އަމީނިއްޔާ ސްކޫލްގެ ގްރޭޑް 09 އަކަށް ހިސާބު ކިޔަވައިދޭނެ ޓީޗަރެއް ނެތި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސްވީ ފަހުން ހިސާބު ޓީޗަރެއް ލިބިއްޖެއެވެ.

އަމީނިއްޔާ ސްކޫލުގެ ހިސާބު ޓީޗަރެއް ނެތިގެން ގްރޭޑް 9 ގެ ބައެއް ކުލާސްތަކަށް ފަޅުކޮށް އޮންނަތާ 6 މަސް ވެއްޖެ ކަމަށް ބުނެ "ޓައިމްސް އެމްވީ" ގައި ޝާޢިއު ކުރި ޚަބަރެއް ދޮގުކޮށް އެޑިއުކޭޝަން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ އެސްކޫލަށް މިމަހު ހިސާބު ޓީޗަރެއް ލިބިފައިވާ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ އަމީނިއްޔާ ސްކޫލްގައި ހިސާބު ކިޔަވައި ދެއްވަމުން ގެންދެވި ދިވެހި ޓީޗަރަކު ޖޫން މަހުގެ މެދު ތެރޭގައި އިސްތިއުފާ ދެއްވުމާއި ގުޅިގެން ޓީޗަރަކު ހޯދަން އިއުލާންކޮށް އޮގަސްޓް މަހުގެ ފުރަތަމަ ހަފްތާގައި ދާއިމީ ޓީޗަރަކު ވަނީ ހަމަޖައްސާފައި ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ޓީޗަރަކު ހޯދުމަށް ހޭދަވި މުއްދަތުގެ ތެރޭގައި އެކްލާސްތަކުގެ ގަޑިތައް ހަމަޖެހިފައިވާ އުސޫލުން އެހެން ޓީޗަރުން ބޭނުން ކޮށްގެން ނެގުމުގެ އިތުރުން އެކްލާސްތަކަށް އިތުރު ގަޑިތައް ވެސް ސްކޫލުން ނަގާދީފައިވާނެ ކަމަށެވެ.

އަމީނިއްޔާ ސްކޫލްގައި ހިސާބު ޓީޗަރަކު ނެތި ގިނަ ދުވަސްތަކެއް ވެގެން ދިޔައިރު މާބަނޑު މުވައްޒަފުންނަށް ހަމަ ދުވަހުގެ ޗުއްޓީއެއް ދޭން ސަރުކާރުން ނިންމުމުން މިއަހަރު ވަރަށް ގިނަ ސްކޫލްތަކަށް ދަނީ ޓީޗަރުންގެ ދަތިކަން ފޯރަމުންނެވެ. ކޮންމެ ދުވަހަކު ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ސްކޫލްތަކުން ޓީޗަރުން ހޯދަން ގެޒެޓްގައި އިއުލާންތައް ކުރަމުން ގެންދާކަން ފާހަގަ ކުރެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. އިބްރާހިމް

  ތިޔަކަމާއި މެދު ބޮނޑިބަތް ކައްކަންޖެހޭނެ ސަރުކާރުން. ތަރައްގީގެ ބޮޑު މަޝްރޫއެއް ނިމުނީ

  12
 2. ވައިސަރީ

  މި އޯގާތެރި ސަރުކާރަށް ހަމަ އެެއްކަމެެއްވެސް ކުރަން ނޭނގެނީއޭ.

  11
 3. ޏ

  ނާޒުގެ ފިރިކަލުން ހަސަނު ކުރިން ކިޔަމުން ދިޔަ ކުރީ ސަރުކާރުގައޭ ޓީޗަރުން ހަމަނޫނީ ކޮބާ މިޖެހުނީ ކޮންތާކު

  11
 4. ޓަގުބެ (އަދީބުރޯ)

  ގުޅާލި ނަމަދޯ

 5. ޚކ

  މިތިބަ ވެރިން ކަޑައޭ

  12
 6. ޖަޒީރާ ރާއްޖެ

  މިއޮތީ ވާސަރުކާރެއް.