ވެސް ޑީއާރްޕީ އިން އިސްތިއުފާ ދެއްވިއެވެ. ޖާބިރު ވަނީ ފަހުން ޖޭޕީ އާއި އެމްޑީޕީގައި ވެސް ހަރަކާތްތެރިވެ ވަޑައިގެންފައެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ޑީއާރްޕީގެ ލީޑަރު ކާނަލް ކުރިން ވިދާޅުވެފައި ވަނީ ޖާބިރު އާއި އެކު އިތުރު މަޖިލިސް މެންބަރުން ތަކެއްވެސް ޑީއާރްޕީ އަށް ސޮއި ކުރެއްވުމަށް ވަނީ ހަމަ ޖެހިފައެވެ. ނަމަވެސް މިރޭ އިތުރު މަޖިލިސް މެންބަރު ޑީއާރުޕީއަށް ސޮއި ކުރައްވާފައެއް ނުވެއެވެ.

މަޖިލީހުގެ އިތުރު މެންބަރަކު ޑީއާރްޕީ އަށް އަދި ސޮއި ނުކުރެއްވި ނަމަވެސް ހައެއްކަ މެމްބަރުންނާއި ޑީއާރްޕީ އިން މަޝްވަރާ ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. އެމެންބަރުން ވަރަށް އަވަހަށް ޑީއާރްޕީ އަށް ސޮއި ކުރުމަށް އެއްބަސްވުމަކަށް އަންނާނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

ޑީއާރްޕީ އަކީ މިހާރު މިއޮތް ސިޔާސީ ޕާޓީގެ ނިޒާމްގައި ދެވަނަ އަށް އުފެއްދި ސިޔާސީ ޕާޓީއެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވެރިކަމުގައި ހުންނަވައިގެން 2005 ވަނަ އަހަރު ޑީއާރްޕީ އުފައްދަވާ އެންމެ މެންބަރުން ގިނަ ޕާޓީއަށް އެޕާޓީ ހެއްދެވިއެވެ. ނަމަވެސް 2011 ވަނަ އަހަރު މައުމޫން ޑީއާރްޕީ ދޫކޮށްލެއްވުމާއި އެކު ޕާޓީގެ މެންބަރުން ވަނީ ވަރަށް ބޮޑަށް މަދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސަޓޯ

    އަހަރެންވެސް ބޭނުން ޖާބިރު ކުއްޔައް ނަގަން.. އެކަމަކު މަށަކައް ކަލެއަކަށް ފުޅިއެއް ނުދެވޭނެ.

    4
    2
  2. ކަމަނަ

    ދެންފެންނާނީ އުމަރު ސޮއިކުރާ އަނދު ލަނޑަޔާ ވާނީ ލަނޑަޔާ

  3. ޅަކީ

    ޙެހެ މަޖުލިސްގެ މެޖޯރިޓީ ޑީއާރުޕީ އަށް ލިބުނީ ޖާބިރާ އެކީ 65 މެމްބަރުން ސޮއިކުރާނެ ހެހެ

  4. Anonymous

    މިވެސް ބްރޭކިން ނިއުސް؟