ޗައިނާ ސަފީރު އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރާ ސަރަހައްދުގައި
ޗައިނާ ސަފީރު އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރާ ސަރަހައްދުގައި

ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒަންގް ލިޒޯންގް އިދިކޮޅު ފަރާތްތަކުން އެމްޑީޕީ ހަރުގެ ކައިރީގައި ރޭ މުޒާހަރާ ކުރި ސަރަހައްދުގައި މަޑުކޮށްލެއްވީ އެތަން ބަލައިލަން ކަމަށާއި އެއީ ރަސްމީ ހައިސިއްޔަތުން ކުރެއްވި ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕާޓީ ތަކުން ރޭ ބޭއްވި އެއްވުން ކުރިއަށް ދަނިކޮށް ޗައިނާ ސަފީރު ވަނީ އެ ސަރަހައްދަށް ވަޑައިގެން 10 ވަރަކަށް މިނެޓް އެތާ މަޑުކުރައްވާ އެއްވުން ކުރިއަށްދާ ގޮތް ބައްލަވާލައްވާފައެވެ.

ޗައިނާ ސަފީރު  ވަނީ އެސަރަހައްދުގައި ތިބި ބައެއް މީހުންނާ ވާހަކަދެއްކުމުގެ އިތުރުން އަމިއްލަފުޅަށް އެއްވުމުގެ ފޮޓޯވެސް ނަންގާފައެވެ.

ޗައިނާ ސަރުކާރަކީ ރާއްޖެއާއި ވަރަށް ގާތް ގުޅުމެއް އޮންނަ ގައުމެކެވެ. ރާއްޖޭގައި ހުންނަވާ ޗައިނާ ސަފީރު ޒަންގް ލިޒޯންގް އެ މަގާމުގެ ފަތްކޮޅު ރައީސް އަބްދުﷲ ޔާމީނަށް އަރުވާފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 29 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ގޭދޮށުގަ ކޮންމެ ރެއަކު ހަޅޭލަވާ އުނދަގޫ ކުރާތީ އެކަންކުރަނީ ކާކުތޯ ބަލާލަން ދިޔައީ

  2. ކަލޯ ތިދިޔައީ އެސޮރު ދުވަސް 🙂 ދެން ރޯނެ ކަމެއް ނެތް..... އަވަހަށް ފޮށިބަންދު ކުރަން ބުނެ!!!!!!!

  3. ތިކަމުން ގައުމަށް ލިބޭނީ ކުރިއެރުން. ޗައިނާ ފަތުރުވެރިންނަށް ލިބޭނީ އަމާންކަމުގެ މެސެޖް. މަރުހަބާ ސަފީރު މިގައުމުގެ ހައްގުގައި ކޮށްދެއްވާ މަސައްކަތަށް.

  4. އެއީމަރާލަން ވީމީހުން ގެ ޢަދަދު ޗައިނާސަރުކާރަށް އަންގަން ކުރެއްވި ޒިޔާރަތެއްތޯވެސް ބަލަން އެބަޖެހެއެވެ. ސަބަބަކީ އެމެރިކާ ގެ އެމްބެސެޑަރ އާއި އިންޑިޔާ އަދި ބްރިޓަން ގެ އެމްބެސަޑަރ ކައުންސިލަރުންނާއި ބައްދަލުރުމުން އެކަންވަނީ ސަރުކާރުން ކުށްވެރިކޮށްފަޢެވެ.

  5. ހެހެހެހެހެ ޗައިނާ ސަފީރު ގަޅިޖެހުނީ، އުތަ؟&^!#!! ހެހެހެހެހެ ބޭހޮއްކޮ

  6. ބަލަންވާނެ. ބަލާފަ ދުނިޔެއަށް ހަގީގަތް ހާމަކޮށްދީ. ޢިންޑިޔާއިން ލައްވާލާ ގުދަކަށް ދެގުދު ލައްވާލާނެ ޗައިނާއިން