ހދ. ނެއްލައިދޫ އަދި މ. ވޭވަށް ބަނދަރު އަޕްގްރޭޑް ކުރުމަށް އެމްޓީސީސީ އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މަޝްރޫއުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ މިއަދު ޕްލޭނިން މިނިސްޓްރީގައި ކުރިއަށް ދިޔަ ރަސްމިއްޔާތެއްގައެވެ. މިއެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ، ހަސަން ޝާހް އެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް އެވެ.

މިނިސްޓްރީ އިން މަޢުލޫމާތު ދޭގޮތުގައި 365 ދުވަސް ތެރޭގައި ހދ. ނެއްލައިދޫ ބަނދަރު އަޕްގްރޭޑް ކުރުމަށް 47,623,290.28 ރުފިޔާ ހަރަދުވާނެއެވެ.

އަދި 500 ދުވަސް ތެރޭގައި މ.ވޭވަށް ބަދަރު އަޕްގްރޭޑް ކުރުމަށް 48,863,172.98 ރުފިޔާ ހަރަދުވާނެއެވެ.

ނެއްލައިދޫގައި މިހާރު ބޭނުން ކުރެވެމުންދާ ބަދަރަކީ 2011 ވަނަ އަހަރު ހަދަންފެށި އަދި 2014 އަހަރު ބޭނުންކުރަން ފެށި ބަނދަރެކެވެ. އެ ބަނދަރު ހެދި ފަހުން ބަނދަރު ތެރެއަށް ރަށްވަށައި ވޮޑޭ ވެލިގަނޑު ވަންނަ މައްސަލައެއް ފެންމަތިވިއެވެ. ނަމަވެސް މި އަހަރުގެ ކުރީކޮޅު ވަނީ ބަނދަރު ފުންކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަނީފްއަސްލަމް/ނޭކުރެންދޫ

    އަސްލަމާ ކަޅޭ ނޭކުރެންދޫ ބަނދަރު ދެކުނީމުތަ؟ ކަލޭގެ އެއްދައުރުނިމިދިޔައިރު އެތަން ބޮޑެއްވެސް ނުކުރެވުނޭނު