އުތުރު ކޮރެއާގެ ބޯޓަކަށް ދިވެހިރާއްޖޭގެ ދިދަ ޖަހާފައިވާ ޓޭންކަރުން ކަނޑުމަތީގައި ތެޔޮ ވިއްކި ކަމަށް ބުނާ މައްސަލަ ފޮރުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ލަންކާގައި ހުންނެވުމަށް ފަހު މިހާރު ޔޫރަޕަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގެ ތެރެއިން މިއަދު ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.

ނަޝީދު ވިދާޅުވީ އދ އިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އުތުރު ކޮރެއާގެ ބޯޓަކަށް ދިވެހިރާއްޖޭގެ ދިދަ ޖަހާފައިވާ ޓޭންކަރުން ކަނޑުމަތީގައި ތެޔޮ ވިއްކި ކަމަށް ބުނާ މައްސަލަ ފޮރުވަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ނަޝީދުގެ ޓްވީޓްގައި ވަނީ އުތުރުކޮރެއާގެ ބޯޓާއެކު މުއާމަލާތް ކުރި ދިވެހި ދިދަ ޖެހި ބޯޓުގެ މައްސަލައާ ރައީސް އަބްދުﷲ ޔާމީނާ ގުޅުން އޮތް ކަމަށް ބެސް ތުހުމަތުކޮށްފައެވެ. އަދި ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ ބޯޓުގެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ގދ. މަޑަވެލި އަރިނަގާގެ، އަބްދުﷲ ފަހުމީގެ ބޮލުގައި ހުރިހާ ކަމެއް އެޅުވުމަށްފަހު މި މައްސަލަ ފޮރުވުމަށް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ސަރުކާރުން ވަނީ ދިވެހި ސަރުކާރާއި ރައީސް ޔާމީންގެ އެއްވެސް ބައިވެރިވުމެއް މިކަމުގައި ނެތް ކަމަށް ބުނެފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފަހްމީ ހައްޔަރުކޮށް މިމަހުގެ 22 ވަނަ ދުވަހު ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފަ އެވެ.

ރާއްޖޭގެ ދިދަ ނަގާފައިވާ "ޝިން ޔުއާން 18" ނަމަކަށް ކިޔާ ޓޭންކަރަކާއި، އުތުރު ކޮރެއާގެ "ޗޮން މާ ސަން" ނަމަކަށް ކިޔާ ބޯޓު ކަނޑުމަތިން ބައިނަލްއަގްވާމީ ގަވައިދުތަކާއި އދގެ ގަރާރުތަކާއި ހިލާފަށް މުއާމަލާތްތަކެއް ހިންގާ ކަމަށް ބުނެ މިކަމުގެ މައުލޫމާތު ފަޅާއަރުވާލީ ޖަފާނުނެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޝާމިލް

    މިކަމުގެ ފަހަތުގައި ވެސް އޮތީ މިލަލޭގެ ކަން ވަރައްސާފް

  2. ކްލޯސްޑް

    ކެނެރީގެ ނަޝީދު ހޭދެބައިވި ނަމަވެސް އުތުރު ކޮރެޔާގެ ތެޔޮ ބޯޓްގެ މައްސަލަ ވެސް ސަރުކާރުގެ ބޮލަށް ކަނޑާ ނުލެވޭނެއޭ އަދި އދ. އަށް ވެސް އެއް ކަމެއް ވެސް އެކަމުގައި ނުކުރެވޭނެއޭ ދެން ތަމެންނަށް ފެނިގެން ދާނީ އުތުރު ކޮރެޔާ އާއި ދެކޮަޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅު ތައް ނައްތާލާތަން. ޓްރަމްޕް އަކީ އަދި ޕަޕެޓެއް ނޫން އޭނާ ބޭނުންވަނީ ސީދާ އުތުރު ކޮރެޔާ އާއި ވާހަކަ ދައްކަން ޗައިނާ ބޭނުންވަނީ އުތުރު ކޮރެޔާ އާއި އެކު ވިޔަފާރީގެ ގުޅުން ގާއިމް ކުރަން. އެނިމުނީއޭ ޗެޕްޓަރ ކްލޯސްޑް.

  3. ބަލާބަލަ

    ހަތްހާސް ހައުސިންގް ޔުނިޓްސްގެ ވާހަކަ މީޑިއާ ސްޕެޝަލީ މިހާރު ނޫހުން ވެސް ސައިޑް ޚަބަރެއްގެ ގޮތުގައި ގެނެސްދެނީ އެއީ މީގެ ސަބަބުން މަމެން ޕިންކީންގެ ސަރުކާރުގެ ކްރެޑިބިލިޓީ މަތިވެދާނެތީތޭ މަމެން ބުނަން ނެތީމު ދޯ. އަދި ކުރާ ގިނަ ކޮމެންޓްސް ތައް ޑްރޮޕް ކޮށް ޕަބްލިޝް ނުކޮށް ސަރުކާރާއި ދެކޮޅު ކޮމެންޓްސް ތައް މިހާރު ނޫހުން ޕަބްލިޝް ކުރާ ކަން އެއީ ވަރަށް ފާހަގަ ކުރެވޭ ކަމެކޭ ބުނަން މަމެން ނެތީމު ދޯ. މިހާރު ނޫހަކީ އެއީ ސީދާ މަމެން ޕިންކީންގެ ވެރިކަން ވައްޓާލަން ފައިވިއްދާފައިވާ އޮން ލައިން ނޫހެކޭ ބުނަން މަމެން ނެތީމު ދޯ. މިހާރު ނޫސް އަދި އަވަސް މީ ހަމަ މިސަރުަކާރު ވައްޓާލަން ވެގެން ޕްރޮޕެގެންޑާ ފަތުރާ ދެނޫސް ކަން އެއީ މަމެންނަށް ވަރަށް ފާހަގަ ކުރެވޭ ދެނޫހޭ ބުނަން މަމެން ނެތީމު ދޯ.

  4. ބަލާބަލަ

    ކެނެރީގެ ނަޝީދު ހީކުރީ ކޮރަޕްޝަނޭ ކިޔާ މިތާނގައި ނެތް ވާހަކަ ތަކެއް އެއީ ހުރި ވާހަކަ ތަކެއް ކަމަށް ހަދައިގެން ކޮރަޕްޝަނޭ ކިޔައިގެން ޕްރޮޮޕެގެންޑާ ފަތުރައިގެން ދަރުމަވަންތަ ހޮސްޕިޓަލުގެ 25 ބުރީގެ އިމާރާތާއި އަދި 7 ހާސް ހައުސިންގް ޔުުނިޓްސް ހިމެނޭ ފްލެޓްސް ތަކާއި މިކަން ކަން ފޮރުވިދާނެ ކަމަށްތޭ ނުވާނެއޭ އެކަމެއް ހަމަ ހިލާ އެހެން. ތަމެން ގެ ވެރިކަމުގައި އިންޑިއާގެ ފަޑުއްކަ ކުންފުންނަށް އެއާރޕޯރޓް ވިއްކާލާ ލިބުނު 75 މިލިއަން ޑޮލަރަށް ހޮނުތޭ އެޅީ އެއިން ކުރީ ކޮން ކަމެއްތޭ ކަނޑުފައްތާ ފިލްމް އެކަނި ދޯ ކުޅުނީ ކަނޑުފައްތާ ފިލްމް އިން މިގައުމަށް ކުރީ ކޮން ފައިދާ އެއްތޭ. ދެން ކޮރަޕްޝަނޭ ކިޔާ ފެލޭއިރު ޑީބީ މެން ނޭޝަނަލް ޑިޒާސްޓަރ ދަވާލާ އެތަނުގެ ތިޖޫރީ ގެންގޮސް އައްޑޫ ކަނޑުގެ މެދަށް ފެއްތި ވާހަކަ އެއޮތީ އޭސީސީން ޕީޖީ އަށް ފޮނުވާފައި ނޫންތޭ ޕީޖީ އެމައްސަލަ ޝަރީއަތަށް ހުށަނާޅަނީ އެއީ ޕީޖީ ކަޓް ކާންވެގެންނޭ މަމެން ބުނަން ނެތީމު ދޯ.

  5. ައަލިބެ

    މި ލާދީނީ ކަލޭގެ ދައްކާނެ ވާހަކަ ހުސް ވެގެން ކޮންމެ ވެސް ވާހަކަ އެއް ދައްކަން ވެގެން ތެޔޮ ޓޭންކަރޭ ކިޔައިގެން ދެކޮޅު ނުޖެހޭ ދޮގު ވާހަކަ ތަކެއް ދައްކްއިގެން އަނެއްކާވެސް މަގުމަތި ބައި ގަޑު ގުބޯ ހައްދަނީދޯ!

  6. ބަލާބަލަ

    ޓޫރިޒަމް އަށް އެއްވެސް ގެއްލުމެއް ނުވާނެ މާލެ ސަރަހައްދުގައި ހުރިއްޔާ ހުރި ހުރިހާ ފަޅުތަކެއް ހިއްކާލި ނަމަވެސް އަދި އައްޑޫ އީދަގަލި ކުޅި އެއްކޮށް ހިއްކާލިނަމަވެސް ތިމާވެއްޓަށް އެއްވެސް ގެއްލުމެއް ނުވާނެއޭ އެއީ އީޕީއޭ އިން ފަތުރާ ޕްރޮޕެގެންޑާ އޭ އެމެން ކަމަކީ ތިމާވެއްޓޭ ކިޔައިގެން ރާއްޖޭގެ ތަރައްގީ އަށް ހުރަސް އެޅުމޭ ކުޅުުދުއްފުށީ އެއާރޕޯރޓް އަޅަން ކުޅުދުއްފުށީ ކުޅި ހިއްކުމުން ކުޅުދުއްފުށީ ތިމާވެއްޓަށް ލިބުނު ގެއްލުމެއް ނެތޭ ވިއްޔާ ވާނީ ފައިދާ އޭ ނޭޗަރ އަށް ޗެލެންޖް ކުރުމޭ އެއީ ކްލައިމެޓް ޗޭންޖް ވުމުން ދުނިޔެ ހޫނުވެއޭ ކިޔާ ފަތުރާ ޕްރޮޕެގެންޑާ އެއަށް ވުރެން ފުރިހަމަ އަށޭ ދުނިޔޭގެ އެޓްމޮސްޕިއަރ އަދި ހައިޑްރޯސްޕިއަރ އުފައްދަވާފައިވަނީ. ހާރޑް ވާރކް = %98 ދެން ނޮލެޖް = %96 ދެން އެޓިޓިއުޑް = %100 އެޓްލާސްޓް %101 އެއީ ކިހިނެއް އަންނަ ޕަރސެންޓޭޖެެއްތޭ އެއީ ހޯދަން ޖެހޭ އެއްޗަކީ. ކްލައިމެޓް ޗޭންޖް އެއީ ދުނިޔެ ތަރުޖަމާ މިހާރު ކުރާ ގޮތަށް ފަންކްޝަން ކުރާ އެއްޗެއް ނޫނޭ. ނުވާނެއޭ އެކަމެއް އެގޮތަށް.

  7. ޑިމޮކްރަޓިސްޓް

    ކަލޭތީކާކު.. މުރާތްކޭކިޔަން.. މިސައިތާނުގެ މަރު އަވަސްކުރައްވާ މިމުސީބާތުން މިގައުމު ސަލާމަތްކުރައްވާފާންފޭވެ..

  8. އޮޓެއޮޓެ

    ތި މިޤައުމުގެ ބަތަލު. މަރުޙަބާ! ރަޢީސް ނަޝީދު

    • އަޅޭ

      ބަތަލު؟ ހަމަހޭގަތަ؟ މިއީ ފައްކާ ޝައިޠާނެއް. ދީނަށް ހުރި ނުރައްކަލެއް. ގައުމަށް ހުރި އިންތިހާ ދަރަޖައިގެ މުސީބާތެއް. ދިވެހިން ބަނޑަށް މަރަން މިހާރު މިތައްޔާރުވަނީ. ކަލޭމެން ގަމާރުން ހިތުން އދ. ދަތިކުރުމުެ ފިޔަވަޅުއަޅާނީ ރައީސް ޔާމީނާަ ދެކޮޅަށް ދޯ؟ ރައީސް ޔާމީނަށް ފިހާރަތަކުން އެއްޗެހިވިއްކުން ކަމަށްތަ ހީކުރަނީ މަނާކުރަނީ. ބަލަ ގަމާރުންނޭ. ގައުމުތަކުގެ ކަންތައްތަކުގެ ފިޔަވަޅުއަޅަނީ ގައުމާ ދެކޮޅަށް. ހާލުގަ ޖެހޭނީ ނިކަމެތިން ފުރަތަމަ. ތިއީ އޭގެ އެކަކުން ޔަގީން.

  9. ޏުނު

    ނަޝީދު ދައްކާވާހަކަފުޅުގައި ކޮންމެވެސްހަގީގަތެއްވޭ އެމް އެމް ޕީ އާރު ސީމައްސަލަ އަދީބާހަމައިން ނިމޭނޭބުނި މައްސަލަ ފުރިހަމައަށް ނުބެލިއަސް އެއޮތީ 1 މިލިއަން ޑޮލަރު އެކައުންޓަށް ވަދެފަ ވީމާ ތިޔޮބޯޓުވެސް ހަމަދާނީއެގޮތަށް ދެންއަތްޖަހާ!

  10. އާސި

    މީނަ މަރުވެގެންދާއިރުވެސް ބަލާނެ ދިވެހިންނަށް ބޮނޑިއެއް ދެވޭތޯ. ހާދަ ރުޅިއެކޭ ދޯ މިއިބިލީސް ދިވެހިންދެކެ މިއަންނަނީ.

  11. ޢދ ގެ ޗާޓަރ

    ބަލަ އދ ގެ ޗާޓަރު ތަކާހިލާފައް ފަލަސްތީން ގެ ބިން ތައް އިސްރާލުން ހިފާ އަދި އެވަރުން ނުވެގެން ފަލަސްތީނުގެ މުސްލިމް އަޚުން ސަހީދު ކުރަމުން ދާއިރު މިކަމާ އެއްޗެކޭ ބުނެބަލަ.

  12. ޕްލޭޕްލޭ

    ކެނެރީގެ ނަޝީދަށް މާލެ ސްލަމް އަކުން ލިޓިލް ޓޯކިޔޯ އަކަށް ނެހެދުނޭ ނެހެދޭނެތާ އޭނާ ކިޔެވީ ވެސް ލަންކާ އިން ވިއްޔާ ދެން އޭނާ އަށް މިޒާތުގެ ބިއުޓިފުލް ވޭ އޮފް ތިންކިންގް ގެންނާން ނޭގޭނެއޭ ނޭގޭތީތާ ފަޑުއްކަ އިންޑިއާ އާއި ގުޅުނީ އޮރިޖިނަލީ ޔޫކޭ އިން ކިޔަވާ މީހަކު އިންޑިއާ އާއި ކައިރި ނުވާނެއޭ އެމެން ނަފްރަތު ކުރާނެ އޭ އިންޑިއާ އިންޑިއަން ސްޓައިލް އޭ ބުނުމުން ވެސް އެކަމަކު ކެނެރީގެ ނަޝީދު އިންޑިއާ މީހުންގެ އުނގަށް ވެއްޓިގެން އިންޑިއާގެ ފަޑުއްކަ ކުންފުނި ތަކަށް ރާއްޖޭގެ އެއާރޕޯރޓް ވިއްކާލާ ކަޓް ކެއީ އެއީ އޭނާ ދައުލަތުގެ ޚަޒާނާ އިން ވައްކަން ކުރުމުގެ ނިޔަތުގައި ކުރި ކަންކަމޭ ރައްޔިތުންނަށް އޮޅުވާލާ މަކަރާއި ހީލަތް ހަދައިގެން. މަމެން ރާއްޖެ ލިޓިލް ޓޯކިޔޯ ހަށް ހަދާއިރު ބޭނުންވާނެއޭ މާލެ ތެރެއަށް މުދާ ގެންދާ ފިހާރަ ތަކުން ވެސް ރޭގަނޑު 6 ގެ ފަހުން މުދާ ގެންދަން އެނޫން ގޮތެއް ނޯންނާނެއޭ ރޫލް އިޒް ރޫލް ރެސްޕެކްޓް ޓު ބިލީވް އިން އަވަރ ޑްރީމް. ޖަސްޓް ޕްލޭދަ ޕިޔާނޯ އެން ޑާންސް ޑާންސް ޑާންސް ޑާންސް..

  13. ރެއްރެރޭރޭރޭ

    ޖުމްހޫރީ ޕާޓީގެ ރިިޔާސީ މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތް ފަށައިފި ނަމަ ފުރަތަމަ ތަމެންގެ ފަރާތުން ރިޔާސީ ކެންޑިޑޭޓަކަށް ނިކުންނަނީ ކާކުތޭ ދެން ތަމެން ތައްޔާރު ކުރި ތަރައްގީ ގައިމު މެނިފެސްޓޯ އޮޅާލީތޭ އެ ތަންފީޒު ނުކުރެވި އޮވެ އާ މެނިފެސްޓޯ އެއް ތަމެން ތައްޔާރު ކުރުން އެއީ ދެން ވަރަށް ދުނގެތި ވަލު އުސޫލު ތަކޭ މަމެން ބުނަން ނެތީމު ދޯ. މަމެން ޕިންކީންގެ މެނިފެސްޓޯ ތަންފީޒު ވެ ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ބަދަލުވެ ނިމި މިހާރު ލިޓިލް ސިންގަޕޯރ އިން ލިޓިލް ޓޯކިޔޯ އަށް ބަދަލުވަނީއޭ ތަމެން ދެން ތިޔާ ގޮތަށް ހޭރި ހޭރި ތިއްބާ. ތަމެން ބުނި ކުރީގައި ގާނޫނު އަސާސީގެ ހިމާޔަތުގައިއޭ އުޅެނީ މިހާރު އެޕްރޮޕެގެންޑާ ފެތުރުން ހުއްޓާލާ ތަމެން އެމްޑީޕީ ހުއްޓުވަން ތޭ ހުއްޓުވާ ޖަހައިގެން ނިކުމެ ތިޔާ ތިބީ. ލަވިންގް ޕިންކީސް އާރ އެމޭޒިންގް އެން ފްލޯލެސް ދޯ. ޕިންކީން ރާއްޖެ ތަރައްގީ ކުރަނީ ލުކްސް ލައިކް ދޭއާރ ފާސްޓަރ ދެން ދަ ވިންޑް އިޓްސް އަ ވިންޑް އޮފް ޗޭންޖް ލަވިންގް ޕިންކީސް އާރ އޯސަމް ރެއްރެރޭރޭރޭރޭ ރެއްރެރޭރޭރޭ ރެއްރެރޭރޭރޭ އޯއް ޔޭއް.

  14. ކްލޯސްޑް

    އިޒްރޭލް ފަހަތަށް ޖެހޭ ދުވަސް އަދި އަންނާނެއޭ އެ ދުވަސް ދެން މާ ދުރުގައި ވެސް ނެތޭ ފަލަސްތީނުން ފުރަތަަމަ ބޭރުކުރަންވީ ހަމާސް އާއި ހިޒްބުއްލާ އޭ އެއަށް ފަހުގައި ފަލަސްތީނު ދޫކޮށްލަންވީ ފަލަސްތީނު ރައްޔިތުން އަތް މައްޗަށް ހަމާސް އާއި ހިޒްބުއްލާ އެއީ އިރާނުގެ ދެ ޓެރެރިސްޓް ޖަމާއަތޭ އެމެން ޖެހޭނީ ފަލަސްތީނުން ގަދަ ކަމުން ވެސް ބާލަންއޭ މީގައި އޮވެގެން ނުވާނެއޭ އިތުރު އެކްސްކިއުޒެއް ވެސް އަދި ޗޮއިސް އެއްވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ ޗެޕްޓަރ ކްލޯސްޑް.

  15. ރެއްރެރޭރޭރޭ

    މަޖިލިސް ހިސޯރުކުރުމަކީ ގައުމަށްވާ އެންމެ ބޮޑު ހިޔާނާތް ކަމަށް ތަމެން ރަނޑު ޒާތަށް ވާހަކަ ދައްކާ ކަނޑުކޮހޭ ބުނާއިރު މަޖްލީސް ހިސޯރުވި ކަމަށް ބަޔާން ކުރާ ގާނޫނެއް އެބައޮތްތޭ ރާއްޖޭގައި ފާސްވެފައި ނެތް ދޯ. އަމިއްލަ ގެދޮރު ހަދާ އިރު ޕަބްލިކް ވާރކްސް ލޮރީތައް ގެންގޮސް ގެން ކުރީގައި ހުރި ގެ ތަޅާލާ ކުނޑި ގާތައް ސަރުކާރުގެ ޚަރަދު ގައި އުކާލާ ޕަބްލިކް ވާރކްސް ގެ އެހީގައި ގޭގެ ފައުންޑޭޝަން އެޅުން އެއަށްވުރެން ބޮޑު ޚިޔާނާތެއް އެެބައޮތްތޭ ނެތް ދޯ. ތަމެން ޚިޔާނާތުގެ ވާހަކަ ދެއްކީމާ މަމެން ހޭނެތެނީއޭ އެކޮއި ތިޔާ ނޫން އެހެން ކަނޑުކޮހެއް ގޮވޭތޯ ބެލިއްޔާ މާތާހިރުވާނެއޭ އެކޮއި. ތަމެން ދައްކަގަ މަޖްލީސް ހިސޯރު ކުރި ކަމަށް ބެލެވޭނެ ކަން ދޭހަވާ ގާނޫނެއް އެފަދަ ގާނޫނެއް ނެތް ނަމަ ދެން ތަމެން ދައްކަނީ ތިޔާއީ ކަނޑުކޮސްވާހަކަ ތަކަށޭ ބެލެވޭނީ. މަމެން ޕިންކީން މަޖްލީސް ކޮންޓްރޯލް ކުރާ ގޮތް އެއީ ފްރީފޯލްއޭ ލަވިންގް ޕިންކީސް އާރ އޯސަމް އެން ފްލޯލެސް ލޫޒިންގް ޕިންކީސް ކެނޮޓް ބީ ޓޮލެރޭޓެޑް އެނީމޯރ ލަވިންގް ޕިންކީސް އާރ އޯސަމް އެން ފްލޯލެސް ރެއްތެރެރޭރޭރޭ މެމޮރައިޒިންގް ނޭމް އޮފް ޕިންކީސް އާރ ގިވިން އަ ޖޯއިފުލް ފީލިންގް ޓު ދަ ހާރޓް ރެއްރެރޭރޭރޭ ރެއްރެރޭރޭރޭ ލަވިންގް ޕިންކީސް އާރ އޯސަމް އެން ފްލޯލެސް އޯއް ޔޭއް.

  16. ފެއްސޭ

    ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ހަމަ މަހަށް ދާން ޖެހޭނީ މަމެން ޕިންކީން ގަބޫލުު ކުރާ ގޮތުގައި ފެބް އެކެއްގެ ފަހުން މިހާރު ދުނިޔެ މިދެކޭ ދިވެހިރާއްޖެ އަކީ އެއީ މަމެން ޕިންކީންގެ މިލްކިއްޔާތެކެވެ. މިތާކު ދެން ނޯންނާނެ އެމްޑީޕީގެ ހިއްސާ އެއްވެސް އަދި ޖޭޕީގެ ހިއްސާ އެއްވެސް. އެކަން އެނިމުނީއޭ. ތަމެން ފެއްސެން އުޅޭ ލަންކާ އަށް އެނިމުނީއޭ ފެއްސޭ ފެއްސޭ ފެއްސޭ ދެން.

  17. އޯއްޔޭއް

    ވިސްނުންތެރި ގޮތަކަށް ނިންމަންނާ އަޒުމް ކަނޑައަޅަންވީ ޖޭޕީ ޝަޓް ޑައުން ކުރަންއޭ ފިޔަވަޅު ސީދާ ކުރަންވީ މީ އެވަގުތޭ ޖޭޕީ ޝަޓް ޑައުން ކުރަން. ތަރައްގީ ގައިމު ތަރައްގީ ގައިމު އޯއް ޔޭއް ޔޭއް ޔޭއް ޔޭއް ޑާންސް ޑާންްސް ޑާންސް..

  18. މުހައްމަދު

    ﷲ މިދައްޖާލުގެ ކިބައިން ދިވެހި މުސްލިމު ރައްޔިތުންނާއި ދިވެހިރާއްޖެ ސަލާމަތް ކުރައްވާށި!