ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގެ ހުވާ ކުރައްވައި އިއްވި ރިޔާސީ ބަޔާނުގައި އުފަންވާ ކޮންމެ ކުއްޖަކަށް އެމަނިކުފާނުގެ ސަރުކާރުގައި ދޭން ބުނި "ތަންމަތި ފޮށި" ދިނުން ފެށޭ އަހަރު ދޭ ގޮތަށް ފަސްކޮށްފި އެވެ.

ގައުމުގެ އިޖްތިމާއީ ރައްކާތެރިކަން ގާއިމްކުރުމުގެ ގޮތުން ފުއްދާނެ ކަނަށްވި މި ވައުދަކީ މި ސަރުކާރުގެ 90 ދުވަސްތެރޭގައި ފުއްދުމަށް ސަރުކާރުން ވެފައިވާ ވައުދެކެވެ. ނަމަވެސް އަދި މިހާތަނަށް އައި އިރު ވެސް އެވައުދު ފުއްދާފައެއް ނުވެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ފެށޭ އަހަރަށް މި ވައުދު ފަސްކޮށްފައިވާ ކަމަށާއި އުފަންވާ ކޮންމެ ކުއްޖަކަށް ބޭބީ ބޮކްސް ދިނުމަށް ފެށޭ އަހަރުގެ ބަޖެޓުގައި ޖަހަން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގެ ކޮންމެ އާއިލާއަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދޭ "ބޭބީ ބޮކްސް"ގައި ހިމެނޭނީ އުފަންވާ އިރުން ފެށިގެން ބޭނުން ވާނެ މުހިއްމު ސާމާނެވެ. އޭގެ ތެރޭގައި ތަންމަތި ފޮއްޓަކާ އެކު، ބޭނުންވާ އެންމެ އަސާސީ ތަކެއްޗާއި ގާތުން ދިނުމާ ބެހޭ މުހިއްމު ސިއްހީ މައުލޫމާތްތަކުގެ ލުއި ފޮތެއް ހިމެނޭނެ އެވެ.

އުފަންވާ ކުދިންނަށް ހަދިޔާއެއް ދިނުމުގެ އިތުރުން، ވިހެއުމާ އެކު ދަރިފުޅާ އެކު މަންމަ އާއި ބައްޕަ ވަގުތު ހޭދަކުރަން ފުރުސަތު ލިބޭނެ އިންތިޒާމެއް ހަަމަޖައްސައިދިނުމަކީ ވެސް މި ސަރުކާރުގެ ވައުދެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ތެދު

  މިސަރުކާރު އައިފަހުން އެއްވެސް ކަ މެއް ރަގަޅަށް އެބަކުރެ ވޭތަ؟؟

  13
  • ހުސެއިނާ

   އެހެންނާފަހެ. ބަދަލު އެބަދޭނުން ހޭވައްޓާލާފަ. މިހާރު ބަޖެޓް ހުސްވެސްވެއްޖެ. ކަލޯ އަކަށް ނޭގޭތަ؟

   13
 2. ދަރިން

  އުފަންވާ ކުދިންނަކަށް ސަރުކާރުން ހަދިޔާ ދޭކަށް ނުޖެހޭނެ. ދަރިން ހޯދުމުގެ ކުރިން ދެމަފިރިންނަށް އެނގެން ޖެހޭނެ ދަރިން ހޯދުމަކީ ހަރަދު ބޮޑު ކަމެއްކަން. ދަރިން ނުބެލޭ ވަރަށް ފަގީރު ވެއްޖެއްޔާ ދަރިން ނުހޯދާ. މާއައުލާވާނެ ކުޑަކުދިންގެ ހިޔާއިން ކުއްޖަކު ބެލިއްޔާވެސް. ސަރުކާރުން މިއަށް ވުރެ ރަނގަޅުވާނެ ކިޔަވާ ކުދިންނަށް އިތުރު ފުރުސަތުތަކެއް ދިނިއްޔާވެސް. ނޫނީ ކިޔަވަން އުޅޭ ކުދިންނަށް އިނާމު ދިނިއްޔާވެސް. ބިކަވެ މަގުމަތިވާ ކުދިންތައް ގިނަކުރަންތަ އެޖެންޑާ 19 ސަރުކާރުން ބޭނުންވަނީ؟؟

  4
  4
 3. ލަބީބު

  އިދިކޮޅަށް ސާބަސް! ސަރުކާރު ބޮލަށް މޮހޮރު ޖަހައިގެންވެސް ވަޢުދުތައް ފުއްދުވާތި! ނާސްތާވެސް މަދު ސުކޫލުތަކަކަށް ނަމެއްގައި ދީގެން ފުއްދަލައިގެންތިއްބާ އިދިކޮޅުމީހުން ސަރުކަރުގެބޮލަށް މޮހޮރުޖަހަންފެށީމާ ކޮންމެވެސް ސިފައެއްގައި މިހާރު ދޭން ފަށައިފި! އެކަމަކު ކޮންޓްރެކްޓަރ ހުސްވާއިރުވެސް ފައިސާފޮއްޗެއް އަދި ނުލިބޭ!

  11
  1
 4. ދަރި

  ރައީސުލްޖުމްހޫރިއްޔާ މުސާރަ ނެންގެވުންވެސް އައްނައަހަރަށް ފަސްކޮށްލަންވީނޫންތޯ ދެރަކަމެއްދޯ ސިޔާސީ މަގާމްތަށް ހަބޭސް...

  20
 5. ާއަހުމަދު

  ފަސްކުރީ ބަޖެޓު ހުސްވެގެން