އިއްޔެއިން ފެށިގެން ‏ރާއްޖޭގެ ދެކުނު ރަށްތަކަށް ކުރަމުންދާ ވިއްސާރާގައި ގެއްލުން ލިބުނު ރަށްރަށުގެ ހާޅަތު މޮނިޓަރ ކުރަމުން އަންނަ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ އިން ވިދާޅުވެއްޖެއެވެ.

އެ ސެންޓަރ އިން މިއަދު ވިދާޅުވީ، ރާއްޖޭގެ ކުރަމުންދާ ވިއްސާަރައިގައި ގެއްލުން ލިބުނު ރަށްރަށުގެ ހާލަތު މޮނިޓަރ ކުރަމުން އަންނަ ކަމަށެވެ. އަދި މި ވިއްސާރަގައި ގެއްލުން ލިބުނު ގެތަކަށް އެހީވުމަށްޓަކައި ކައުންސިލާއި ފުލުހުންނާއި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ ސެންޓަރުން ވިދާޅުވިއެވެ.

‏އެ ސެންޓަރުން ވިދާޅުވީ، ވިއްސާރައިގެ ސަބަބުން އައްޑޫ ސިޓީގެ 24 ގެޔަކާއި އަދި ފުވައްމުލަށް ސިޓީގެ 15 ގޭގެ ފުރާޅަށް އެކިވަރުގެ ގެއްލުންވެފައިވާކަމަށެވެ. އަދި މީގެ އިތުރުން އެ ދެ ސިޓީގައިވެސް ބޮޑެތި ގަސްތައް ވެރިފައި ވެއެވެ.

މީގެ އިތުރުން، ގދ. އަތޮޅުގެ ބައެއް ރަށްތަކުގެ ގޭގޭގެ ފުރާޅުވެސް ރޭ ވަނީ އެއްލާލާފައެވެ. އަދި ބައެއް ގެތަކުގެ ފާރުވެސް ވަނީ ވެއްޓިފައެވެ.

މިހާރު ރާއްޖެއަށް ކުރަމުން ދަނީ މޫސުމީ ވިއްސާރައެވެ.