އަވައްޓެރި ސްރީލަންކާއަށް މިހާރު ގޮސް އުޅޭ އދ. ގެ ސްޕެޝަލް ރެޕެޓުއާ އޮން ފްރީޑޮމް އޮފް ރިލިޖަން އޮފް ބިލީފް (ދީނީ މިނިވަންކަން) ކަމުގެ މަޤާމުގައި ހުރި ޑރ. އަހްމަދު ޝަހީދު، އެޤައުމުގައި ދީނީ މިނިވަންކަން އޮންނަ މިންވަރަށް އޮންނަ މިންވަރު ފާހަގަކޮށް އެކަމަށް ތަޢުރީފުކޮށްފިއެވެ.
ލަންކާގެ ނޫސްތަކުގައި މިކަމާއި ގުޅިގެން ބުނެފައިވަނީ، ޝަހީދު އެޤައުމަށް ގޮސްފައި ވަނީ ލަންކާގައި ދީނީ މިނިވަންކަން އޮންނަ މިންވަރު ބެލުމަށް ކަމަށެވެ. މިގޮތުން މި އޮގަސްޓު މަހުގެ 15 ވަނަ ދުވަހުން ފަށައިގެން އެޤައުމަށް ޒިޔާރަތްކޮށް، އެކި ދީންތަކުގެ މީހުންނާއި ބައްދަލުކޮށް ދީނީ މިނިވަންކަން އޮތް މިންވަރު ބެލުމުގެ މަސައްކަތް ޝަހީދު ކޮށްފައިވާ ކަމަށް ނޫސްތަކުގައި ބުނެފައި ވެއެވެ.
މި ދަތުރުގައި ކުރި މަސައްކަތްތަކަށްފަހު ޝަހީދު ބުނެފައިވަނީ، ލަންކާގެ ރައްޔިތުން އެޤައުމުގައި ދީނީ މިނިވަންކަން އޮތް މިންވަރާއި މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި އޭޝިއާގެ ބައެއް އެހެން ޤައުމުތަކާއި ޚިލާފަށް އެޤައުމުގައި އެކަށީގެންވާ މިންވަރަށް ދީނީ މިނިވަންކަން ލިބިފައި އޮތްކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް އެއީ އޭޝިއާގެ ކޮން ޤައުމުތަކެއް ކަމެއް އޭނާ ސީދާ ހާމައެއް ނުކުރެއެވެ.
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަމަށް ގޮވާލަމުންދާ، ޝަހީދު ވަނީ މި ދަތުރުގެ ތެރެއިން، ލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާއި، އެކި ދީންތަކުގެ އިސް ފަރާތްތަކާއި އަދި ދީނީ މިނިވަންކަމަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާޢަތްތަކާއި ބައްދަލުކޮށްފައެވެ. އަދި ހަމަ އެހެންމެ، މީގެ ކުރިން 2005 ވަނަ އަހަރު ޒިޔާރަތްކުރި އދ.ގެ ކުރީގެ ރެޕެޓުއާ އޮން ފްރީޑޮމް، އެޤައުމުގައި ދީނީ މިނިވަންކަން ޤާއިމްކުރުމަށް ކުރި މަޝްވަރާތަކާއި އެއްގޮތަށް ކަންކަން ހިނގަމުންދޭތޯ އޭނާ ވަނީ ބަލާފައެވެ.
އިސްލާމް ދީނުގެ ބައެއް އަސްލުތަކާއި އުސޫލުތަކަށް ފާޅުގައި ގޮން ޖަހާ ފާޑު ކިޔާފައިވާ ޝަހީދު ދާދި ފަހުން ވަނީ، ދިވެހިރާއްޖޭގައި ވެސް ދީނީ މިނިވަންކަން ގާއިމް ކުރަން ޖެހޭކަމަށް ދޭހަވާފަދަ ވާހަކަތައް ދައްކާފައެވެ. އެގޮތުން ރާއްޖޭގެ ކޯޓުތަކުން، ކުށްކުށުގެ އަދަބެއްގެ ގޮތުން ހައްދު ޖެހުން ހުއްޓާލުމަށްވެސް އޭނާ ގޮވާލާފައި ވެއެވެ.
ޝަހީދު އަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ކަން ކޮށްފައިވާ މީހެކެވެ. އެ ދުވަސްވަރު، އދ. ގައި ނެގި ފަލަސްތީނު މިނިވަން ކުރުމުގެ ވޯޓުގައި ރާއްޖޭގެ ފަރާތުން ވޯޓު ނުދޭންވެސް އޭނާ ނިންމިއެވެ. އެކަމާ ގުޅިގެން ޑރ. ޝަހީދަށް އޭރުވެސް ފާޑު ކިޔުން އަމާޒުވެފައިވެއެވެ. އޭނާ ވަނީ ނަޝީދުގެ ސަރުކާރުގައި ރާއްޖެއާއި އިސްރާއީލާއި ދެމެދު ގުޅުން ބަދަހި ކުރުމުގެ އެއްބަސްވުމެއް ގާއިމް ކުރުމަށްވެސް މަސައްކަތް ކޮށްފައެވެ.
ލާދީނީ ދައްޖާލު ކަލޭގެ ނުބައި ގޮތަކަށް ހަލާކު ކުރައްވާށިއެވެ.
ދީނުގެ މުހިންމު ކަން އިހުސާސް ވެފައި ނެތް ބަޔަކު މިގައުމުވެސް އެފަދަ މީހުންގެ ހާއްޔަކައް ހެދުމަށް މަރުދަން އެބަ ޖެހެއވ
މީ ތަފާތު ދީނުގެ މީހުން އުޅޭތަނެއްތަ؟
ލަންކާއަކަސް ހަގީގީ މުސްލިމުންނަކަށް ޖާގައެއް ނުދޭނެ...
މުސްލިމުންނަށް އަނިޔާކޮށް މުސްލިމުން މަރާއެހަދަނީ ދީނީ މިނިވަންކަން އޮތްލެއް ބޮޑުކަމުން ދޯ؟
މުސްލިމުންގެ ނަމުގަ ތިބެ ގޮސް ބޮޑެތި ތަންތަން ގޮއްވާ މީހުން މަރާ އެބަ ހަދާ. ނަމަވެސް އެއީ ހަގީގީ މުސްލިމުން ނޫން ކަމަށް އަޅުގަންޑުމެން ބުނަމު. އިންޑިޔާ ލަންކާ ތަންތާންގަ މުސްލިމުން މަގުމައްއްޗައް ލިންޗުކޮށް ލާއިންސާނީ އަމަލު ހިންގާ. ނަމަވެސް އޭގެތެރެއިން ގިނަމީހުން ވަގުތުން އޭއީ ހަގީގި ހިންދޫން ނުވަތަ ބުދިސްޓުން ނުކުރާނެކަމަށް ބުނޭ. މިފަދަކަންކަމުގައި ބައެއް ފަހަރު އެމީހުން ޕޮލިސްވެސް ބައިވެރިވޭ ނުވަތަ އަޅާނުލައި. ގާނޫނީ ގޮތުން އެހެންނެހެދުނަސް އެމީހުންގެ ދީންދޫކޮށްލާ ނުވަތަ އެހެން ދީންތަކުގެ މީހުނަށް ނަފްރަތު ކުރޭ. ރާއްޖޭގަނަމަވެސް މިސާލަކަށް ތަފާތު ދީނީ ހިޔާލެއްގެ މީހަކަށްް އަނިޔާކުރިޔަސް އަޅާ ނުލައި ނުވަތަ މައްސަލަ ނުބަލަވެސް ފާނެ . މިއީ އިންސާނީ ތަބިއްޔަތު. އިންޑިޔާ ލަންކާފަދަ ގައުމު ތަކުގައި ޓޮލެރެންސް އަދި ދީނީ މިނިވަންކަން މަޑުމަޑުން އިތުރުކުރުން މުހިއްމު. އެކަން މުޅިން ހާސިލެއްނުވާނެ . ހިންދޫ ފާދިރީން ބޭނުންނުވާނެ އެކަން ވާކަށް. ނަމަވެެސް މަޑުން މަޑުން ޓޮލެރެންސް ޕްރޮމޯޓް ކޮށްފިނަމަ އެ ގައުމުތަކުގައި އިސްލާމް ދީން ފެތުރުމާ ދީނަށް މީހުން ވައްދާ މުސްލިމުން ގިނަކުރަން ފަސޭހަ ނުވާނެތޯ. ދީނީ މިނިވަންކަން ނުދޭ ގައުމެއްގައި އިސްލާމް ދީން ފަތުރަން އުންދަގޫ ވާނެ. ވީއިރު ދުނިޔޭގައި ދީނީ މިނިވަންކަން ބޮޑުވިވަރަކަށް އިސްލާމްދީން ކުރިއަރާނެ ކަމީ ޝައްކެތް އޮތްކަމެއް ނޫން.
ލަންކާގައި ބުދިސްޓަކު މުސްލިމުވެއްޖެނަމަ އެމީހަކަށް ގޯނާނުކޮށް އަލުން ބުދު ދީނަށް ނުވަދެްޖެނަމަ މަރައިލާނެ ކަމަށް ބިރުދައްކާ އެމީހަކު މަރާލާނުލާކަމީ ރަންގަޅެއް މީ އިސްލާމް ދީނަށް ލިބޭ ނަސްރެއް އަދި އިސްލާމް ދީން ފަތުރަން ލިބޭ ނަސްރެއް. ގިނަ ގައުމުތަކުގައި މިނިވަންކަން އޮންނަނަމަ މުސްލިމުން ގިނަވާނެ.
ލާދީނީ ޝަހީދު ވިދާޅުވިޔަސް މީ ރަންގަޅު ވާހަކަޔަކަށް ވެދާނެ.

ލަދުހަޔާއިކުޑަކަން އާން ލަންކާގެ މުސްލިމުންނައް ވަރަށް ރަނގަޅަށް ކަންތައްކުރަނީ..ބޮޑު މުތުރައްދު.
ހައްތަހާވެސް ދިވެހިންނަށް ދޭމެސެޖް، އެހެންޏާ ލަންކާ ގެ ބްޑިސްޓުން ބަރުމާގެ ބްޑިސްޓުން ގެ ޓޮލަރެން ގެ ވަރު ޢެތަންތަނަށް ދިޔައީމަ ފެންނާނެ
ދީނީ މިނިވަނކަން އިތުރު ދީނަކައް މިގަައުމަކުނ ޖާގަޣެޣް ނުދޭނަން
ލަންކާ އަކީ އިންޑިއާ ފަދައިން އެތަނުގައި އެތައް ދީން ތަކެއް އޮންނަ ގައުމެއް. ކުރުސީދި އެބުނާ ދީނީ މިނިވަން ކަމަކީ އެއީ.
މީ މޮޔަ އެއްތަ؟ ނޫނީ ބަޔަކު ޗާބީ ކުރާ ބުދެއްތަ؟
ކަލޭ ތީ ދެން ކާކު ތަ އަޅެ؟.މީހަކަު ކޮސް ނުވާނެ
ލާދީނީކަލޭގެ
ބަޔަކު ޗާބީކުރާ ބުދަކާ ވައްތަރީ
އިބިލީސް މީހުން މަގުފުރެއްދީމާ އިބިލީހުގެ މަސައްކަތް ވަޒަންކޮށް މާކްސް ދޭން ދާ މީހަކީ މިއީދޯ! މިއީ އެހެންވީމާ އިބިލީހަށްވުރެވެސް ނުބައި އެއްޗެއް!
މުސްލިމުންގެ ނަމުގަ ތިބެ ގޮސް ބޮޑެތި ތަންތަން ގޮއްވާ މީހުން މަރާ އެބަ ހަދާ. ނަމަވެސް އެއީ ހަގީގީ މުސްލިމުން ނޫން ކަމަށް އަޅުގަންޑުމެން ބުނަމު. އިންޑިޔާ ލަންކާ ތަންތާންގަ މުސްލިމުން މަގުމައްއްޗައް ލިންޗުކޮށް ލާއިންސާނީ އަމަލު ހިންގާ. ނަމަވެސް އޭގެތެރެއިން ގިނަމީހުން ވަގުތުން އޭއީ ހަގީގި ހިންދޫން ނުވަތަ ބުދިސްޓުން ނުކުރާނެކަމަށް ބުނޭ. މިފަދަކަންކަމުގައި ބައެއް ފަހަރު އެމީހުން ޕޮލިސްވެސް ބައިވެރިވޭ ނުވަތަ އަޅާނުލައި. ގާނޫނީ ގޮތުން އެހެންނެހެދުނަސް އެމީހުންގެ ދީންދޫކޮށްލާ ނުވަތަ އެހެން ދީންތަކުގެ މީހުނަށް ނަފްރަތު ކުރޭ. ރާއްޖޭގަނަމަވެސް މިސާލަކަށް ތަފާތު ދީނީ ހިޔާލެއްގެ މީހަކަށްް އަނިޔާކުރިޔަސް އަޅާ ނުލައި ނުވަތަ މައްސަލަ ނުބަލަވެސް ފާނެ . މިއީ އިންސާނީ ތަބިއްޔަތު. އިންޑިޔާ ލަންކާފަދަ ގައުމު ތަކުގައި ޓޮލެރެންސް އަދި ދީނީ މިނިވަންކަން މަޑުމަޑުން އިތުރުކުރުން މުހިއްމު. އެކަން މުޅިން ހާސިލެއްނުވާނެ . ހިންދޫ ފާދިރީން ބޭނުންނުވާނެ އެކަން ވާކަށް. ނަމަވެެސް މަޑުން މަޑުން ޓޮލެރެންސް ޕްރޮމޯޓް ކޮށްފިނަމަ އެ ގައުމުތަކުގައި އިސްލާމް ދީން ފެތުރުމާ ދީނަށް މީހުން ވައްދާ މުސްލިމުން ގިނަކުރަން ފަސޭހަ ނުވާނެތޯ. ދީނީ މިނިވަންކަން ނުދޭ ގައުމެއްގައި އިސްލާމް ދީން ފަތުރަން އުންދަގޫ ވާނެ. ވީއިރު ދުނިޔޭގައި ދީނީ މިނިވަންކަން ބޮޑުވިވަރަކަށް އިސްލާމްދީން ކުރިއަރާނެ ކަމީ ޝައްކެތް އޮތްކަމެއް ނޫން.
މިކަލޭގެ ނަން ސަހީދު ކިޔާތީ އެމެރިކާ މީހުން ކަންބޮޑެއް ނުވޭތަ؟ އަވަހަށް ނަން ބަދަލު ކުރަން އުޅޭ ...