ރައްޔިތުން ބަނދަރު ޑިޒައިން ކުރާތީ ވަރަށް ދަތިވާ ކަމަށް ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އަސްލަމް މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ނޮޅިވަރަމްފަރުގެ ބަނދަރު ފައިކަށީގައި އޮންނަ ހުސްތަންކޮޅެއްގެ ސަބަބުން ބަނދަރު ތިލަވަމުންދާ ކަމަށް ވިދާޅުވެ މޮސްޓާ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ނޮޅިވަރަމްގެ ބަނދަރަށް ދިމާވެފައިވާ މައްސަލަ ހައްލު ކުރާނެ ފައިސާ މިއަހަރުގެ ބަޖެޓްގައި ނެތް ކަމަށެވެ. އެމަސައްކަތް ކުރާނަމަ ޖެހޭނީ އަންނަ އަހަރުގެ ބަޖެޓްގައި އެކަން ހިމަނަން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ބަނދަރު ޑިޒައިން ކުރުމުގެ މަސައްކަތް ރައްޔިތުން ކުރާ މަސައްކަތް ހުއްޓާލަން ރައްޔިތުންގެ މަޖިލިސް މެންބަރުންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ.

"ބަނދަރު ހަދަން ބަނދަރު ތޮށީގެ ބޮޑުމިނާއި ބޮޑުހިލައިގެ ސައިޒާއި ފައިކަށީގެ ޑިޒައިން ނިންމަނީ ފަންނީ ބޭފުޅުން. ވަރަށް ގިނައިން ދިމާވާ މައްސަލައެއް ރަށުގެ ރައްޔިތުން ސީދާ ބަނދަރު ޑިޒައިން ކޮށްފައި އަޅުގަނޑަށް އެބަ ފޮނުވާ. އެހެން އެކަން ކުރީމަ އިންޖިނިއަރުން ބޭނުމެއް ނުވޭ. އެމައްސަލަ ހައްލުކުރަން މެންބަރުންގެ އެއްބާރުލުން ބޭނުން" އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިއަހަރު ވެސް ބަޖެޓްގައި ގިނަ ރަށްތަކެއްގެ ބަނދަރުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.

"59 މަސައްކަތެއް ބަޖެޓް ކުރެވިފައި އެބައޮތް. އޭގެ ތެރެއިން 19 މަޝްރޫޢެއްގެ އަމަލީ މަސައްކަތުގައި ސޮއިކޮށްފިން. އެއީ ބޮޑެތި މަސައްކަތްތަކެއް. ބަޖެޓް މިހާރުވެސް ލިބިފައި އޮތް ވަރަށް ވުރެ ބޮޑަށް ކޮންޓެކްޓްތަކުގައި ސޮއި ކުރެވިއްޖެ. ޓެންޑާގައި އެބައުޅޭ 22 މަޝްރޫޢެއް. ޓެންޑާއަށް ފޮނުވާ ހިސާބުގައި 18 މަސައްކަތް އެބައޮތް." އަސްލަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. އެދުރު

  އަސްލަ،މް ރަތްޔަތުން ބަނދަރު ޑޒައިން ކުރާނީ މިނިސްޓް ރީ އައް އެކަން ނުވީމަ ދެން ތިވާހަކަ ދައްކަން އެހާ ރަނގަޅެއްނޫން

  30
  1
 2. ކަލޯ

  ރައްޔިތުންގެ ވެރިކަމުގައި ހުރިހާކަމެއްވެސް ކުރާނީ ރައްޔިތުންނޭ. ބަލަ ތިޔަ އިޝާރާތްކުރައްވާ ރައްޔިތުންގެ ތެރޭވެސް އަދު އެބަތިއްބޭ ފިސާރި ކިޔަވައިގެން ޑަކްޓަރީ ފާސްތައް ނަގައިގެން ތިއްބެވި "އެކިޔާ ފުންނާބު އުސް ނޫނަސް" ފަންނުވެރިން. ތިޔަ ގޮތައް ވާހަކަ ވިދާޅުވީމާ ހީވަނީ މިއުޅެވެނީ 1980ގައޭ. މާލޭ ބޭފުޅުންނޫނީ ދެން މުޅިން ރޯނުއެދުރުން އުޅެނީ. ނޫންތަ!

  26
  1
 3. Anonymous

  ބަޖެޓްގައި ނެތް ވަރައް ސޮއެ ކުރުމަކީ އެއްޗެސް ޕްލޭނެއް ނެތި ކަންކަން ބޮއްސުންލާައި އޮތް ކަމުގެ ހެއްކެއް. މަ ަހަމަ އަޖައިބު ވެއްޖެ ކަލޭމެންގެ ތާކުންތާކު ނުޖެހޭކަން އެނގި ފެނިފައި. އިސްތިއުފާ ދީފަ ގޭގަ އޮންނަންވީނު

  26
  1
  • މޮޔައެނޮނިމަސް

   މޮޔަ މުއިޒް އަށް ވުރެ ރަނގަޅުވާނެ.ޔާނު އާ ހާބީ ބައިގަނޑު ް އޮންނާނީ ބޭރު ކޮށްފާ

 4. ފޮނިދޫނި

  ބަނދަރު ބޭނުން ކުރަން ރަށުގަ ތިބޭ ރައްވެހިންނައް ރަށުގެ ބަންދަރު އޮންނަން ޖެހޭ ގޮތް އެންގޭނީ . ފިނި ގޮނޑިގަ ކޮތަރި ތެރޭގަ އޮންނަމީހަކައްނޫން

  20
 5. ފޯނުބިލުވަގު

  ނާ ހަމަ ތެދެއް؟ ހުވާތަ؟ ހަހަހހަ ސޮރީ ހަމަ ހިނި ގެޅެނީ.

  12
 6. ހޭޅިމަތި

  މާލޭމީހުން ގިއްގަޅުވާލާފަ މިހާރު ރަށްފުށުގެ މީހުން މިއުޅެނީ މާކުރީގަ ނިކަން ވިސްނައިގެން މާލޭމީހުން ތިބޭތި އެހެރީ މާލޭގެ ބޭފުޅެއް ކަޓްވާލާފަ ރަަށްފުށުގެ މީހަކު ރާއްޖޭގެ ރައީސްކަމަށް ދެން އަތްޖަހާ

 7. ބުރޯ

  އަސްލަމް ތިޔައީ އެމްޑީޕީ ން ނެރުނު ރޫލެއްދޯ ރައްޔިތުންއެދޭގޮތަށް ކަންކޮށްދިނުމުގެ ވާހަކަ.ރައްޔިތުންނަށް ޑިޒައިންނެއް ވެސް އިންޖިނެރުކަން ވެސް ނޭގޭ ހާލު އެކަމަށް ފާޑުކިޔާ ހެދުމުގެ ފުރުސަތުރައްޔިތުންނަށް ދިނީމަ ތިޔަކަން ވާނީ ތިޔަހެން. .ހަގީގަތުގާ ރައްޔިތުން ވާން ޖެހޭނީ ބަނދަރު ދިނީމާ ބަނދަރު ބެލެހެއްޓުމާ ބޭނުންކުރުން އަދި ބަނދަރު ދެމެހެއްޓުމާއެކު ބަނދަރުންނަފައާއި ރައްކާތެރިކަން ހޯދާބަޔަކަށް.