ހދ. ނޮޅިވަރަންފަރުން ހަނިމާދޫއަށް ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ލޯންޗުން ދަތުރުކުރި މީހުންގެ ތެރެއިން ނިޔާވި ތިން މީހުންގެ ތެރޭގައި ދެ މަފިރިޔަކު ހިމެނޭ ކަން އެނގިއްޖެއެވެ.

މި ލޯންޗް ބަންޑުން ޖަހާލާފައި ވަނީ ހަނިމާދޫ ކަންމަތިން ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

ނިޔާވި ދެމަފިރިންގެ ތެރޭގައި ހިމެނޭ ޓީޗަރަކީ ނޮޅިވަރަންފަރު ސްކޫލްގައި ކިޔަވައިދެމުން އަންނަ ހުސައިން އަބްދުﷲ ނަމަކަށް ކިޔާ މީހެކެވެ. އޭނާއަކީ އެ ސްކޫލްގެ އެންމެ ދުވަސްވީ އެއް ޓީޗަރެވެ.

10 މީހުންނާއެކު ދަތުރުކުރި މި ލޯންޗް ބަންޑުން ޖަހާލިއިރު، އޭގެން ދަތުރުކުރި އިތުރު ތިން މީހަކުވެސް ވަނީ ނިޔާވެފައެވެ. އެ ނިޔާވި މީހުންގެ ތެރޭގައި މި ދެމަފިރިންގެ ދަރިފުޅުވެސް ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ.

މި ލޯންޗް ބަންޑުން ޖަހާލާފައި މިވަނީ، އެ ސަރަޙައްދަށް މޫސުން ގޯސްވެ، ރީނދޫ ސަމާލު (ޔެލޯ އެލާޓް) ނެރެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. Anonymous

  އިންނާލިއްލާހި ވައިންނާއިލައިހި ރާޖިޢޫން. ?

  މުޅިއެކު 6 މީހުންތަ މަރުވީ؟ އަރަތެއްހެން ވާނުވާ ނޭނގޭގޮތައް ލިޔާއެއްޗެއްތަ ޚަބަރަކީ؟

  10
  1
 2. އައްޓަމަސް

  ގުދުރަތީނިޒާމަށް ގޮންޖަހާފައި ފުރަނީ ސަރުކާރުންވެސް އިންޒާރު ނެރެފައިވަނިކޮށް، ރައްކާވެތިބިއްޔާ ދަތުރުދޯ!؟

  11
  9
 3. ާަަަަަެެެޮޮިުއަފީ

  ނިޔާވި އާއިލާތަކައް ކެއްތެރިކަންދެއްވާށި
  أمين

  25
  1
 4. ސޮނިފުހޭ

  މާތްﷲ ހުސެންއަބްދުއްﷲގެ ފުރާނަފުޅަށް ރަހްމަތް ލައްވާ އާއިލަަާގެބޭފުޅުންނަ ށް ކެތްތެރިކަން ދެއްވާށިއެވެ.

  7
  1
 5. ކިޔުންތެރިޔާ

  އޮގަސްޓް 29, 2019 15:06

  ނިޔާވި އާއިލާތަކައް ކެއްތެރިކަންދެއްވާށި
  أمين

 6. ދަންސޫރަ

  މަރު ވާނެ ވަގުތެއް ނޭންގޭނެ ހިޔޮއަމަލު ގިނަކުރޭ