1960 އާއި 1980 ވަނަ އަހަރާއި ދޭތެރޭ ގައި މިދުނިޔެއަށް އުފަންވެފައިވާ ތިބި މި ޖީލު ނެތި ދިޔަ ދުވަހަކުން ނޫނީ ގައުމު ހަމައަކަށް ނޭޅޭނެ ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.

އަންހެން ދެ ފަޑިޔާރަކު ސްޕްރީމް ކޯޓަަށް އައްޔަން ކުރަން އުޅޭތީ އިލްމުވެރިން އެކަމާއި ދެކޮޅު ހަދަމުން ދަނިކޮށް މުސްތަފާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދުލުވެރިކަމެއް ވެސް މި ޖީލުގައި ނުއުފެދޭނެ ކަމަށެވެ.

" އަދުލުވެރިކަމެއް ވެސް ނުއުފެދޭނެ , މިއީ ހަމަ މަރުވެ ހުސްވާން ޖެހޭ ނުބައި ޖީލެއް , އެކަމަކު މިހާރު އިންދިއްފައި މި އިނީ ރަގަޅު އޮށްތަކެއް. އަންނަނީ ރަގަޅު މޭވާ " މުސްތަފާ ވިދާޅުވިއެވެ.

މިހާރު އިންދިފައި މި އިނީ ރަގަޅު އޮތް ތަކެއް އަންނަނީ ރަގަޅު މޭވާ ކަމަށް މުސްތަފާ އެ ވިދާޅުވަނީ މި ސަރުކާރުން ޖުޑިޝަރީ އިސްލާހު ކުރުމުގެ ނަމުގައި ކުރަމުން ގެންދާ ކަންތަތަކަށް ކަމަށް ބެލެވިދާނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރަން ޤާނޫނަށް އިސްލާހު ގެނައުމާއި އެކު އެމަގާމަށް ދެއަންހެން ބޭފުޅަކު އައްޔަން ކުރައްވަން ރައީސް ޞާލިހް ނިންމަވާ އެބޭފުޅުންގެ ނަންތައް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވުމުން އަންހެނުން ފަނޑިޔާރުކަން ކުރުމާއި ބެހޭ ގޮތުން އިސްލާމްދީނުގައި އޮތް ތިން ރައުޔު ދިރާސާ ކުރުމަށް ފަހު ރާއްޖޭގެ ފަތުވާ މަޖިލީހުން ވިދާޅުވީ އެމަޖިލީހަށް ގަބޫލު ކުރެވޭ ރައުޔަކީ ޖުމްހޫރު އިލްމުވެރިންގެ ރައުޔު ކަމަށެވެ.

އެއީ އެއްވެސް ކަހަލަ ގަޟިއްޔާއެއްގައި، އެއީ މުދަލާއި ގުޅޭ ކަމަކަށްވިޔަސް ނުވަތަ ޤިޞާޞާއި، ޙައްދުތަކާއި ގުޅުންހުރި ކަމެއްކަމުގައި ވިޔަސް އަދި އެނޫން މައްސަލައެއް ކަމުގައި ވިޔަސް އެމައްސަލަތައް ބަލައި ޙުކުމް ކުރުމަށް އަންހެނަކާއި ހަވާލު ކުރުމީ ހުއްދަނޫން ޙަރާމް ކަމެއް ކަމަށް ބަޔާން ކޮށްފައި އޮންނަ ރައުޔެކެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

 1. Anonymous

  1950 ގައިވެސް އެބައުޅޭ ދީންވެރިކަން ދައްކާ ދީނާ ޚިލާފު ފިސާރި ޖާހިލުން.

  21
  2
  • ކެކެކެކެކެ

   ރަނގަޅު ވާހަކައެއް ނޫންތަ އޭނަ އެބުނީ؟ އޭނައަށްވެސް އެބައެނގޭތާ އޭނައާ އޭނަގެ ބައިގަނޑު ނެތިދިއުން މި ގައުމަށް ނުހަނު ބޭނުންތެރިކަން. ރަނގަޅު ވާހަކައެއް ބުންޏަސް ސަލާމަތެއް ނެތެއްނު.

   1
   1
 2. އާހް

  މުސްތޮ އެކަމަކު މިޖީލުގަ ހާދަ ޕާޓޭން ގިނައޭ...މިބައިމީހުންގެ އުނދަގުލާހެދި ބޮލަށްތުރާ..އަދި މިލިސްޓުގަ މިއުޅޭ ސިޔާސީ ހުންޖެހިފަތިބި މީހުންވެސް ހިމަނަންޖެހޭ..ތިފިކުރެއް ގެނެސްގެން މުޅިގައުމު ހަލާކުވެ ނިމެނީ..

  40
  1
  • ހަހަ

   އެއީ އޭ އޭނަ ރަނގަޅު މޭވާއޭ މިކިޔާ ބަޔަކީ. މުސްތަފާއާއި އޭނަގެ ޕާޓީ ބޭނުންވަނީ ރަނގަޅު ހެޔޮލަފާ މީހުން ނެތިވެގެން ދިޔުމަށް. އޭރުންނެއް ނުން ލާދީނީ ޕްރޮޕަގަންޑާތައް ފަސޭހައިން ފެތުރިގެންދާނީ

   21
   1
 3. އޮށްބަާޒާރުިި

  ތީނަ ހާދަ ރިީއްޗެވެ ކަލޭ ވެސް އޮށް އިންދީތަ؟

  23
  1
 4. ކަހަނބު ވިތްޓޯ ޓޯ

  އެސޮރު އަދި ވެސް ޒުވާން ދޯ ކަލޯ ވެސް އޮށް އިންދިިީތަ .އޯ ސަޅިއެ. ރީނދޫ ގަހެއްފަޅާނެއެ 'ވާލާއި ކާޅު އުޅޭނެއޭ ހިތިވަސް އެކީދުވާލުމުން ޝައިތާނު ތައް ފުމޭނެއޭ

  24
  2
 5. ާައަސްލަމް

  ލަނޑަޔާ

  15
  1
 6. އ. ޖ. އ

  ހަމަ އެހެންތަ ބުނީ

  16
  1
 7. ބޯކިބާ

  1960ގެ ކުރިން އެއީ ލުތުފީމެން ސަގަރޭމެންގެ ޖީލު. 1980ގެ ފަހުގެ މީހުންގެތެރޭ ޑުރަގުބޯމީހުން ގިނަ، އަނެއްބަޔަކު ދިޔައީ ސީރިއާއަށް. ދެން އެހެންވީމަ ނެތެއްނު ސަލާމަތެއް.

  15
 8. އަލީ

  މުސްތަފާއަށް ނޭންގެނީތަ މަރުވީމަކަމެއް ހިސާބު ބެއްލެވުން އޮންނަނީ. މަރުވީމަ ނާންނާނެ އެއްވެސް ޕާޓީއަކުން އެހީތެރިވާކައް. ދީނާ ހިލާފު އޮށެއް އިންދައިގެން އާޚިރުގަ ލިބޭނީ ދެރަ

  13
 9. މަކުނުންގެ މަޖިލިސް

  މިއީ ދެން ހުރި ކަނޑުކޮސް

  10
 10. ކަނހަނބު

  އަމިއްލަ ހަލާކައް އެދިގޮވާމީހެއް މިކަލޭގެނޫނީ ނުހުންނާނެހެން ހީވަނީ މިކަލޭގެ ސިކުޑިވެސް އެއްފަޅިމަދުހެން ކަލޯ ކެއްތެރިވާންދަސްކުރޭ އަމިއްލަހަލާކައްއެދިގޮވާކައްނުވާނެ

 11. ފަތިފުއް

  އެހެނިހެން ވީމާ މޮޔަ ލަނޑާމުސްތޮފާ ވެސް ނެތިދާނެނޫންތޯ

 12. ރަމްޒާން

  ޖުޑީޝަރީއިން އިސްލާމް ދީނާއި ޚިލާފައް ލާފަ ތިބި އަންހެން ފަނޑިޔާރުން ބޭރުކުރަން ޖެހޭ.. އަދި އެކަން ކޮއް ރާއްޖޭގެ ސިޔާސީ ދާއިރާ އަދި ސަރުކާރު ލާދީނީ ފިކުރުތަކުގެ ވަކިތަކުން ސަލާމަތް ކޮއް ދޮވެ ސާފުކުރާނެ ސަރުކާރެއް ގެންނަން އެބަޖެހޭ.. ގޯހުން ގޯހައް ކަންކަން ދުކޮއްލައިގެން ދެން ތިބެވޭކައް ނެތް، މާތް ރަސްކަލާނގެ ކޯފާއައް އިންތިޒާރުގައި ތިބެވޭކައް ނެތް. މިކަންތައް އިސްލާހު ކުރަންތިބީ މުސްލިމު ރައްޔިތުން.. މިތާގަ އިލްމުވެރީންނައްވެސް އިތުބާރެއް ނެތް.

 13. ނަމަ

  މިވެސް ހާދަ ކަޑުކޮސް ވާހަކަ ދައްކާ މީހެކޭދޯ

 14. ޙސހސހ

  ކަލޭ މޮޔަގޮވަނީތަ. ކަލޭކަހަލަ ލާދީނިއްޔަތު މީހުން މިދުނިޔެ ދޫކުރި ދުވަހަކުން މިގައުމު ހަމަޔަކަށް އެޅޭނީ.

 15. ޖީލުން

  މީނައާ ހިޓްލަރާ ތަފާތެއް ނެތްތާ...