20 މީހުންނާއެކު ޅ. ނައިފަރުން ފުރައިގެން މާލެ އަށް ދަތުރުކުރަމުންދިޔަ ލޯންޗެއް ދިޔަވާން ފެށުމާއި ގުޅިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ނައިފަރުން ފުރައިގެން މާލެއަށް ދަތުރުކުރަމުންދަނިކޮށް ކުއްލިއަކަށް ލޯންޗެއް ދިޔަވާން ފެށުމާއި ގުޅިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 16:50 ހާއިރު ކަމަށެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ލޯންޗް ދިޔަވާން ފެށީ ކ. ގާފަރު އިރު އުތުރުން ހަތަރު ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.

"ލޯންޗް ދިޔަވާން ފެށީ ކުއްލިއަކަށް، ލޯންޗްގައި ފެން ހިއްކާ ޕަންޕަށް މައްސަލަތަކެއް ދިމާވެގެން". އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްެެންޑީއެފް އިން ވިދާޅުވީ، އެހެން ދޯންޏެއްގެ އެހީގައި އެ ލޯންޗް ކަފުޖަހައިގެން ގާފަރަށް ގެންދިއުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުންވެސް ވަނީ އެ މީހުންނަަށް އެހީވުމުގައި ހަރަކާތްތެރިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު