މާލޭގެ ކޮމިއުނިޓީ ސެންޓަރު ތެރޭގައި ހުރި ކުޑަކުދިންގެ ޕާކު ވަގުތީ ގޮތުން ނަގައިފިއެވެ.

ޔޫތް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ސެޕްޓެމްބަރު މަހުގެ 6 އިން 8 އަށް ތާއްޖޭގައި ބާއްވާ ބައިނަލްއަގްވާމީ މުބާރާތެއް މާލޭ ކޮމިއުނިޓީ ސެންޓަރުގެ ގޯތި ތެރޭގައި ބޭއްވުމަށް ނިންމާފައިވާތީ އެ ސަރަހައްދުގައި ހުރި ކުޑަކުދިންގެ ޕާކު ވަގުތީ ގޮތުން ނަގާފައިވާކަމަށެވެ.

އަދި މި ޕާކު އެހެން ސަރަހަައްދެއްގައި ބެހެއްޓުމަށް މާލެ ސިޓީ ކައުންސިލާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އަދި މި ޕާކު ވަގުތީ ގޮތުން ނަގަން ނިންމާފައިވަނީ، ކޮމިއުނިޓީ ސެންޓަރުގެ ގޯތި ތެރެއަކީ މި މުބާރާތް އެންމެ އެކަށީގެންވާ ސަރަހައްދުކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

"އެހެންް ސަރަހައްދެއްގައި މުބާރާތް ބާއްވާނަމަ އެތައް މިލިއަން ރުފިޔާއެއް ހަރަދުކުރަން ޖެހޭނެތީއެވެ". އެ ނޫސް ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، ޔޫތް މިނިސްޓްރީން މި އަހަރު ހަ ރަށެއްގައި ޕާކް ގާއިމްކޮށްފައިވާކަމަށެވެ. އަދި އިތުރު 12 ރަށެއްގައި ޕާކް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އިތުުރު ރަށްތަކުގައި ޕާކް ގާއިމް ކުުރުމަށް އިއުލާނު ކުރާނެ ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގެރި މޯދިީގެ ދަޅު

    އަރޫޝަާއިން އަދިވެސް ނާދޭތަ . .ޑޯލީ ކޮބަާ

  2. އަލް ނޫރު

    މަހޭ ބަލާ ބޮޑު...

    11
    1
  3. އޮނު

    ކީއްކުރާނީ މިހާތަނަށް ރާއްޖޭގެ ތާރީޚުގައި ފާސްކުރި އެންމެބޮޑު ބަޖެޓް 32 ބިލިއަން ގެ ބަޖެޓް އަހަރު ދެބައިނުވަނީސް ހުސްވެއްޖެ ކުރެވުނު ކަމެއްނެތް. ކުރީސަރުކާރުން ކަންކަންނުކުރެޔޭ ޔާމީނަކީ ވަގެކޭގޮވުންފިޔަވައި އިތުރު ކަމެއްނެތްކުރެވިފައި. ލާރިނެތީމަ ދެން ޔާމީން ރީތިކޮށްހަދާފަހުރި ޕާކްތަކުގައި މުބާރާތްބާއްވާފަ އޮފީސްތައްވެސް ހިންގާނީ. ކީއްކުރާނީ ގަޅި ރައްޔިތުން މި ރީނދޫ ބައިގަނޑު ކަރުބުޑުންފެލޭއިރަށް އަތްޖަހާނެ.
    އަޑުގަދަ މީހާގެ ރުއްގިނަވާނެއޭބުނަނީ ތެދެއް. އެމީހުންގެ އަޑު އިވޭނީވެސް. މަޑުންހުރެ ކަންތައްކޮށްދޭ މީހާއަށްވުރެ ކަމެއްކޮށްނުދީ ރައްޔިތުން ގުނބޯހައްދަމުން ފޭރެމުން އަޑުގަދަކުރާމީހާގެ އަޑަށް ރައްޔިތުން މިއަދު އަތްޖަހަނީ.

    21
    1
  4. ދޮންބެ

    "އަދި މި ޕާކު އެހެން ސަރަހަައްދެއްގައި ބެހެއްޓުމަށް މާލެ ސިޓީ ކައުންސިލާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ." ޕާކުނަގަން ވީމަ ނެގިއްޖެދޯ! އެކަމަކު އެހެންތަނަކަށް ބަދަލު ކުރަންވީމަ މަޝްވަރާކުރަނީ. ކީއްތަވާނީ ޕާކު ބަދަލުކުރާ ތަނަކާ އެއްޗެހި ހަމަޖައްސާފައި ޕާކު ނެގިއްޔާ. ދެން ދުވަސްކޮޅަކުން ފެންނާނީ ޕާކުގައި ބޭނުންކުރި ސާމާނުގައި ފޫޖަހާ ފުޅައަޅާފައި އޮއްވާ.