ހައްޖުގެ އަޅުކަމަށް މާތް ވެގެންވާ މައްކާ ދިޔަ 3 ލައްކައަށްވުރެ ގިނަ މީހުން މައްކާ އަށް ވަނުން ހުއްޓުވައިފިއެވެ.
މައްކާގެ އަމީރު ޕްރިސް ކާލިދް އަލް ފައިސަލް ވިދާޅުވީ ހައްޖު މޫސުން ފެށުނު ފަހުން "ހައްޖު ޕާމިޓް" ނެތި މައްކާ އަށް އެތެރެވާން އުޅުނު 329,000 މީހުން މައްކާއަށް އެތެރެވިޔަ ނުދީ ހިފަހައްޓާފައިވާ ކަމަށެވެ.
މައްކާގެ ހައްޖު ކޮމެޓީގެ ޗެއާމަން ކަން ވެސް ކުރައްވާ ޚާލިދް އަލް ފައިސަލް ވިދާޅުވީ ހުއްދަ ނެތި މައްކާއަށް ވަންނަން އުޅުނު 144000 ވެހިކަލެއް ވެސް ހުއްޓުވާ އަދި ގަވާއިދާ ހިލާފަށް ހައްޖުވެރިން ގޮވައިގެން ދަތުރު ކުރުމުން 15 ޑްރައިވަރެއް ވެސް ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ މިއަހަރު ހައްޖު މޫސުމުގައި ހައްޖުވެރިނަށް ދިމާވާ ދަތިތަކުގައި އެހީވާން ސައުދީ ސަރުކާރުން 350000 މީހުންގެ ޓީމެއް ހަރަކާތްތެރި ވާނެ ކަމަށެވެ.
މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަމަށް ދުނިޔޭގެ އެކި ހިސާބުތަކުން މައްކާ އާއި މަދީނާއަށް އެތައް ހާސް މުސްލިމުން ޖަމާވަމުންދާ އިރު ހައްޖުގެ ދުވަސްވަރު މައްކާގެ މުގައްދަސް ތަންތަނުގެ ސާފުތާހިރުކަން ބަލަހައްޓަން 13000 މަސައްކަތު މީހުން ހަމަޖައްސާފައިވާ ކަމަށް މައްކާ މުނިސިޕަލްޓީން ވަނީ ބުނެފައިވެ އެވެ.
މާތްރަސްކަލާންގެ ހެޔޮގޮތެއް ނޫނީ މެދުވެރި ނުކުރައްވަވާނެ.
މުސްލިމުންނަށް ﷲއަށްޓަކައި މާތްވެގެންވާ ހައްޖުގެ ފަރުލު އަދާކުރުމަށް ވެސް ސައުދީން އެދަނީ ހުރަސް އަޅަމުން. އެމީހުންގެ ބާރުގެ ދަށުގައި މައްކާ އޮތީތީ މިޒަމާނުގެ ގޮތުންވެސް އެދަނީ ކުރީޒަމާނުގެ މުޝްރިކުން ކަންކުރިގޮތަށް ކަންތައް ކުރަމުން.
ކޮންމެ ކަމެއްވެސް ކުރަން ހަމަތަކަކާއި އުސޫލުތަކެއް އޮވޭ. އެއީ އޮންނަންވެސް ޖެހޭގޮތް.
ކޮންމެ ކަމެއްގަވެސް ގަވައިދު ތަކެެއް ހދިފަ ހުންނަނީހުރިހާ މީހުންގެ ވެސް ފަސޭހައާ ރައްކާ ތެރިކަމަށްޓަކާ އެގަވައިދު ތަކަށް ފަރުވާލެއް ނުބަ ހައްޓާ ބޭނުންހާ ގޮތަކަށް ކަންތައް ކުރީމަ ކަމަކު ނުދާނެ ޒާ ހަމައެކަނި ސުރުޚި ކިޔާލާފަކޮމެންޓް ކުރިޔަކަސް ކަމަކުނުދާނެ
ހިތައް އަންނަ އެއްޗެއް ލިޔާކަށް ނުވާނެ! ސަޢޫދިއްޔާ އަކީ މިނިވަން މުސްތަޤިއްލަ ޤައުމަކަށްވީހިނދު، އެޤައުމުގައިވެސް ޤަވާޢިދާ އުސޫލުތައް ހުންނާނެ! ހިތައްއަރާ ގޮތަކަށް އެރަށަކަށްވެސް އަރަން އުޅުމަކީ، ޖާހިލުން ކުރާނެ ކަމެއް!