ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އެމްޑީޕީގެ ޕީޖީ ގްރޫޕަށް ހުށަހަޅައިފައި ވަނީ ފޮނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު މޫސާ ސިރާޖެވެ.

ސިރާޖު ވިދާޅުވީ، މިނިވަން މުއައްސަސާތަކުން މީހުން ވަކިކުރަން މިހާރު އޮންނަނީ ޕާލަމެންޓްރީ ގްރޫޕަށް ހުށަހަޅައި، ލީޑަރުންނާއި އަދި ޕާލަމެންޓްރީ ގްރޫޕްގައި މަޝްވަރާ ކުރުމަށްފަހު ގޮތެއް ކަނޑައަޅައިގެން ކަމަށެވެ.

"ޕީޖީ އަށް އިތުބާރު ނުކުރެވޭތީ، ޕީޖީ ވަކިކުރަން ފެންނަ ކަމަށް އަޅުގަނޑު ވާނީ ޕާލަމެންޓްރީ ގްރޫޕަށް އެކަން ހުށަހަޅާފައި" ސިރާޖު ވިދާޅުވިއެވެ.

ޕީޖީ ބިޝާމްގެ މައްސަލަ އެމްޑީޕީގެ ޕީޖީއަށް ހުށަހެޅިއިރު، މިއީ 19 ވަނަ މަޖިލީހުގައި ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަަހަޅަން މަސައްކަތް ކުރާ ފުރަތަމަ ފަހަރެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ދެ ފަހަރެއްގެ މަތިން ބިޝާމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިއެވެ. ނަމަވެސް ވޯޓަށް އެހުމުގެ ކުރިން އެ ދެ ފަހަރުވެސް ވަނީ އެ މައްސަލަ އަނބުރާ ގެންގޮސްފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. Juhaa

  ތިޔަ މޫސާ ސިރާޖޭ ކިޔާ ކަލޭގެއަކީ މާމޮޅު ވަކީލަކަށް ހެދިގެން އުޅޭ މީހަކަސް، އެއްވެސް އެއްޗެއް ދަންނަ މީހެއް ނޫން. އޭނާއަށް ނޭނގޭ، ދައުލަތުގެ އެކި އިދާރާތަކާ ޙަވާލުވެފައިވާ މަސައްކަތްތައްވެސް.

 2. ދިވެހިމީހާ

  އައްދޯތް! އެ ކެވުނީ ރާކަނިމަސް. އަދިވެސް ފަޓާސްފައްޗެއްހެން އެންމެންގަނޑު ދޫކޮށްލާ. މަ އޭރުވެސް ބުނިން ކަލޭގެ ނިމުން ހިތިވާނޭ.

 3. ާއަހުމަދު

  ދެމީހުންގެ ފޮޓޯވެސްޖެހިނަމަ އިއްޒައްތެރި ވީމަ ޖަހަންނުކެރެނީ

 4. ވާނުވާ

  ތިކަލޭގެ ބޭރުކުރަންވިތާ ކޮންދުވަހެއް.. ފާޑު ފާޑުގެ އުސޫލުތަށް ހަދައިގެން މިމުޖުތަމަޢު ހަލާކުކޮއްފި.. މީނަގެ އަށް މަސްތުވާތަކެތީގެ މައްސަލަތަށް އެއީ އާދައިގެ މައްސަލަ.، ނަހަލާލަށް ބަލިވެ އިނދެ ވިހައިގެން ހައްދު ޤާޢިމް ނުކުރާ އެތަށް ބަޔަކު އެބަތިބި