ރާއްޖެއާއި ދެކޮޅަަށް ފިޔަވަޅު އަޅަން ކުރަން ޖެހޭ ކަންކަން ދަނީ ކުރަމުން ކަމަށާއި ބޭރު ދުނިޔެއިން ރާއްޖެއާއި ދެކޮޅަަށް ފިޔަވަޅު އަޅަން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ މިނިސްޓަރު އަބުދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރޭ ވީޓީވީގައި ވާހަކަދައްކަވަމުން އަބުދުﷲ އަމީން ވިދާޅުވީ ސަރުކާރުގެ އަމަލުތައް ހުރީ ބޭރު ދުނިޔެ އިން ފިޔަވަޅު އަޅަންޖެހޭ ގޮތަށް ކަމަށާއި ބައިނަލްއަގްވާމީ ދުނިޔޭގެ މިސްބާރު ހުރީ ރާއްޖެއަށް ފިޔަވަޅު އެޅުމާއި ދިމާއަށް ކަމަށެވެ.

އަމީން ވިދާޅުވީ ޔޫރަޕިއަން ކައުންސިލާއި، ޔޫރަޕިއަންގެ ޕާލިމެންޓްގައި ރާއްޖޭގެ މައްސަލައާއިމެދު ބަހުސްކޮށް، ފިޔަވަޅު އެޅުމާއި ގުޅޭގޮތުން މެންބަރުން ވާހަކަދައްކާފައިވާކަމަށާއި އިންޑިއާއާއި އެމެރިކާއިންވެސް ރާއްޖޭގެ ހާލަތާއިމެދު ކަންބޮޑުވުން ފާޅުކޮށް އިންޒާރު ދީފައިވާ ކަމަށެވެ.

"ބައިނަލްއަގްވާމީ ގޮތުން ރާއްޖެ އާއި މެދު ފިޔަވަޅު އަޅަންނުޖެހޭ ކަމަށް އަދި ބޭރު ދުނިޔެއިން ރާއްޖެއާއިމެދު ފިޔަވަޅު ނާޅާނެކަމަށް ސަރުކާރުން ބުނިނަމަވެސް އެއީ ހަގީގަތެއް ނޫން" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ރާއްޖެއާއިމެދު ފިޔަވަޅު އަޅަންކުރަންޖެހޭ ކަންކަން ފުރިހަމަ ކުރަމުންދާކަމަށާއި ގައުމުތަކުން އަމަލުކުރަމުންދާނީ މިސަރުކާރުން އަމަލުކުރާ އުސޫލުން ނޫން ކަމަށެވެ.

" ބޭރު ދުނިޔެއިން ރާއްޖެއާއިމެދު މިހާރު އަމަލުކުރާ ގޮތާއި، ދައްކާ ވާހަކަތަކުން މިސްރާބު ހުރީ ފިޔަވަޅު އެޅުމާއި ދިމާއަށްކަން ހާމަވޭ " އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ރާއްޖެއާއިމެދު ފިޔަވަޅު އަޅާ ހިސާބަށް ކަންކަން ދިޔައީ ސަރުކާރުގެ ޚުދުމުޚުތާރުކަން ބޮޑުވެ، ގާނޫނީ އިމުން މުޅިން ބޭރުގައި ކަންކަން ކުރުން ހައްދުފަހަނައަޅާ ދިއުމުންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ޣާދިރުބެ

    މިކަލޭގެ މީ ބޭރުގައުމެއްގެ މީހެއްތަ.. މީނާގެ މައިން ބަފައިން ނަކީ މި ގައުމުގެ މީހުން ނޫނީތަ.

    • ހުސޭނުބޭ

      ކަލެޔަކަށް ނޭގޭތަ؟ ރައީސް އޮފީހުން ނުކުތީ އދ ގެ ރައީސްކަން ލިބުނީމަ. ދެން މަ ކައިރީގައި ނާހާތި އަދ ގައި ރައީސަކު ހުރޭތޯ! މަށަށް އެނގެނީ މީނައަށް އެ މަޤާމް ލިބުނުކަން. ދިން މީހަކު އެނގުނިއްޔާ އަންގާލަދޭނަން...... ކެކެކެކެކެކެކެކެ

    • އާދީ

      އޭނަގެ މައިންބަފައިންނަށާ ތިމާގެ މީހުނަށް ޑެންމާކްގެ ކްއީންގެ ގަނޑުވަރުން 3 އިރު ތަށިބަރި ފޮނުވައިދޭނެއޯ.

  2. ވިސްނާ

    އަޅުގަނޑަކީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ސިޔާސީ ލީޑަރަށް ތާއީދުކުރާ މީހެއްނޫން. ދިވެހި ރައްޔިތުން ވިސްނާލުން މުހިއްމުކަމެއްމިއީ، މިއީ ޤައުމާއި، ދީނާ، ރައްޔިތުންގެ ޙައްޤުގައި އުޅޭ މީހުން. އަބަދުވެސް ދަތިކުރުމުގެ ފިޔަވަޅު ނާޅައިގެން، ރާއްޖެއަށް ބޭރުގެ ސިފައިން ނާރައިގެން. މިއިން ކޮންމެކަމަކީ ޤައުމާ، ދީނާ، ރައްޔިތުން ނިކަމެތިވެގެން ދާނެ ކަންކަން. ވެރިކަމާހެދި ތިމާމެންނަށް ކުރެވޭ ނުކުރެވޭ ކަމެއް ނޭނގޭ ޙާލުގައި މިތިބެނީ. ހެޔޮ ވިސްނުންދެއްވާށި.

  3. ައާމާލު

    ހާދަ ލަހޭ އަމީނޫ ތިޔަ މީހުން ފިޔަވަޅު އަޅާލެއް، 5 އަހަރު ވަނީއޭ، ތީ ތި ގަންނާނީ ހަމަ ހުންގަދަވެގެން ބޯ ގޮވާފަ ތިބި މީހުން

  4. ލީނާ

    ނަޝީދެކޭ، މިމީހުންނެކޭ މިހާރު ތަފާތެއްނެތް. އެންމެން ވެރިކަމަށް އަންނަން ބޭނުންވަނީ ޤައުމާ، ރައްޔިތުންނާއި، ދީން ވިއްކާފައި، އެވަރު ރައްޔިތުންނަށް ނުވިސްނޭތީ ދެރައީ،

  5. އަބުއި

    ވަރަށް ތާހިރު މީޑިއާގައި ބުނަން.. ހަމަ އެގޮތަށް ބުނަންވީނު އަމިއްލަ އާއިލާ އުޅޭ ގެއާ ދޭތެރޭގައި ފިޔަވަޅު އަޅަން ކުރަންޖެހޭ ކަންކަން ދަނީ ކުރަމުންނޭ! އަޅެ ފަހެ ކީއްވެފައި ތިބޭ ބައެއްތަ މިއީ... ލަދުން ބޯހަލާކު. އަމިއްލަ ޤައުމަށް ފިޔަވަޅު އަޅަން.. އެކަމަކު އަޅެ ސާބަސް ހަމަ....

  6. އަމީން

    ތިހުރިހާ ކަމަކުން ދަތިވަނީ ކޮންބަޔަކަށް. ހަމަ ނިކަމެތި ރައްޔިތުންނަށް. ވޯޓު ހޯދަންވެސް އަންނަޖެހޭނެކަން ހަނދާންކުރާތީ، ޤައުމު ވިއްކާ!!!!!

  7. ޖިންނި

    ލަދުޙަޔާތް ކޮބާ ކަހުރަބު

  8. ސަަަސަސަ

    ކޮންތާކު ރޯބުހުތާނުވާހަކަ. ވެރިކަން ނުވެއްޓިގެން ދެން ނުދައްކާ ބާކީ އޮތްވާހަކަތީ. ތިހެން ކިޔައިގެން ހަމަޖެހިލައިގެނ ްހުރޭ. ޗައިނާ ރަޝިޔާ ދެން ކޮންވާހަކައެއް

  9. ޤާދިރު

    މާރީތި ވާހަކަ ދައްކާނެކަމެއްނެތް. ތިކަހަލަ ދެފުށް ކެހެރިންނަށް ގިނަފަހަރަށް ލިބޭނީ ލަނޑު. ތި އަމީނާއި، މަލީހާއި، ޑރ. ޖަމީލާއި 3 މީހުން ޚިޔާލު ބަދަލުވެ ޕީ.ޕީ.އެމް އާ ގުޅެން ނިންމައި ސޮއި ކުރަން ތައްޔާރުވެފައި އޮއްވައި ސްޕްރީމް ކޯޓުން 01 ފެބުރުއަރީގެ އަމުރު ނެރެން އުޅޭކަން އެނގުނީ.. އެ ހިސާބުން މި ނިމެނީ ކަމަށް ބަލައި އަނެއްކާ އެކޮޅަށް ބަދަލުވީ.. މީ ޙަޤީޤަތް.. ލަދެއް ނުގަނެއެއްނުން..

  10. މޭސްތިރި

    އަމީން ބުނަންތަ ވަހަކައެއް؟ މައިތިރިވެތިބޭ،

  11. އަލި

    މީނާގެ ނުބައިކަމުން ސަލާމަތް ކޮށްދެއްވުން އެދި ރަޚްމާންވަންތަ ރަސްކަލާންގެ ހަޟްރަތުން އެދެން

  12. އއއ

    ޤައުމަކަށް ވެވޭނެ އެންމެ ބޮޑު ގައްދާރު ވުމަކީ އަމިއްލަ އެ ދުމަށްޓަކާ އެ ޤައުމެއްގެ ރައްޔޮތުންނަށް ނިކަމެތިވާނެ ގޮތަށް މަސައްކަތް ކުރުން. މިމީހުންގެ ފަރާތުން މި ފެންނަނީ އެފަދަ އަމަލު ތަކެއް. އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ވެސް މި ޤައުމަށް ފިޔަވަޅު އެޅޭތޯ އެދަނީ ކެޑިނޭޅި މަސައްކަތް ކުރަމުން. މިއީ މި ޤައުމުދެކެ ލޯބިވާ ޤައުމަށް ހެޔޮއެދޭ ކޮންމެ މީހަކު ވެސް ވިސްނާލަން ޖެހޭ ކަމެއް. މަޤާމު ގެއްލުމުން އެކަމުގެ ބަދަލު ނިކަމެތި ރައްޔިތުން ދޭކަށް ނުޖެހޭ. މަޤާމުގަ ހުރިއިރު އެވަރެއްނެތް. ވިސްނާލަ ބަލަ.

  13. އަމީން އާމް

    ތިގޮތައް ދެކޮޅު ނުޖެހޭ ހުސް އަނގަ ތަޅާއިރު އިންޑިއާގެ ހާލު އިނގޭތަ،އިއްޔެގައިވެސް މި އިންޑިއާގައި ސަރުކާރާދެކޮޅަށް މުޒާޖަރާ ކުރިކަން. އެވާހަކަ ކީއްވެތަ ނުދައްކަނީ

  14. ާއަހްމަދު

    ޢަމީންމެން ވެރިކަމުގެ ދަހިވެތިކަމުގަ ގައުމު ފުނޑާލަނީ ބޭރު ގައުމުތައް ލައްވާ ފިޔަވަޅު އަޅުވައިގެން. ގައުމަށް ހެޔޮއެދޭކަމަށް ދައްކައިގެން އަމިއްލަ އެދުމާއިގެން ހަލާކުވަނީ. މިފަދަ މީހުންނަށް ހެޔޮ ވިސްނުން ދެއްވާށި.

  15. ނަސީމް

    ޢަމީނޫ ކަލޭ ޙަބަރުކިޔަންދޭ

  16. ރޮންދާ

    އެހެންތަ؟ އޭރުން ކަލޭމެންނަށް ދައްޗެއްނުވާނެ؟ ހެހެހެހެ

  17. ބޮނޑިބަތް

    އަހަރުމެން ހުރިހާ އެންމެން މަރާލާފައި ކަލޭމެން ދެތިންމީހުންދޯ އެއިރުން ރާއްޖޭގައި ތިބޭނީ، ދެން ބޮނޑިބަތް ކައިގެން މުންޑު އަނދެފަ ތިބީމަ ހުރިހާކަމެއް ހަމަޖެހުނީ..؟ ކަލޭމެން ބޭނުންހާ އެއްޗެއް ނެހެދޭނެކަން 01 ފެބްރުއަރީ ގައި ހިފި ބޮޑު ހަނދުކޭތަ އިންވެސް ނޭގުތަ، ގަމާރަސް ތީފުކެއް ބޮޑުވަރު

  18. ިފފޔފ

    އަންނި ބޭގެ ބަހުރުވައިން މިތަނަކީ ދޫނިރާއްޖެ. މިތާނގައުޅެނީ، ޖަނަވާރުންކަމަށް ދެކޭބައެއް ތި އެންމެނަކީ. މިރާއްޖޭގެ މީހުން މަރަން ކުރެންވެން އޮތް ހުރިހާ ކަމެއް ކޮށްފަ ލަދުހަޔާތުގެ ކަންފުޅެއްވެސް ނެތިގެން އެބަ އިއުލާނު ކުރެއެއްނު. މިމީހުންގެ ހަޔާން ނެތް މިންވަރަކީ، ދިވެހިރާއްޖޭގެ ވެރިކަން ހޯދަންށޭ ކިޔައިގެން ތެޅި ނަގައިތީ.

  19. އައިސް

    މިގައުމާ ވިޔަފާރިކުރުންތަ މަނާކުރަންތިއުޅެނީ. ބަލަ ދިވެހިންނަކީ، ތިކަހަލަ ފަރަންޖީން ދެކެ ބިރުގަންނާނެ ބައެއްނޫން. ހަލާލު އެއްޗެހި ކައިގެން އުޅޭ އީމާންތެރިން، ތިކަހަލަ ދީނާ ނުކިއްސަރު ޔަހޫދީންގެ ފައިދޮންނަ ފެންބޮއެގެން އުޅޭ ބައެއްގެ ތިކަހަލަ ފިނޑި އަމަލަކަށް ޖެހިލުމެއް ނުވާނެ. ކޮށްބަލަ ތިކުރާކަމެއް. ﷲ ވޮޑިގެންވަނީ، އީމާންތެރިންނާއެކު. ﷲ ތައާލާއަށް އީމާން ނުވާ މީހުން ތިހެންގޮސް ތިމާގެ އީމާން ވިއްކާލާފަ ޔަހޫދީންނާއި ނަސޯރާއިންގެ ކައިރީ ސަލާމްޖަހައިގެން ވެރިކަން ހޯދަން އުޅޭނީ.