އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ މުސާރަ ހިފެހެއްޓީ އަނިޔާ ދޭން ކަމަށް އިދިކޮޅު ފަރާތް ތަކުން ބުނެފިއެވެ.

އިދިކޮޅު ފަރާތް ތަކުން ޖުމުހޫރީ ޕާޓީގެ އޮފީސް މ. ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވީ ވަކި މީހަކަށް އަމާޒުކޮށް މުސާރަ ހިފެހެއްޓުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

"އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އަކީ އަދިވެސް ސްޕްރީމު ކޯޓުގެ ފަޑިޔާރުން. އެބޭފުޅުން ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުން އަދި ވަކި ކޮށްފައެއް ނުވޭ, މިއީ ހަމަ ކަޑައެޅިގެން އަނިޔާ ދިނުމަށް އެބޭފުޅުގެ މުސާރަ ހިފެހެއްޓީ" އަލީ ހުސެއިން ވިދާޅުވިއެވެ.

އަލީ ހުސެއިން ވިދާޅުވީ ސްޕްރީމު ކޯޓުގެ ފަޑިޔާރުން އެކެއް ފެބްރުއަަރީގައި ކުރި އަމުރަކީ އެތަށް ހާސް ރައްޔިތުންގެ ހައްގުތަކާއި ގުޅުން އޮތް އަމުރެއް ކަމަށާއި އެ އަމުރު ތަންފީޒު ކުރަން ޖެހޭނެ ކަމަށެވެ.

އެކެއް ފެބްރުއަރީގެ އަމުރާއި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދަށް މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ވަނީ ނިންމާފައެވެ.

ޖޭއެސްސީން މިގޮތަށް ނިންމީ ފަނޑިޔާރުންގެ ގާނޫނަށް ދާދިި ފަހުން ގެނައި އިސްލާހުގެ ދަށުން، ޖިނާއީ ދައުވާ އުފުލޭ ހާލަތުގައި ފަނޑިޔާރުން ސަސްޕެންޑް ކުރަން ޖެހޭނީ މުސާރަ ނުލިބޭ ގޮތަށް ކަމަށް ވާތީ އެވެ.

އުއްތަމަ ފަނޑިޔާރަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 73،000ރ. ލިބޭއިރު ސުޕްރީމް ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް މަހަކު 71،000ރ. ލިބެ އެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޙަޝީ

    ޖަލުގަތިބި ބަޔަކަށް ދޭންޖެހޭ މުސާރަ ދޭން ޖެހޭނީ ޖަލުން މިނިވަންވި ދުވަހަކުން

  2. Anonymous

    ހަމަ ރަގަޅައްވެސް އަލީ ތިޔަހުރީ ބުރާންތި އަރާފަ

  3. ޞަރީފް

    ތީ އެންމެ ދެމީހުންގެ މުސާރަ. ބަލަ އައްޔާ ސިވިލްސަރވަންޓުން ގެ މުސާރަ ހިފެހެއްޓިއިރު އެއީ ކިތައްހާސް މީހުންކަން ނޭގުނީތީ ހައިރާންވޭ. މެމްބަރުކަމުން އިސްތިއުފާދީފަ މަހައްދޭބަލަ

  4. މަޖީދާ

    އޭ އައްޔާ މަ ރުޅި ނާރުވައްޗޭ އަހަރެމެންގެ މުސާރަ އެއްބައި އަންނި ވެރިކަމުގަ ކަނޑާލި އިރު އަލީ މިރަށުގަ އުޅޭ. ކީއްވެ އަހަރެމެންގެ އާއިލާގެ ހައްގުގަ އެއްޗެއް ނުބުނީ. ކަލޭވެވެސް ވެރިކަމައް ބޫތުކެއީދޯ. ނޫނީ ގާއްޓެައައް ވެރިކަން ހޯދައި ދޭންވެގެން ހޭދެބައިވަނީދޯ

  5. ހުސޭނުބޭ

    އޭ އައްޔާ! ޖަލުގައި ވެއްޖެ ނައިބު ރައީސެއްވެސް. އަރުވާލެވިގެން ޖަރުމަނުގައި އެބައުޅޭ! އެމީހުންގެ މުސާރަވެސް ދޭންވީތަ؟ ............ އިޚްލާޞްތެރިކަމެއް ހުރެގެން ދައްކާ ވާހަކައެއްނަމަ ޤާސިމަށް ދަންނަވާގެން ދެ ފަނޑިޔާރުންގެ މުސާރަ އަމިއްލަ ޖީބުން ނުދޭން ތި އުޅެނީ ކީއްވެގެން!

  6. ޖާސިމް

    އެ ދެމީހުންގެ މުސާރަ ހިފެހެއްޓީ، މުދަލާއި ފައިސާއަށް ބޫތުކަވާފަ ހުރީމަ ކަލެއްއަށް ދޭންވެގެން، އަދި ތި ދަބަރު އަނގަޔާއި ކާލެގެ ބުރާންތި ވެފައިހުރި ސިކުނޑިއަށް ބޭސް ފަރުވާ ކުރުމަށް

  7. ސޯލާ

    މީހާދައަނިޔާ ކުރާހިއްވާ މީހެކޭދޯ

    އަބަދު އަނިޔާ ވަރަށް އަނިޔާލިބަހެންހީވަނީ ކުޑައިރު

  8. ފަރީ

    އަނގަހުލުވާގެން ހުއްޓާ އަނގަޔަށް އަބެއްޖަހަންވީ ހަަމަސަހާދެއް

    ދޫލަނޑެއް ނުދީގެން އެސޮރު މިހާރުއެއުލެނީ