ވިއްސާރަ އާއި ގުޅިގެން ރާއްޖޭގެ ގައުމީ އެއާލާއިން މޯލްޑިވިއަން އިން ހދ.ހަނިމާދޫއަށް މިއަދު ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަސްކުރުމަށްފަހު އަލުން ދަތުރުތައް ފަށައިފިއެވެ.

މީގެ ދެ ގަޑިއެއްހާއިރު ކުރިން މޯލްޑިވިއަން އިން ހަނިމާދޫއަށް ދަތުރުކުރަން ހަމަޖެހިފައި ހުރި ދަތުރުތައް ވަނީ މޫސުން ތަން ނުދިނުމުގެ ސަބަބުން ފަސްކޮށްފައެވެ.

މީގެ އިރުކޮޅެއް ކުރިން މޯލްޑިވިއަން އިން ކުރި ޓްވީޓެއްގައި ވިދާޅުވީ، ހަނިމާދޫ ދަތުރުތައް މޫސުން ތަންނުދޭތީ މެދުކަނޑާލުމަށްފަހު އަލުން ދަތުރުތައް ފަށާފައިވާކަމަށެވެ.

މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކާތެރި ހާދިސާތަކެއް ހިނގަމުން އަންނައިރު، 10 މީހުންނާއެކު ހަނިމާދޫ އަށް ދަތުރުކުރި ލޯންޗެއް ބަންޑުން ޖަހާލައި ފަސް މީހަކު ވަނީ ނިޔާވެފައެވެ.

މޫސުމާށް ސަމާލުވެ ދަތުރުކުރުމަށް އެމްއެންޑީއެފް އާއި ފުލުހުންގެ އިތުރުން، މޫސުމާއި ބެހޭ ރާއްޖޭގެ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު