އައްޑޫ ސިޓީ ގަމުގައި ހިންގަމުން އަންނަ ފްލައިންގ ސްކޫލްގެ ބޯޓު ވެއްޓުނީ ނޫން ކަމަށާއި، ބޯޓުގެ އިންޖީނު ފެެއިލް ވުމުގެ ސަބަބުން ކަނޑަށް ޖެއްސީ ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، މިއަދު މެންދުރު ފަހު 16:30 ހާއިރު މި ހާދިސާ ހިނގާފައިވާއިރު، މި ބޯޓު ކަނޑަަށް ޖައްސާފައި ވަނީ އިތުރު ގޮތެއް ނެތިގެންނެވެ. އެ ބޯޓު ކަނޑަށް ޖެއްސުމާއެކު ދިޔައީ އަޑިއަށެވެ.

އައްޑޫ ސިޓީގެ ޝަންގްރިއްލާ ރިޒޯޓާ ދީމާ އިން ކަނޑަށް މި ބޯޓު ޖެއްސިއިރު، މި ބޯޓުގައި އެވަގުތު ތިބީ ޕައިލެޓް ކަން ކިޔަވަމުން އަންނަ ދިވެހި ދަރިވަރަކާއި، އޭނާ އިންސްޓްރަކްޓަރެވެ.

މިހާދިސާގައި އެދެމީހުންނަށް މާބޮޑު ހާނީއްކައެއް ލިބިފައެއް ނުވެއެވެ.

މި ބޯޓު ކަނޑަށް ޖެެއްސުމާއެކު އޭގައި ތިބި މީހުން ސަލާމަތް ކުރަން ދިޔަ މީހުންގެ ތެރެއިން އެކަކު ބުނީ، އިންޖީނު ހުއްޓިގެން އެ ބޯޓު ވެއްޓުނީ ނޫން ކަމަށާއި، ބޯޓު ކަނޑަށް ޖެއްސީ ކަމަށެވެ.

"އަހަރުމެންގެ ޑައިވިންގ ދޯނި އެއިރު އޮތޭ އެތާ ވަރަށް ކައިރީގައި، ޑައިވިންގއަށް ގޮސް، ދެން ޑައިވިންގ ދޯނިވެސް ކައިރި ކުރީ ލައިފް ގާޑުވެސް ފުންމާލައިފި ދިޔައީ ވަގުތުން އެ މީހުން ކަައިރިއަށް ފަތާފައި. ބޯޓާއި ސީދާ ކުރިމައްޗަށް ކަހަލަ ގޮތަކަށް އަހަރުމެން ތިބީ"، އޭނާ ބުންޏެވެ.

އެ މީހާ ބުނީ، އެ ބޯޓު ޖެއްސީ ރަނގަޅު ތަނުގައި ކަމަށެވެ. އެގޮތުން ބޯޓު ޖައްސާފައި ވަނީ ފަރުން ކުޑަކޮށް ބޭރުގައި ކަމަށް އޭނާ ބުންޏެވެ.

"ފަރުގައި ޖެއްސިނަމަ އަނިޔާވާނެތާ، ވަރަށް ބަލައިގެން ޖައްސާފައި ވަނީ، ރީއްޗަށް ޖައްސާފައި އެ މީހުން ފުންމާލީ ބޭރަށް". އޭނާ ބުންޏެވެ.

އޭނާ ބުނީ، އެ ބޯޓު އަޑިއަށް ދިޔަ ސަރަހައްދުގައި މިހާރު ޑައިވަރުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އައްޑޫ ސިޓީ ގަމުގައި ތަމްރީނު ދިނުމަށް 13 ބޯޓާއި ދެ ފްލައިޓް ސިމިއުލޭޓަރސް ބޭނުން ކުރަމުން ދެެެއެވެ.

މޫދަށް ޖެއްސުމާއެކު އަޑިއަށް ގޮސްފައި ވަނީ މީގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އެއް ބޯޓުކަމަށް މައުލޫމާތު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޕައިލެޓް

  ކަނޑު އޮންނަނީ ފެހި ވިނަގަނޑެއްހެން ތަ؟

  18
  6
  • އަހޫ

   ފޭކް ޕައިލެޓުންނަށް ހީވާނެ ތިހެން. ރަނގަޅަށް ފޮޓޯގެ ކެޕްޝަންބެލީމަ ވާނުވާއިނގޭނީ. ފޯނެއް އޮތަކަސް ސިކުނޑި ނެތިއްޔާ ގަމާރުވާނެ.

  • ލޮލް

   . ކެޕްޝަންގަ އެއޮތީ ކުރީގެ ފޮޓޯއެކޭ...

  • ޢަލިބެއްޔާ

   ކަލެއަށް ތިހިރީ ރަނގަޅަށް ހަބަރު ކިއިފައޭ!

 2. ޝިފްނާ

  ޕައިލެޓް ކަލޭ ދޯ ދެން. އިންޖީނު ފެއިލްވީމަ ކަލޭ ފްލައިޓް ލޭންޑް ކުރާނީ ކޮޅިގަނޑެއް މަށްޗަށް ދޯ؟

 3. ސުރަންޖަން

  ތީ އިންސޫރަން ސްކޭމް އެއް! ސްކޫލް ބަދަލު ކުރަން އުޅޭތީ ލާރި ކޮޅެއް ހަމަ ޖައްސާލަން މެނޭޖްމަންޓުން ގަސްތުގަ ރޭވިގެން ކުރެވުނު ކަމެއް ކަމައް މައުލޫމާތު ލިބޭ. މިކަން ތަހުގީގު ކުރަން ޖެހޭ!