ކުރިއަރަމުން އަންނަ އިންޑިއާގެ އިގްތިސާދާ އެހެން ގައުމުތައް ގުޅޭނެ ގޮތެއް ހޯދަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިންޑިއާއަކީ އެކުވެރިއެއް ކަމަށް އަބަދުވެސް ދެކެމުން އަންނަ ރައީސް ނަޝީދު މިހެން ވިދާޅުވީ، އިންޑިއާގެ 73 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.
"އިންޑިއާގެ އިގްތިސާދު ކުރިއަރަމުން އަންނައިރު، ދެކުނު އޭޝިއާގެ އެހެން ގައުމުތަކުން އިންޑިއާގެ އިގްތިސާދާ ގުޅުވާލެވޭނެ މަގު ފަހިކުރަން އެބަޖެހޭ،" ރައީސް ނަޝީދު ވިދާޅުވިއެވެ.
Happy Independence Day to all my Indian friends! As India’s economy roars ahead other South Asian nations must find a way to connect to it, and share in India’s rising prosperity.
— Mohamed Nasheed (@MohamedNasheed) August 15, 2019
އިންޑިއާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެސް ވިދާޅުވީ ދިވެހިރާއްޖެއިން މަސައްކަތް ކުރާނީ އިންޑިއާއެކު ކުރިއެރުމަށް ކަމަށެވެ
" ކުރިއަށް އޮތް ތަނުގައި ވެސް ދެގައުމުގެ ދެމެދުގައިވާ އެކުވެރިކަން ދެމިއޮންނާނެ. ދެ ގައުމުގެ ކުރިއެރުމަށް އެކީ މަސައްކަތް ކުރާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.
އިނގިރޭސިންގެ އަތްދަށުން އިންޑިއާ މިނިވަން ވެފައިވަނީ 1947 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.
އިންޑިޔާގެ އިގްތިޞޯދާ ގުޅުވޭނީ ރާއްޖޭގައިވެސް ރާވިއްކާ މިންވަރު އިތުރުކުރުމަށް މަޖުބޫރު ކޮށްގެން.
އިންޑިއާގަ އިގްތިސާދެއް އޮވޭތަ؟ ތިއަކާ ގާތްވާނެ ބަޔަކު މި ދުނިޔެއަކު ނެތް ކަލޭމެން ނޫނީ. އިންޑިއާއާ ވައި ނޭޅި ވޭތޯ ބަލާނެ ކަލޭމެން ނޫން އެހެން އެންމެން.
އަހަރެމެނައް ކޮންކަމެއް ރޭޕިސްތާންގެ އިޤްތިސޯދު ހަލާކުވެ ވެއްޔާ މޮޑުނަސް
ގެރި މޯދީ ރާއްޖެއަކަށްހެޔޮ ނޭދޭނެ ކަން ޔަގީނެވެ
ކަލޭ ގޮސް އޮވެބަލަ މޮދީގެ އަނގަޔަށް އެރި.
ކަލޯގެ ވެރިކަމުގައި އިންޑިޔާގެ އިޤްތިޞާދާ ގުޅުވަންވެގެންދޯ ޖީއެމްއާރަށް އެއަރޕޯޓު ހިބައިން ދިނީ! ލަދުކުޑަ!
މީ ކީކޭ ކިޔަން އުޅޭ ސޭކެއްތަ
ބަލަ ދިވެހިރާއްޖެ މީއިންޑިއާތަ
ނޫނީ އިންޑިއާއާއި މީނަޔާ ކޮންގުޅުމެއް
ނަޝީދުމެން ގޮތަށް ދީނާއި ގައުމު ވިއްކާފަ މޯދީ މެން ކުރިމައްޗަށް ގޮސް ތިގޮތަށް ކުރުނީސް ކުރާނެ ބަޔަކު ހޯދަން ޖެހޭ.
ތިގޮތްވެސް ބަލާ ހޯދަންޖެހެނީ މިރާއްޖެއައްތަ؟އަޖައިބުހީވޭ މިވެސް ދިވެހި ދެމަފިރިއަކަށް ލިބިފަހުރި ފަރަންޖީއެ. މިރާއްޖޭގަ ވެރިކަން ކުރަންމީނައުޅެނީ އިންޑިޔާ ކުރިއަރާނެގޮތެ މީނަހޯދަންއުޅެނީ. ދިވެހިންގެ މިނިވަންކަން ނަގާލާ ބޭރުމީހުންނަ މިނިވަންކަން ހޯދަދޭން މީނައުޅެނީ. މީއަޅެ އާބިދާއާ ސައްތާރުވެސް ބޭނުންވާގޮތްތަ؟ދެންއަޅެ ދިވެހި ރައްޔިތުން މީނަގެ ފަހަތުން ދުވުން ހުއްޓާލާފަ މިގައުމުގެ ކުރިއެރުމާ ލާބަޔަށް މަސައްކަތްކުރާނެ މީހަކު އުފަންކުރެވޭތޯވެސް ބަލަން ރަގަޅު ގޮތުގަ އަނބިފިރިކަމުގެ ގުޅުން ބޭއްވޭތޯ ބަލަންވެއްޖެނުން.
މީނަ އިންޑިޔާގެ އިޤްޔިސޯދޭ ކިޔާ ވާހަކަދައްކާއިރު މީނަ ރައީސްއަކަށް ހުރި އިރު މުޅިން ކުރި ކަމަކީ އަމިއްލަ ޤަވްމުގެ އިޤްތިސޯދު އިންޑިޔާ އަށް ވިއްކީ . ޓީ ބިލް ވިއްކައިގެން ދިރިއުޅުނީ . ޓީ ބިލް އެއީ ކޯއްޗެއްތޯ ؟ ޢެއީ ގަނޑުކޮޅެއްގަ ނޯޓްކޮށްލާފަ. ނަގާ ލާރި ރާއްޖޭގަ ނަމަ ކޭން ސިންގު ސޭޓް ނޫނީ މޫންކެފޭ ބޮޑު ސޭޓް އަތުން ލާރި ނެގުން ކަހަލަ ކަމެއް. 100 ރުފިޔާ ނަގައިފިއްޔާ ދުއިސައްތަ އަނބުރާ ދައްކާގޮތަށް . މީ އިޤްތިސޯދޭ ކިޔައިގެން ވާހަކަ ދައްކާ މީހާގެ ފެންވަރު!! ޑޮލަރު ރޭޓް ސަތާރަ ރުފިޔާ ބަޔަށް އަރައިގެން ދިއައިމަ ބުނީ. ކޮންމެ ޑޮލަރެއްގެ ފަހަތުގަ ފުލުހަކު ބަހަޢްޓަންވީޔޯ . ކޮންތާކުން މީނަ ކިއެވި އިޤްތިސޯދެއް ބާ މީ .. ؟
އޭރުންދޯ އިންޑިއާއަށް ބޮޑަށް ބަރޯސާވާން މަޖުބޫރުވާނީ
الله ގެ ހެޔޮރަހުމަތުން މީނަގެ ބަލާވެރިކަމުން ޤައުމާ ރައިޔަތުން ސަލާމަތްކުރައްވާށި އާމީން ހުރިހާ ރައިޔަތުން الله ގެ ޙަޟުރަތުގާ ދުއާދަންނަވާ
އާމީން.
ސައުތުއޭޝިއާގެ މާސިންގާ ގައުމުތަކުގައި ނޯބެލްޕްރައިސް ހޯދާފަތިބި މީހުނާއި ދުނިޔޭގެ ނުފޫޒުގަފަ އެތައްބަޔަކު ތިއްބަސް އެގައުމުތަކުން ކަންކުރަންވީގޮތް މިއެނގެނީ މިކަލޭގެއަށް.
ރާއްޖޭގެ މިނިވަންދުވަހު ތަހުނިޔާ އިންޑިޔާއިން ނުކީ ކީއްވެ؟ ވިސްނާލާ
އަޅެ މިރޯނު އެދުރު އިޤްތިޞާދު ކިޔަވާދިން ވީޑިއޯ މިކަލޭގެއަށް ދައްކަބަލަ، ގްރޭޑް 5 ގެ ކިޔަވާ ކުއްޖަކަށްވުރެ ޙާލަތުދަށޭ، މިކަލޭގެ