ރާއްޖޭގެ ދެ ރަށެއްގައި ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން މި އެެއްބަސްވުމުގައި ސޮއި ކުރެއްވީ މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ.

މިއަދު ސޮއި ކުރެވިގެންދިޔައީ ލ. މައިބާދޫގެ އިތުރުން ށ. ކޮމަންޑޫގެ ބަނދަރު ހެދުމުގެ އެއްބަސްވުމުގައެވެ.

https://twitter.com/planningmv/status/1157944529158168577?s=21

މާބައިދޫގެ މަޝްރޫއު ހަވާލުކުރީ 16.42 މިލިއަން ރުފިޔާ އަށް 120 ދުވަހުގެ މުއްދަތަށް ނިންމުމަށެވެ. އަދި އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކޮމަންޑޫ ބަނދަރު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ 29.4 މިލިއަން ރުފިޔާ އަށެވެ.

މާބައިދޫ މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 204 މީޓަރުގެ ޗެނަލް ބްރޭކް ވޯޓާ ހަރުކުރުމާއި 74 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، ބަނދަރު ނެރު ފުން ކުރުމުގެ އިތުރުން ދެ ނެރު ބައްތި ޖެހުން ހިމެނެ އެވެ.

ކޮމަންޑޫ މަޝްރޫއުގެ ދަށުން 12 މީޓަރު ބޭރު ތޮށި ޖެހުމާއި، 20 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 190 މީޓަރުގެ އެއްގަމު ތޮށި ހެދުމާއި، ބަނދަރުގައި ރޭމްޕެއް ހެދުމާއި އެއްގަމު ތޮޝި ވަށައިގެން ޕޭވްމަންޓު ޖެހުން ހިމެނެއެވެ. މީގެ އިތުރުންވެސް ބަނދަރާއި ބަނދަރުގެ ނެރު ފުން ކުރުމާއި ނެރު ބައްތި ޖެހައި، ބަނދަރު ސަރަހައްދުގައި 19 ލައިޓު ޖަހައި، 10 މޫރިން ބްލޮކް ހަރުކުރުން ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޗޯކީދާރު

    ތިޔަ ރައްރަށުގައި ކީއްކުރަން ހަދާ ބަނދަރެއްތޯ ގިނަ ރައްތައް އެހެރީ ފަޅައް އެންމެން މިއުޅެނީ މާލޭގަ ފުލެޓްތަކުގެ އަގުހުންނަނީ އިންތިހާޔައް އެކަމަކު އަގުބޮޑުކޮއްމާލޭގަ އުޅެމުން މާލޭގެ ރައްޔަތުންނައް ތަންތައް އަގުބޮޑުކަމުން އެއްޗިހި ކިޔާފަވެސް މިއުޅެނީ މާލޭގައި ރަށުގައި ހިލޭ އުޅެވެންއޮއްވާ މިޔައްވުރެ މާއަގުހެޔޮކޮއް އުޅެވޭނެ މެލޭސިއާގަވެސް ސަރުކާރުން ކުރާ ވިޔަފާރިޔަކީ ރައްޔަތުންނައް ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ވިޔަފާރި ބޮލަކައް 15000 ޑޮލަރު ލިބޭވާހަކަ ދައްކާއިރު އާމްދަނީ ހޯދޭނެ އެސެޓެއްނެއް މިގައުމުގައެއް 1978ވަނަ އަހަރު އޮއް 98 އާގްބޯޓް އެއިރު އެންމެ ބޮޑު އާމްދަނީއެއް ގައުމައް ވަންނަނީ ދިވެހިސީމޭނުން ގެންނަ ޑޮލަރުކޮޅު އަދިވެސް އަތްޖަހާ ގައުމޭ ފަޙުރޭ ދޫނިރާއްޖޭ ކިޔާފަ ލަދުން ބޯހަލާކް