ހެންވޭރު ދެކުނު ދާއިރާގެ މަޖިލީސް މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)ގެ ފައުންޑޭޝްންގެ ފަރާތުން އަޝްހާ އީދުގެ ހަދިޔާއެއްގެ ގޮތުގައި ފަސް ދަރިވަރަކަށް މަތީ ތައުލީމަށް ކިޔެވުމުގެ ސްކޮލާޝިޕް ފުރުސަތަށް ހުޅުވާލައިފިއެވެ.

އޭނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިފަހަރުގެ އީދު ހަދިޔާއަކީ އޭނާގެ ފައުންޑޭޝަންގެ އެހީގައި ސައިރިކްސް ކޮލެޖުގައި ކިޔެވުމުގެ ފުރުސަތު ފަަސް ފުރުސަތު ދާއިރާގެ ފަސް ދަރިވަރަކަށް ދިނުން ކަމަށެވެ.

އެ ސްކޮލާޝިޕްގެ ފުރުސަތުގެ ތެރޭގައި، މާސްޓާސް ލެވެލްއަށް ކިޔެވުމުގެ ދެ ފުރުސަތާއި، ބެޗްލާސް ޑިގްރީގެ އެއް ފުރުސަތާއި، ޑިޕްލޮމާ ލެވެލްގެ ދެ ފުރުސަތާއެކު ޖުމްލަ ފަސް ފުރުސަތެވެ.

"މި އުފާވެރި ހަބަރު ދާއިރާގެ ކުދިންނާއި ހިއްސާ ކުރުމުގެ އުފަލާއެކު އީދު ތަހުނިޔާ އަރިސް ކުރަން". އޭނާގެ ޓްވީޓްގައި ވެއެވެ.

އަނދުން ހުސައިން ފައުންޑޭޝަންގެ ފަރާތުން މިހާރު ރާއްޖެ އިން ބޭރުގައިވެސް ބައެެއް ދަރިވަރުން ތައުލީމް ހާސިލް ކުރަމުން ދެެެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ސޮނިފު ހެ

  އެސޮރު ހާދަ ރަގަޅޭ

  3
  21
 2. ޗޗޗ

  މިއާޢިލާޢަކީ މީސްމީހުންގެ ހައްގުތަކަށް އަރައިގަންނަބައެއް. ވަރަށް މުޑުދާރު ވަރަށް ފުއްޕައިގެން އުޅޭބައެއް.ގަރާޖެއްވެސް ހިންގާނެ .މުޅިން މަކަރާ ހީލަތުން .

 3. ކަލޯ

  މީނަގެ ކޮައްކޮ އަކީ މީހުންގެ މުދާ ގެއްލުވާ ހަލާކު ކޮށް މީހުންނާ ދޭތެރޭ ވަރަށް އިހާނެތިކޮށް ކަންތައްކުރާ ނުލަފާ މީހެއް

 4. އަންނި

  އަދީބު ދިން 1.8 ބިލިއަން ޑޮލަރައް ދޯ

 5. ލޮލް

  ހަލާލް ގޮތުގަ ހޯއްދެވި ފައިސާ ކަން ހާމަކޮއްދެއްވަވަން ޖެހޭނެ.