ރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވަން ޖެހިވަޑައިގެންނެވީ ޤާނޫނާ ޚިލާފު ކަންތައްތަކެއް ކުރިމަތިވުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އެކިގައުމުތަކުން އ.ދ. އަށް ކަނޑައަޅުއްވާފައި ތިއްބަވާ ޕަރމަނަންޓް ރެޕްރެސެންޓޭޓިވުން ހިމެނިވަޑައިގަންނަވާ ވަފްދާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ޔާމީން ވަނީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަޙާ ބެހޭ މަޢުލޫމާތު މި ވަފްދުގެ ބޭފުޅުންނާ ޙިއްޞާކުރައްވާފައެވެ.

އެގޮތުން ރާއްޖޭގައި ކުއްލިނުރައްކަލުގެ ޙާލަތު އިޢުލާން ކުރައްވަން ޖެހިވަޑައިގެންނެވީ މީގެ ކުރިން ދުވަހަކުވެސް ކުރިމަތި ނުވާފަދަ ޤާނޫނާ ޚިލާފު ކަންތައްތަކެއް ކުރިމަތިވުމުން ކަމަށާއި، ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކުރިނަމަވެސް ރާއްޖޭގައި އޮތީ ކާފިއުއެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

އަދި މި ކަމުގެ ސަބަބުން އާންމުންގެ ދިރިއުޅުމަށާއި، އާންމުކޮށް ދެވޭ ޚިދުމަތްތަކަށް އެއްވެސް ވަރަކަށް ބުރޫ އަރާފައި ނުވާނެ ކަމަށާއި އަދި، ހުރިހާ ދިވެހި ރައްޔިތުންނަށާއި ބޭރުގެ އިންވެސްޓަރުންނަށް ވެސް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ. މީގެއިތުރުން، ޑިމޮކްރަސީ އިތުރަށް ވަރުގަދަކޮށް ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން މި ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖެއަށް ދެމެހެއްޓެނިވި ތަރައްޤީ ގެނައުމުގައި، ބޭރު ދުނިޔެއިންވެސް ޤަބޫލުކުރާ، މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކާބެހޭ މަޢުލޫމާތު ވަފުދުގެ ބޭފުޅުންނާ ޙިއްޞާކުރައްވާފައެވެ.

އެގޮތުން ރާއްޖޭގެ ސިނާއީ އެކި ދާއިރާތަކުގައި ގެންގުޅެނީ ތިމާވެއްޓާ ރަށްޓެހި ދެމެހެއްޓެނިވި އުޞޫލުތަކެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސަރުކާރުގެ ތަރައްޤީގެ ސިޔާސަތު ބައްޓަންކުރައްވާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ އަސަރުތަށް ކުޑަކުރުމަށް އިސްކަންދީގެންކަމަށާއި، މީގެ ތެރޭގައި ދާ އަޅައިގެން މަސްވެރިކަން ނުކުރުމާއި، ރިސޯޓްތަކާއި އެކި މުޢައްސަސާތައް ހިމެނޭގޮތަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިޢާދަކުރަނިވި ހަކަތަ ބޭނުންކުރުން ފަދަ ކަންކަން ހިމެނޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މި ސަރުކާރުގެ ވެރިކަމުގެ މިވީ 4 އަހަރު ދުވަހުގެ ތެރޭގައި ބޮލަކަށްޖެހޭ އާމްދަނީގެ މިންވަރު ދެގުނައަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި ރާއްޖޭގެ އިޤްތިޞާދީ ކުރިމަގު އުޖާލަކަމުގައި ވިދާޅުވިއެވެ. މިގޮތުން ރާއްޖޭގެ ރައްޔިތުންގެ ހުވަފެންތައް ހަޤީގަތަކަށް ހެއްދެވުމަށް ކެނޑިނޭޅި މަސައްކަތްޕުޅު ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާ، ސާސްކަފުގެ 8 ލަނޑުދަނޑީގެ ތެރޭގައި ހިމެނޭ 5 ލަނޑުދަނޑިއެއް ރާއްޖެއިން ހާޞިލު ކުރައްވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

މިކަންކަމުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާވަނީ ރާއްޖެއަށް ކުރިމަތިވަމުން އަންނަ އާދަޔާ ޚިލާފު ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ އެކަންއެކަން އ.ދ. ގެ ވަފުދުގެ ބޭފުޅުންނާ ޙިއްޞާ ކުރައްވާފައެވެ. މީގެ ތެރޭގައި ރާއްޖެ ޤުދުރަތީގޮތުން އުފެދިފައިވަނީ ކަނޑުގެ ބޮޑު ސަރަޙައްދެއްގައި އަތުރާލެވިފައިވާ ކުދި ކުދި އެތަށް ޖަޒީރާ ރަށްތަކެއްގެ މައްޗަށްކަމަށާއި، ކޮންމެ ރަށެއްގެ އާބާދީއަކީ ނިސްބަތުން ބޮޑު އާބާދީއަކަށް ނުވި ނަމަވެސް ބޮޑެތި އާބާދީތަކެކޭ އެއްފަދައިން ކުދި އާބާދީތަކުގެ ރައްޔިތުންގެވެސް ބޭނުންތަކަކީ ހަމަ އެއް ބޭނުން ތަކެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނުވަނީ ދިވެހިރާއްޖެ އޮންނަ ސަރަޙައްދުގެ ގޮތުން ޓެރަރިޒަމުގެ މައްސަލަތަކާއި ރާއްޖޭގެ ބޯޑަރު ހުރަސްކުރުމަށް މަސައްކަތްކުރުން ފަދަ މައްސަލަތައް ކުރިމަތިވާކަން ފާހަގަ ކުރައްވާފައެވެ. އަދި މިފަދަ މައްސަލަތައް އެހެން ޤައުމުތަކަށްވެސް ކުރިމަތިވާނެ ކަމަށް ވިދާޅުވެ މިކަން ރާއްޖެއަށް ކުރިމަތިވަނީ އެހެން ޤައުމުތަކާ ސަރަޙައްދީ ގޮތުން ތަފާތުވުމުންކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މިބައްދަލުކޮށްލެއްވުމުގައި ވާހަކަފުޅުދައްކަވަމުން އެކި ޤައުމުތަކުގައި ތަފާތުތަކެއް ހުރެދާނެކަން ހުރިހާ ޤައުމުތަކަކުންވެސް ޤަބޫލުކުރަން ވާނެކަމުގައި ވިދާޅުވެ، މި ތަފާތުތައް ހުރިކަމުގައިވިއަސް ކަންތައްތައް ކުރަންވާނީ ހަމަހަމަކަމާއެކު ޢާއިލާއެއްގެ މެންބަރުންގެ މެދުގައި ކަންތައްތައް ކޮށްދޭ އުޞޫލުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތުގައި ރާއްޖެއިން ވަނީ އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސްގެ ޗެއާމަންކަން ކުރައްވައި، ޔޫ.އެންގެ ހިއުމަން ރައިޓްސް ކައުންސިލްގެ ގޮނޑިއެއް ވިދިވިދިގެން ދެ އަހަރު ކާމިޔަބުކުރައްވާފައެވެ. މިގޮތުން ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތަށް ރައްކާތެރިކުރުމަށާއި، އަދި ތިމާވެށީގެ މައްސަލަތަކުގެ އަޑު އުފުލާ، ތިމާވެށީގެ މައްސަލަތައް އެންމެ ކައިރިން ބަލަމުންދާ އެއް ޤައުމުކަން، މިކަންތައްތަކުންވެސް މުޅިދުނިޔެއަށް ސާބިތުވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

 1. އަލްޖިބްރާ

  ޤާނޫނާއި ޚިލާފް އެންމެބޮޑު ޖަރީމާ ހިންގީ ކަލޭ ! އެކަން ފޫބައްދަން ކިތަންމެ ވަރަކަށް އުޅުނަސް އެކަމެއް ނުވާނެ !

 2. ސަަަސަސަ

  ސާބަހޭ ދަރިޔާ. ތީ ގައުމީ ބަތަލުންނަކީ ވަރަށް އުފާވެއްޖެ. އިދިކޮޅު ފަރާތްތަކުން ރާއްޖެ ބަދުނާމުކުރަމުންދާ ކަންތައްތަކަށް ދެވުނު ވަރުގަދަ ރައްދަކަށްވާނެ. މިހާރު ތިބޭނެ މޭބޮޑުވެފަ

 3. ޝީއިޒްޝީ

  ތަފާތުތައް ހުއްޓަސް ކޮންމެ ގައުމަކަށް ވެސް ހަމަހަމަވާން ޖެހޭ ކަމަށް މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުން ވިދާޅުވުމުން މަމެން އެކަމާއި އުފާ ކުރަމޭ. އައި އޭމް ޖަސްޓް އިން ދަ މިޑިލް އޮފް ނައިޓް އޮން ދަ ބެޑް ލިސްން ޓު ޕޮޕް ސޮންގްސް އެން ޑްރީމިންގް ޓު ސީ ލިޓިލް ޓޯކިޔޯ ސައިލެންޓް ޑްރީމް. މަމެން ޕިންކީންގެ ވެރިކަމުގައި ފެބް އެކެއްގައި ދިމާވި ހެރިކޭން ކެޓްރީނާ އިން މަމެން އަރައިގަންނަން އެސްއޯއީ އިއުލާން ކުރިނަމަވެސް އެއީ ޔެލޯ އެލާރޓް ލެވެލް ގައި އޭ އެއްގޮތަކަށް ވެސް ރަށުތެރެ ފްލަޑް ވެގެން އޯވަރ ފްލޯ ނުވާ ގޮތް ހެދީމޭ ބްލޫ ޕަންޕްސް އެން ގްރީން ޕަންޕްސް މެދުވެރިކޮށް ބިކޮޒް މަމެން މީ ދަ ހާކިމާ ދަ ހާކިމާ އިޒް އޯލްވޭޒް ސްޓޭންޑިންގް ދެއަރ ވޮޗިންގް އެވްރީ މޫވް އޮފް ދަ ހެރިކޭން ކެޓްރީނާ. ހެރިކޭން ކެޓްރީނާ މެން ޖަރުމަނޭ އާއި އީޔޫ އާއި ޔޫކޭ ފޮނުވައިގެން ކެޓްރީނާގެ އާރފްޓަރ މާރތް އަށް ބެލުމުން އެމެންނަށް އެގުނޭ އެއްގޮތެއް ވެސް މަމެންނަށް ނުވޭ ކަން. ދީސް އާރ ދަ ޑޭޒް ވީހޭވް ގޯން ތްރޫ..

 4. އައިބިލީވް

  އދ. މިހާތަނަށް ބުނާ ގޮތެއް ހަދައިފި ގައުމެއްތޭ އެގައުމެއް ވަނީ ރޮޓެން ކަންޓްރީ އަކަށް ބަދަލުވެފައޭ ބަލާ ސެންޓްރަލް އެފްރިކަން ރިޕަބްލިކް އެފަކީރުން މިނިވަން ވުމަށް ފަހު އެފަކީރުންނަށް އެެތްނިކް ވަޔަނެލްސް އަދި ޓްރައިބަލް ލީޑަރުންގެ ހަނގުރާމަ އާއި ހެދި ގައުމަށް އެދަނީ ނޭވާ ނެލެވެމުންނޭ އދ. އެދެމެދަށް ވަނުމުން ކަންކަން ގޯހުން ގޯހަށް ދިއުމުން އދ. އިން މިހާރު އެގައުމާއި އަޅައެއް ނުލައޭ މީއޭ އދ. އާންމު ކޮށް ކަންކަން ކުރާ ގޮތަކީ. ކަން މިހެން ހުރުމުން މިފަދަ ކަންކަން ދަންނަން ޖެހޭނެއޭ ސަރުކާރުން ވެސް ރައްޔިތުން ވޯޓް ދީގެން ހޮވާފައިވާ އދ. އެއް ނޯންނާނެއޭ މިގައުމަކު. ރައްޔިތުން ވޯޓް ދީގެން ހޮވާފައިވަނީ ރައީސުލް ޖުމްހޫރިއްޔާ އޭ އަދި ރައްޔިތުން ވޯޓްދީގެން ރައީސް ކަން ދީފައި ނޯންނާނެއޭ ކެނެރީގެ ނަޝީދު ކިޔާ މީހަކަށް އޭނާ ބުނާ ގޮތެއް ނުޖެހޭނެއޭ އދ. އިން ހަދަން އަދި އޭނާ ބުނާ ވާހަކަ ތަކަކީ އެއީ ދިވެހި ރައްޔިތުން ބުނާ ވާހަކަ ތަކެއް ނޫނޭ އައި ބިލީވް އިން ދިސް އައި ބިލީވް މައި ބިލީވް އިޒް ޕާރފެކްޓް....

 5. ައަސަދު

  ކަލެއަކީ ރައްޔިތުން ނިކުމެ ކާޅަށްދޭނެ މީހެއް.ތިޔަށްވުރެ ބޮޑަށް ޤައުމު އިދަ ޖައްސާލި މީހެއް ނޫޅޭނެ.25 ބުރިޔަށް ގެ އަޅައިގެން ބްްރިޖް ބަލާކަށް ނުހުރެވޭނެ.ޖެހޭނީ ކުޑަ ގޮޅީގައި އަދުރޭއާއި ނިހާން ގޮވައިގެން އިންނަން.މިއަނިޔާވެރިޔާއަށް ވާގި ނެތޭ ބަލި ޖައްސަވާދޭވެ.އާމީން.

  • ތިޔޭ އެއްކަލަ

   ހަހަހަ. ކައޭ ބައްޕަތަ ޔާމިން ގޮޅިއަށް ލަނީ؟ ހަމަ 25 ވަނަ ބުރީގަ ހުންނާނީ ބުރިޖު މަތިން ކަލޭގެ ދަރިން ގޮވައިން ކަލޭ ބުރު ޖަހާތަން ބަލަން. މިގޮތަށް މީސް މީހުންނައް ކަންކަން ވާން ދުއާ ކުރާ މީހުން ނިމިގެން ދަނީ އަމިއްލަ އަތަށް ގޮވައިން. ކަލޭގެ ނަޝީދު ކައިރީގަ ބުނޭ ނަރަކައަށް ގޮސް އަބުރާ އަންނާށޭ ވެރިކަން ހޯދަން. ވެރިކަން ކުރަން ނޭގޭ މީހެއް އެރުވީމަ އިސްތިއުފާ ދީފަ ފިލީ ބިރުން. މިވަރު މީހެއް ހުއްޓާ ކަލޭ އަދިވެސް މީހުން ވާގި ނެތެން ބަދު ދުއާ ތިކުރަނީ މާ މޮޅު ކަމެއް ކަމަށް ހީކޮށް.

 6. ހައިހޫނު

  ތިޔައީ ގަދަވެރިޔެއް އަހަރުމެން ބޭނުންވާ ވެރިޔަކީ ރައީސް ޔާމީން .

 7. މުހައްމަދު

  އަލްޖިބްރާ އަށް ބުނެލަން އޮތީ ކަސްރުވެގެން އިނދެ ޖަބުރެއް ނުވާނެއޭ! ސީދާމަގަށް ރުޖޫޢަވާށެވެ!ސަލާމަތާއި ރައްކާތެރޮކަން އެއިރުން ބޮޑުވާނެ!

 8. ޖަމަލޭ

  ބިރުގަތީ ގަޓޭ ކިޔާގެން ލައްކަ ދުވަހު އުޅެވިއްޖެއެއްނު

 9. ޖަމަލޭ

  ދުނިޔެމަތީ އުޅެލަން ފަސޭހަޔަށް ވިޔަފާރި ކުރަން ފަސޭހަޔަށް ގާނޫނީ ހުކުމްތަކުން ސަލާމަތް ވުމަށް އެންމެން ޔާނަށް ފޭކު ސަނާކިޔާތަން މިފެންނަނީ

 10. ނަސީދު

  ތިއީ މިޤައުމަށް އައިރައީސުންގެ ތެރެއިން ރާއްޖޭގެ ރައްތައް އެންމެބޮޑަށް ތަރްށްޤީ ކުރި ރައީސް އަދި ތަފާތުކުރުމެއް ނެތި ބޮޑުންވެސް ކުއްކޮށްފިނަމަ ކުއްކޮށްފިކަން ރައްޔިތުން ނަށް އަންގަވައި ދެއްވި ހަމް އެކަނި ރައިސް(އިރާދަކުރެއްވިއްޔާ 2018 ވެސް ފަސޭކަމާ އެކު ކާމިޔާބު ވާނެ މަގޭ ވޯޓް އިރާދަކުރެއްވިއްޔާ ރައިސް ޔާމީނަށް)

 11. ސޫފި

  ގާނޫނާ ހިލާފުވީ ކަލޭ

 12. އިބޫ

  ރައީސްގެ ނިންމުން ވަރަށް ޖާއިޒް..