ހއ. އިހަވަންދޫ ކުނިގޮނޑުގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ނޮދަން އޭރިއާ އަށް ލިބިފައިވަނީ މިއަދު ހަވީރު 15:00 ހާއިރު ކަމަށާއި މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ވަނީ އެރަށަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާން ފަށާފައި ކަމަށެވެ.
ނޮދަން އޭރިއާ ކުޅުދުއްފުށި ފަޔަރ ސްޓޭޝަންގެ ފަޔަރމަނުން ކުރި މަސައްކަތުން މި އަލިފާންގަނޑު މިރޭ 19:30 ގައި އެއްކޮށް ނިއްވަލާފައިވާ ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މި ރަށުގައި ކުނި އަންދަނީ ދެން އިތުރު ކިހިނެއް؟؟