މާލޭ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ މިއަދު ހެނދުނު ފެނުނީ ފުރަތަމަ ޑިވިޝަންގެ ބައެއް ކްލަބްތަކަށް ފުޓްބޯޅަ ކުޅުނު އިބްރާހިމް ރިޒުވާން (ބަގޭ) ކަމަށް މައުލޫމާތު އެނގޭ ފަރާތްތަކުން ބުނެފިއެވެ.

ބަގޭ ނިޔާވެފައި އޮއްވާ ފެނުނީ މައްޗަންގޮޅި ކުދިރަތްމާ ގޯޅި ތެރޭގައި ހުރި ގެއަކުންނެވެ.

ބަގޭ ވަނީ އޭވައިއެލް އާއި ވިކްޓްރީން ވެސް ފާހަގަ ކުރެވުނު ކުޅުންތެރިއެކެވެ. އޭނާ ވަނީ ވެލެންސިއާއަށާއި ޓީސީ ސްޕޯޓްސް ކްލަބަށް ވެސް މީގެ ކުރިން ކުޅެފައެވެ. ނަމަވެސް މިއަހަރު ފުރަތަމަ ޑިވިޝަންގެ ޓީމަކުން އޭނާ ނުފެނެއެވެ.

ފުލުހުން ވިދާޅުވީ މާލޭގައި ނިޔާވި މީހަކު މިއަދު ހެނދުނު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި އޭނާގެ މަރު ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މަރުވެފައިވާ މީހެއްގެ ހަށިގަނޑު މިއަދު ހެނދުނު 6:25 އެހާކަންހާއިރު އެމްބިއުލާންސަކަށް އަރުވައިގެން ގެންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އޭނާ އަކީ، 33 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

އޭނާގެ މަރާއި ބެހޭ ގޮތުން މިހާރު ބަލަން ޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވައެވެ.

ރޭ ފަތިހު ގދ.ގައްދޫގައި ވެސް މީހަކު ނިޔާވެފައި އޮއްވާ ވަނީ ފެނިފައެވެ. އެމަރުގައި ވެސް ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

 1. ހޭބަލިނުވޭ

  މާލޭ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ މިއަދު ހެނދުނު ފެނުނީ ފުޓުބޯލާ ކުޅުންތެރިޔާ އް.

 2. ބޭރި

  ބޮއިގެންނަމަ ރަނގަޅު

  5
  17
 3. ދިޔޯ

  މަރު ކޮމިޝަން ކޮބާ

  19
  1
 4. މަރު

  ހައްޖުވެރިޔަކު ނިޔާވީމަ އެކަމަކު ނޫސްތަކުގަ ލިޔެފަހުރި މަރުވިއްޔޭ. މީނާ ކޮން ހައިސިއްޔަތަކުން ނިޔާވެގެން މިއުޅެނީ.

  40
  2
 5. މަރު ކޮމެޓީ

  އިބޫ ވެރިކަމަށް އައިސް ފުރތަމަވެސް އުފެއްދީ މަރުތައް ބަލާ ކޮމިޓީއެއް، އަދި އެވެސް ވަކި މީހެއްގެ ވެރިކަމަށް ޓާރގެޓްކޮށް، ނަމަވެސް މިހާރު ފެނިގެން މިދަނީ މި އަރުކާރު ވެރިކަމާ ހަވާލުވި ފަހުން ގޮތްނޭގޭ މަރުތައް ގިނަވެގެން ދާތަން، ވެރިކަމަށް އަދި 1 އަހަރު ނުވޭ، މިހާރު ވެސް ފާއިތުވި 5 އަހަރު ގޮތްނޭގި މަރުވެފައިވާ މީހުންނަށް ވުރެ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން މި ގޮތަށް މަރުވެފައި ނޫނީ މަރާލެވިފައިވާ މީހުންގެ އަދަދު ނިސްބަތުން ގިނަ، މީއީ ވިސްނާ ބަޔަކަށް ހުރި އިބުރަތެއް، ތިމާ ފޭއްސި އިލޮށި އައިސް ތިމާގެ ލޮލަށް ހެރޭތަން މި ފެންނަނީ. ރައްޔިތުން ހާއްސަކޮށް އެމް.ޑީ.ޕީ ފިކުރުގެ މީހުން ކޮނޑުހުޅުން ލުހެންދެން ބާރަށް އަތްޖަހާ..

  44
  6
 6. ހުސޭނުބޭ

  ފުލުހުން މަޑުންތިބެފަ ކަމިސަނާ ހަވާލުކުރޭ ތިޔަކަހަލަ މަރުތައް މިގިންވަނީ ކަމިސަނުން ބަލަން

  37
  2
  • ނިއުމަަަަަ

   ޔަމިނވެރިކަމުގަ ކަތިލަަަކޮސި

   3
   15
  • ތޮއްޑޫ މީހެއް

   ތިޔަބުނަ ކަހަލަ މަރެނޮޮޮމި

   5
   11
 7. ކޭން

  ވަގުތު ނޫހުގަ އޮތީ ނިޔާވިއްޔޭ ހައްޖުވެރިޔާވެސް ތިއުޅެނީ އެހެން ނޫހެއް ކިޔައިގެން

  20
  1
 8. ޢަފްލާ

  ޢިބޫ ކޮބާ ގޮތް ނޭނގޭ ކިތައް މަރު ކިނބޫ

  4
  2
 9. ގުލްޒާރު

  އެއްޗެއް ކިއިއްޖެެެ ޔާއި ވަރިހަމަ ވިއްޔަ

 10. ނުރަބޯ

  ލޮލް އަހަރުންނަކަށް ނުވެސް ފެނޭ މިކަލޭގެ ކުރިއަކުން

  2
  1