ލަސްތަކެއް ނުވެ އިންޓަރނެޓްގެ އަގާއި ޚިދުމަތުގެ ފުރިހަމަކަމުން ރައްޔިތުން ހިތްތައް ފުރާލާނެކަމުގައި މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ ގެ ސްޓޭން މިނިސްޓަރ އަލީ ޞާލިޙް ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ދެމުންއަންނަ އިންޓަރނެޓްގެ އަގު ބޮޑުވެ ގިނަބައެއްގެ ކަންބޮޑުވުމާއި ނުރުހުން ފާޅު ކުރަނިކޮށް އަލީ ސޯލިހު ވިދާޅުވީ ވަގުތުގެ އަޖަލުގަ ޖެހި އަވަސް އަރައިގެން ނިންމާކަމަކަށްވުރެ ވަގުތާއި ހާލަތާއި ކަމުގެ ބާވަތުން ހޯދާ ބަލާ މިން ކުރަންޖެހޭ ކަންކަން ނުކޮށް އަވަސްއަރުވައިފި ކޮންމެކަމެއް ވާނީ ފަސޭހައަކަށްވުރެ ތުރާލަކަށް ކަމަށެވެ.
"ސަރުކާރުގެ ދުރު ވިސްނުން ހުރީ ކަންކަން ފުރިހަމައަށް ނިމޭނީ ކަމެއްގައި ވަށައިގެންވާ ހުރިހާ ފަރާތެއް ވަށާޖެހޭ ގޮތަށް ވިސްނުންތެރި ކަމާއެކު ކޮށްގެން" އަލީ ސޯލިހު ވިދާޅުވިއެވެ.
އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް ސޯލިހްގެ ވައުދަކަށްވާ އިރު، މީގެ ކުރިން މިނިސްޓަރު މަލީހުވެސް ވަނީ އިތުރު ކުންފުންޏަކަށް އިންޓަނެޓް ދިނުމަށް ޖާގަ ދޭން އުޅޭ ކަމުގެ އިޝާރާތެއް ކޮށްފައެވެ. އަދި މަލީހު އެންމެފަހުން ވިދާޅުވީ މަޝްވަރާތަކުގެ ފަހު މަރުހަލާއަށް އާދެވިއްޖެ ކަމަށާއި، ވަރަށް އަވަހަށް ނަތީޖާވެސް ފެންނާނެ ކަމަށެވެ.
ހާދަ ރީއްޗޭ ތި ލަވަ. މި 5 އަހަރު ނިމޭއިރުވެސް ތި ލަވަ ތިގޮތައް ކިޔާލަ ކިޔާލަ ތިބޭ. ދުރު ވިސްނުމެއް ނުފެންނާނެ އުމުރު ހުސްވާއިރުވެސް
ކަލޭމެންނަކަށް ނުވިއެންނު
ތިކަމެއްނުވާނެ ކޮބާ ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު .
މޮޔަނުގޮވާ އަވަހަށް އިސްތިއުފާދީފަ މަގުތަކުގަ މުޒާހިރާ ކުރަން ދުވޭ އެކަން އެކަނި ތިޔަބައިގަނޑު ހިތްތައް ފުރެންދެން ކުރެވޭނީ އިތުރުކަމެއް ކުރާހާ ގާބިލްކަމެއް ނެތް ތިޔަބައިގަނދުގެ އިތުރު ދޮގުތައް ހަދައިގެން ވާނީފަޟީހަތް ހެހެހޭ
ކަރަންޓްގެ އަގުހިޔޮކުރިގޮތަށް ނުކުރައްޗެ. އިންޓަރނެޓްވެސް ބިޒްނަސް ޕެކޭޖުން ކުޑަކޮށްފަ ބުނެފާނެ މިހާރުކުޑަވާނެއޭ. ކަރަންޓް ބިލްވެސް ވީ ހަމައެހެން. ކުޑަވާނެޔޭކިޔާތީ ބަލާހޯދިއިރު ކުޑަކުރީ ބިޒްނަސް ކެޓަގަރީ
ހުސް ދޮގު
އިންޑިއާގެ ޖިއޯ އަށް ދޭން ކުރާކަމެއް. ޖިއޯ އަކީ މޯޑީގެ މަނީލޯންޑަރިން ރެކެޓެއް.