ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރެމްސިންހް އަންނަ މަހު ރާއްޖެ އަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ރައީސް އޮފީހުން ވިދާޅުވީ، ރަނިލްގެ މި ދަތުރުފުޅަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުފުޅުގައި ރަނިލް ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.

އަދި މި ދަތުރުފުޅުގައި ލަންކާ ސަރުކާރުގެ ހަތަރު ވަޒީރަކު ވެސް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. އަދި މި ދަތުރުފުޅުގައި ރާއްޖެ އާއި ލަންކާއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި އާ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން މި ދަތުރުފުޅުގައި އަންނަ މަހުގެ 3 އިން 4 އަށް ޕެރެޑައިސް އައިލޭންޑް ރިސޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއަން އޯޝަން ކޮންފަރެންސްގައި ވެސް ބޮޑުވަޒީރު ރަނިލް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޔާންޓޭ

    އިންޑިޔާގެ ޕަޕެޓެއް ތިއީވެސް، ސިރިސޭނާއަކީ ގައުމުދެކެލޯބިވާ ގައުމިއްޔަތެއް ހުރިމީހެއް، އެހެންވެ އިންޑިޔާ އުގަށްނުވެއްޓޭން އުޅޭތީ ވެރިކަން ވަށްޓާލަން ހިފާފަ ހުރީ!

  2. ސައްދާމް

    މިސަރުކާރުން ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ އިހުސާސްތަކުގައި ފައިންޖަހާ ބުރުއްސާލާފި. އެހެންވެ އަހަރުމެން ދިވެހިން ދެންމިއުޅެނީ ސްރީލަންކާއަށް މިފަހަރު ރަގަޅު ވެރިޔަކު ލެވޭތޯ އެމަސައްކަތް މިކުރަނީ. ފަހަރުގައި ވޯޓު ލެވޭގޮތް މިފަހަރު ހަމަޖައްސާނެކަމަށްވަނީ.