ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ނައިބު ރައީސް ކަމަށް ވަޑައިގެންނެވުމުގެ ދުވަސްކޮޅެއް ކުރިން، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް 37 މިލިއަން ރުފިޔާ ދިން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަން ފަށައިފިއެވެ.

އޭސީސީން މި މައްސަލަ ބަލަން ފަށާފައި މި ވަނީ އެ ކޮމިޝަނުގެ އަމިއްލަ އިސްނެގުމަކަށެވެ. އެ މައްސަލަ ބަލާ ތަހުގީގު ކުރުމަށް ކޮމެޓީ އަކާއި ވަނީ ހަވާލުކޮށްފައެވެ.

އަދީބު، ރައީސް ޞާލިހާއި އެ ފައިސާ ހަވާލުކުރިކަން އިނގޭ މީހަކު"ވަގުތު"އަށް މައުލޫމާތުދިން މީހަކު ބުނެފައި ވަނީ، އަދީބު، ރައީސް ޞާލިހާއި ފައިސާ ހަވާލުކުރީ ރެހެންދި ފްލެޓްގައި ކަމަށެވެ.

"އެފައިސާ އަކީ ރައީސް ކަމަށް އާދެވޭ އުމުރު ބަދަލު ކުރަން ޤާނޫނު އަސާސީ އިސްލާހު ކުރުމަށާއި، އަދީބަށް ނައިބު ރައީސް ކަމަށް އާދެވޭ ގޮތް ހެދުމަށް އަދީބު ދިން ފައިސާ." މައުލޫމާތު އެނގޭ ފަރާތުން ބުންޏެވެ.

މައުލޫމާތު ދިން ފަރާތުން ބުނީ އަދީބު ރައީސް ޞާލިހާއި ފައިސާ ހަވާލުކުރިއިރު އޭރުގެ ބަންޑާރަނައިބު މުހައްމަދު އަނިލް އާއި އޭރުގެ ފިޝަރީޒް މިނިސްޓަރ ޑރ.މުހައްމަދު ޝައިނީ ވެސް އަދީބުގެ އަރިހުގައި ތިއްބެވި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ގުނބޯ

    ސީދާ ގޮޅިއަށް. ޔާމީނު ލާން ހެދި ގޮޅިއަށް.

    74
    3
  2. ވަގު

    ވަގުންނަށް ހީވާނީ ދެންވެސްތިބޭނީ ހުސްވަގުންނޭ.

    54
    3
  3. Anonymous

    ތީ ފޫނެތް ފަޔައް ފެންފުރުން ކަހަ ލަ ކަމެއް.

    16
    5
  4. Anonymous

    ތީ އިބޫ މީހުން ލޮލ ލުގަ އަނދުން އަޅުވަން ކުރުވާކަމެއް.

    24
  5. ޗާލު

    ތީނާ ވެރިކަމުން ފޭބީމަ ދައުވާކުރާނީ. ނުފޫޒު އޮންނާނެ ހެސްކިޔާފަ. މިހާރު ހުދު ކާފޫރުވާނެ. އަންނި ތިކަމުގެ އަޑީގައި ހުންނާނީ. ތިއޮތީ ފުރުޞަތެއްލިބިފަ ވެރިކަމުން އަޒުލުކުރަން.

    30
  6. ޙަސަން

    ބޮޑުވަގު. އެމްއެމްޕީއާރުސީ ގެ ލާރިގަނޑުން 37 މިލިޔަން ރުފިޔާ ކައިގެންހުރި ބޮޑުވަގު!

    31
    1
  7. ކެކެކެ

    ރީލޯޑޭ ސަސްޕެންޑްކޮށް ތަހުގީގު ކުރި ގޮތަށްތަ؟ ޑްރާމާތައް ފްލޮޕްވަމުން ދާއިރު އިތުރު އާ ގޮތެއް ހޯދާކަށް ނުވޭތަ؟

    18
  8. އަލް ނޫރު

    ކެޔޮކޭ ވަރު.........އެނގޭނީ ...ބިތު ފަންގި ވެސް ނެގީމަތާދޯ...

    19
  9. ޟޯލޭ

    ސްޓަންޓެއް! ޞުއްޅަބޭގެ ވެރިކަމުގެ 3 އަހަރުގަވެސް ބަޑަ އިބްރާ ފުލުހުންގެ އިދާރާޔަށް ހާޒިރުކުރީމަ ބޭރުގަ ހުރެގެން ނޫސްވެރިންކާރީގަ މިބުނަނީ “ޑިމޮކްރަސީއަކީ މިއޭ” ވެރިކަމުގަ ތިއްބަސް ފުލުހުންނަށް ސުވާލުކުރެވޭނެއޭ!

    16
    1
  10. ގުއި ޗޮންހެއި

    ސާބިތެއް ނުވާނެ

    11
    1
  11. ފާއިގް

    ނާ ހަމަ ތެދެއް؟ ސޯލިހުތަ؟ ތިހާކަންހާ ވަރަށް ސޯލިހުވާނީ