އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކަށް އެކުއްޖާގެ ދޮންބައްޕަ ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

އާއްމު ފަރާތަކުން ބުނީ އެމައްސލަަ ފުލުހުންނަށް ހުށަހެޅީ މިދިޔަ މަހުގެ 29 ވަނަ ދުވަހު ކަމަށާއި ނަމަވެސް ފަހުން އެމައްސަލަ ފައިލް ކޮށްފައިވާ ކަމަށް ބުނެ 119 އިން މެސެޖެއް ލިބުނު ކަމަށެވެ.

އެމެސެޖް ލިބުމުން ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް ގޮސް ސުވާލު ކުރުމުން އެއީ އޮޅިގެން ކުރެވުނު މެސެޖެއް ކަމަށާއި ބުދަ ދުވަހު މައްސަލަ އައިއޯ އަކާއި ހަވާލުކޮށް ތަޙްޤީޤު ފަށާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވާ ކަމަށެވެ.

އެކުއްޖާއަށް ދޮންބައްޕަގެ ފަރާތުން ޖިންސީ ގޯނާ ލިބެމުން އަންނަތާ ތިން އަހަރު ވެފައިވާ ކަމަށާއި، އެކުއްޖާ ވެސް މިހާރު ފުލުހުންނަށް ބަޔާން ދީފައިވާ ކަމަށް ކަމަށް މީސް މީޑިއާގައި މައުލޫމާތު ހިއްސާކުރި ފަރާތުން ބުންޏެވެ.

ނަމަވެސް މިމައްސަލައިގައި އަދި ތުހުމަތު ކުރެވޭ ފަރާތް ހައްޔަރު ކުރި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ފަހަކަށް އައިސް ކުޑަ ކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް އެފަދަ މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުން ލަސްވާތީ އަނިޔާ ލިބެމުންދާ މީހުންގެ އާއިލާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. މީރާ

  މިހާރު މި އިންޑިއާ އަރާ ހަމަކުރަނީ . އަދި މަޑުކުރޭ

  14
 2. އަޙައްމަދުބެއްޔާ

  ދޮންދަރިއާއިބެހެނީ ކީއްވެބާވައެވެ މަންމަގެ ބޭނުމެއް ނުކުރެވެނީބާވައެވެ ތިޔަކަހަލަ ދޮންބައްޕައިން ގެ ނަންހާމަކުރާނަމަ ތިޔަކަހަލަ ކަންތައްތައް މަދުވުން އެކަށީގެންވެއެވެ

  38
  1
 3. އެވަރުކަމެއް ނޫން!

  ޕާޓީއަށް ސޮއިކޮއްލީމާ، ބަޔާނެއް ނަގާފަ މާދަމާ ދޫކޮއްލާނެ.

  26
  2
 4. ކަހަނބު ވިތްޓޯ ޓޯ

  އެއީ މިއަދަކު އިއްޔެއަކު ހި ގާ ކަމެއްނޫން. ކުރިވެންސް ހިނގާ ކަމެއް. އަާއިލާ އިން ފަސްއަޅާ ފޮރުަވަނިީ . ޝައިތާނުން ގެ އެއަމަލުތަކުން ކުޑަކުދިން ސަލާމަތް ކުރަން ޖެހޭނެ. އެވާހަކަތައް ދައްކަން ކުޑަކުދިންނަށް މަގުތަނަވަސް ކޮށްދީ. ގައުމުގެ ޒިންމާއެއް. އިސްލަާމީ ތައުލީމު ދެއްވާ.

  36
 5. މަރީ

  ޕޮލިހުންނަށް އެންގިޔަސް ވާކަމެއް ނެތް. އަޅުގަނޑުވެސް މައްސަލައެއް ހުށައަޅައިގެން އުޅޭތާ ވަރަށް ދުވަސްވެއްޖެ ބަޔާންވެސް ނަގައިފި މިހާރު އެތައްމަހެއްވެގޮއްސި ހަބަރެއްދަބަރެއްނުވޭ. އެމީހާ ހަމަ މަގުމަތީގަ އުދުހެނީ ގަޔައްސެންޓު ބުރުވައިގެން

  14
  • ޢަބްދުއްލަޠީފު

   ޖެހިޖެހީނުން ހިންދާލަބަލަ. އޭރަށް ހުންނާނެ ފިސާރި ރަގަޅަށް ސެންޓު ވަސް ދުވާފަ.

 6. ާއަލީ

  ޙިތާނުކުރަންވީ

 7. ޢިިސް

  ނުވާނެ ވަރަށް ސަރުކާރު

 8. ާއާނު

  3 އަހަރު ތިކަމެއް ކުރި އިރު ތި ކުއްޖާގެ މަންމަ ކޮބައިތަ މަންމަ ހުރީ ހަމަ ހޭގަތަ