އެމްޑީޕީގެ މުޒާހަރާތަކުގައި މީގެ ކުރިން ފެނުނު "ފްލެގް މޭން" ހޯދުމުގެ މަސައްކަތް ޖެންޑާ މިނިސްޓްރީ އިން ފަށައިފިއެވެ.

އެމްޑީޕީގެ މުޒާހަރާތަކުގައި އެމްޑީޕީގެ ދިދަ ހިފައިގެން އެންމެ ކުރީގައި ހަރަކާތްތެރިވި "ފްލެގް މޭން" އަށް އަޅާލާނެ މީހަކު ނެތި ސަލާންޖަހަން މާރުކޭޓް ސަރަހައްދުގައި މިހާރު އިންނަ ކަމަށް ބުނެ ފޮޓޯތަކެއް މިއަދު މީސް މީޑިއާގައި ދައުރުވެފައިވެއެވެ.

އޭނާގެ ފޮޓޯތަކަކާއި އެކު މީހަކު ކުރި ޓްވީޓަކަށް ޖަވާބު ދެމުން ޖެންޑާ މިނިސްޓްރީން ބުނީ އެމިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނައިތީ ޝުކުރު އަދާކުރާކަމަށާއި އޭނާ ހޯދުމުގެ މަސައްކަތް މިހާރު މިނިސްޓްރީގެ ކޮމެޓީއަކުން ކުރަމުން އަންނަ ކަމަށެވެ.

"އޭނާ ހޯދުމުގައި އަޅުގަނޑުމެންނަށް އެހީތެރިވެދިނުން އެދެން. އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ 1412 އަށް ގުޅުއްވާ މައުލޫމާތު ހިއްސާކުރުން އެދެން." ޖެންޑާ މިނިސްޓްރީގެ ޓްވީޓްގައި ވެއެވެ.

އެމްޑީޕީގެ "ފްލެގް މޭން" ހާލުގައި ޖެހިފައިވާ ފޮޓޯތަކާއި އެކު ޓްވީޓް ކުރި މީހުން ވަނީ ރައީސް ޞާލިހް އާއި ރައީސް ނަޝީދުގެ ޓްވިޓާ ހޭންޑަލް ޓެގް ކުރައްވާ އެބޭފުޅުންގެ ސަމާލުކަމަށް މިކަން ގެނައުމަށް ވެސް މަސައްކަތް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

 1. ކަހަނބު ވިތް ރައްޔިތުމީހަާ

  ރައްޔިތު މީހާ ސަރުކާރުފަހާ އާދޭސްކުރަމުން ރޮމުން ދުވަންތަ ޖެހެނީ އަޖައިބެއްނު

  102
  5
  • ޓެރޭ

   އިބުރަތެއް ހާސިލް ކުރާށެވެ
   ފްލެގް މޭންނަށް ލިބުނުހައިވެސް އެއްޗަކީ ރަމްޒީ ފިލާގަނޑެކެވެ އެވެސް ...... މީހެއްގެ އަތުންނެވެ
   ނަމާދު އަޅަމުން ދިދަޔާގެން ދުވުމުގެ ހިތިރަހަ ލީއެވެ މިއީ ހަމައެކަނި ފްލެގްމޭންގެ ދުލުގަލީ ރަހައެއްނޫނެވެ ނިކަމެތި އާދާގެ ކޮންމެ މެންބަރެއްގެ ދުލުގަލީ ފޮނި ހިތި ކުޅި ރަހައެކެވެ ކިތައްމެހައިވެސް މީރުކަމަށް ދެކި އަންގަޔަށްލީ އެވެ ނުކެވި ހޮޑަށް ލީ ހަމައެކަނި ފްލެގްމޭނެވެ.

   16
   1
 2. ސަޓޯ

  ވެރިކަން ލިބުނީމަ ހަނދާން ނެތުނީދޯ... ހެޔޮވެރިކަމޯ... ގަންޖާ ބައިގަނޑަށް ހަލާކު ހުރި

  128
  7
 3. ރދ

  މާރުކޭޓުގައި ސަލާންޖަހާ އެހެން މީހުން ކޮބާ. މޑޕ ފލގ މޭންވިމަ ހޯދަނީ

  19
 4. ދަންސޫރަ

  ލާރި ބަނޑުއެޅުނުލެއް މަދުވެ ސަލާޖަހަން ޖެހުނީ

  7
  3
 5. ނޫރު

  މިހާރު ސަރުކާރުގެ މުހިންމު ޓުވީޓއތަކާއި، ވޢހަކަތައް، އިގިރޭސިބަހުން ލިޔެފަ ހުންނަނީ ކީއްވެތޯ، އެފަދަ މެސެޖް ދިހެހިބަނުން ލިޔަން ނޭގެނީތޯ...

  12
 6. ކީއްކުރާނީ

  ފެން ތިޔަ ހުރިހާ ރައްޔިތުންގައިގާ ޓެގު އަޅުވަންވީނު.

 7. ހަވަރު ތިނަދޫ އެމްޑީޕީއަށް ކުރިން ގުރުބާންވި ޒުވާނެއް

  ހަވަރު ތިނަދޫގައިވެސް ތިކަހަލަ ގޮތެކެވެ. ރިޔާސީ އިންތިހާބުގެރޭގައި މިސަރުކާރު ހޮވިއްޖެއްޔާ ވަޒީފާ ދޭނަމޭކިޔައިގެން ރަށުގެ ޒުވާނުންތަކެއްލައްވާ ގުދާރުބިދެންދެން މަސައްކަތްކުރުވާ މިސަރުކާރު ހޮވުނީމާ އެއްކަލަ ޒުވާނުންނަށް ލިބުނު ޖަވާބަކީ ކަލޭމެންނަށް ވަޒީފާ ދޭނީ ކޮންބައެއްހޭ. މަހަށް ދޭބަލާށޭ މާގިނަ ލާރި ލިބޭނެއޭ ބުނެފާ އެއްކަލަ މީހުން ސިޔާސީ މަގާމުތަކަށާއި އާއިލާ މީހުންނަށް ވަޒީފާތަށް ދިނީމާ އޭތިކަޑައޭ. ދެން ކުރިއަށް އޮތްތާގަވެސް ދާނީ މަޑުމަޑުން ކަޑަވަމުންނޭ. އޭތި ކަޑަވަމުންދާވަރަކީ ރައީސްއާއި ނައިބު ރައީސް އެއްފަހަރަކާ ތިނަދުއަށް ވަޑައިގަތީމާވެސް ސަރުކާރު މުއައްސަސާތަކުގެ މީހުންނާއެކު މަރުހަބާކިޔަން 150 މީހުން ހަމަނުވުމޭ. ވިސްނާ ފިކުރުކުރާބަޔަކަށް އެގޭނެއެވެ. ހަވަރު ތިނަދޫގައިވެސް ތިކަހަލަ ކިޔެންމެ ފްލޭގްމޭން އެއް ހާލުގައި ޖެހިގފައި އެބަތިއްބެވެ. ހަދާންކުރާށެވެ. ކެޔޮގަނޑު ކަޑާލުމަކުން ގަހުގެބޭނުން ދިޔައީކަމަށް ހީނުކުރާށެވެ. ގަހުގެ ބޭނުން އޭގެ އެނެމެ ފުރިހަމައަށް ހިފާފަ ދައްކާލާނަމެވެ. ( ހަވަރު ތިނަދޫ އެމަޑީޕީ ބޮޑުންނޭވެ މީހުންނާ ރީތިކޮން ޑީލްކުރަން ދަސްކުރާށެވެ ނޫނީ ނަތިއްޔާ ހީވެސް ނުކުރާހާ ގޯސްވެދާނެއެވެ.)

  14
  1
 8. ޡު

  ޖެންޑަރ މިނިސްޓަރަށް ފަޤީރުން ތިބޭކަން އެނގެނީ މީހަކު ޕޯސްޓެއް ކުރެއްވީމަ.

  16
 9. އެލް ބޯޑު ސަރުކާރު

  ފެލެގު މޭން އެކަނިތަ ހޯދަންވީ.... މަމެންގެ ސަރުކާރުން ހޯދާނީ މަމެންގެ މީހާ އެކަނިތާދޯ

  11
 10. ޙަރީބު

  ލާދީނީ ބަޔަކަށް ދިދަ ހޫރަމުން ދުވެ ސަލާންޖަހަން ޖެހުމަކީ އިބުރަތެއް. ތައުބާވޭ ފުލެގުމޭން

  10
  2
 11. ބާކޮލި

  ހެހެ. ބޭބެމެންނަށް ހެޔޮ ވިސްނުން ދެއްވާށި. މިހާރު ސަހަރޯ ޙީވާނެ އެ ދިދަ ހިއްލާލެވުނީތީ. އިންސާފުގެ ކަންފުޅެއްވެސް ނެތް ތިލަފަތެއްގެ ފޮޓޮއެއް ޖެހިޔަސް އަދި އިންސާފެއް ނޫން އެއީ. ރައްޔިތުންނަށް ލިބުނު ފަސޭހައެއް ނެތް ލިބުނު ކުރިއެރުމެއްނެތް. ވެއްޓުނިއްޔާވެސް ވެއްޓުނީ ހުރި ހިސާބުން ފަހަތަށް. މީ ޣާފިލުވެ ނުތިބެ ވިސްނަން ޖެހޭ ކަންކަން

 12. މުބީނު މާރނީ

  އިބޫ އަކީ އެއް ފިޔަވަޅު ކުރިޔަށް އެޅިއްޔާ އަނެއް ފިޔަވަޅު ފަހަތަށް އަޅާ މީހެއް. ހުރިހާ ކަމެއް މިދަނީ އެ ސްޕީޑް ގައި. އެހާލުގަ އުޅެމުން ވެސް ތިމާ އަށް ކަމުދަނީ އަފީފް އޭ ބުނެފި. އަފީފް ހޮވުނު ނަމަ ދާނެ ބަރަވެލި ސްޕީޑް ވިސްނާލާ. އިބޫ އަށް ވެރިކަން ލިބުނީ ގާބިލު ވެގެނެއް ނޫން. މާވަހަރެއް ލައްގާ ހެން ލެއްގީ. މިވަރު އިބޫ ނުދަންނާތީ މައްސަލާ އަކީ.

 13. އަސްލުސޫރަ

  ތި އެންމްޑީޕީގެ ފެންވަރު.. ތިޔަ މީހުންގެ އަސްލު ސޫރަ މިހާރު ތިޔަ ފެންނަނީ.. ޖާނާ މާލުން ގުރުބާންވި މީހުން މަތިން ހަނދާނެއް ނުވާނެ ނިކަމެތިވެ ހާލިގަ ޖެހުނީމަ.. ނިކަމެތި މީހުންގެ ބޮލަށް ސަވާރިވެ އޯގާތެރިކަމޭ ޑިމޮކުރެސީއޭ ކިޔައިގެން ވެރިކަމަށް އައިސް މަހުޖަނުންގެ ފައިގަ ދޫލުން ކުރާކަމަކީ..

  10
 14. އޯގާ

  ކޮބާތޯ އެއްކަލަ އޯގާތެރިކަމުގެ މެޑަލް ޖަހައިގެން އުޅޭ ކެނެރީ ނަޝީދު؟ އޭނާއަށާ އޭނާގެ ޕާޓީއަށް މަރުދިން އެ ޕާޓީގެ ރޫހުކަމަށްވީ މި ނިކަމެތި ބޭބެ ހާލުގަ ޖެހުނީމަ ކަހާތަން ހިރުވާވެސް ނުލި.. ސަމާލުކަމަށް ގެނައީމަވެސް ބަހެއް ބުނެލަނަ ނުކެރުނު.. ތިޔަކަހަލަ މަކަރުވެރި ޔަހޫދީ އޯގާތެރިކަމާ ހިތްހެޔޮކަން ނުދެއްކިޔަސް ހެޔޮ

  12
 15. ޒައި

  ތިވެހި ކުދި ބޮޑު ރައްޔިތުންނަށް މިހާރު ސާފުވާނެކަމަށް ހީކުރަން. އޯގާތެރި ހިތްހެޔޮ އަޅާލާ އެކުވެރި މިބަސްތަކުން މީހުންގެ ބޮލަށް ސަވާރުވެ މީހުންގެ ބޭނުން ހިފާ ހާލުގަ ޖެހުނީމަ ބާކީކޮށް އެއްލާލާ ބައެއްކަން މިހާރު ސާފުވާނެ ތި އެމްޑީޕީއަކީ. މިއީ އެންމެ ކައިރީގަ އުޅޭ މީހުންނަށް ހަދާގޮތް އެހެން މީހުންނަށް ކިހާވަރެއް ދެން ވާނި

 16. ހުލާމް

  ރާއްޖެ އައް ބަރުލަމާނީ ނިޒާމް އައީ މާ ޖޭންޑާ މިނިސް ޓަރައްވެސް ފަހަރެއްގަ ތިހާލު ޖެހިދާނެ..އެމް ޑީ ޕީ މޮޓޯ އަކީ އެމީޙުން ބޭނުންވާ ކަމެއްވީމަ އަނެއްމީހާގެ މަތިން ހަދާން ނައްތާލުން

 17. ގުދު

  ތިބުނާ ފުލެގު މޭން ކުރިން ހީވަނީ ދުނިޔެ ރަންވެގެން އުޅުން ހެން .އެމް ޑީޕީ އާއި ހެދި މޮޔަ ވާމީހުން ނައް ހުރި ރަގަޅު ފިލާވަޅެއް

  10
  1
 18. ޅަބޭ

  ހެހެހހެހެހެހެހެހ އޯކޭވާނެ. ޔާމީނުގެ ސަރުކާރު ވައްޓާލެވިއްޖެއެއްނު. ކެޔޮގަނޑު ކަނޑާލީމަ ގަހުގެ ބޭނުންދިޔައީ. ދިދަހޫރާއައް އެވަރު އިގިފަ އޮންނަންވާނީ. އެމްޑީޕީ ދިދަހޫރާގެ ބޭނުންކޮއްލާ މިހާރު އެހެރީ ބާލިދީއެއްގެ ތެރެއައްލާފަ.

 19. ޑެއިލް

  ކޮންމެ ކަމެއްވެސް ސަރުކާރަށް އިނގެނީ ޝޯޝަލް މީޑިޔާ ކެކެންފެށީމަ. މުސާރަ ނަގައިގެން ނިދާފަ. ރައްޔިތުންނާއި ހަޥާލުވާނެ ބައެއް ނެތް.

  10
 20. ޠ

  އޭނަ މަރުވެއްޖޭވެސް ކީ އެއް އިރެއްގައި

  5
  1
 21. ރީދަލާޑާ

  ހަވަރު ތިނަދޫގައިވެސް ތިކަހަލަ ގޮތެކެވެ. ރިޔާސީ އިންތިހާބުގެރޭގައި މިސަރުކާރު ހޮވިއްޖެއްޔާ ވަޒީފާ ދޭނަމޭކިޔައިގެން ރަށުގެ ޒުވާނުންތަކެއްލައްވާ ގުދާރުބިދެންދެން މަސައްކަތްކުރުވާ މިސަރުކާރު ހޮވުނީމާ އެއްކަލަ ޒުވާނުންނަށް ލިބުނު ޖަވާބަކީ ކަލޭމެންނަށް ވަޒީފާ ދޭނީ ކޮންބައެއްހޭ. މަހަށް ދޭބަލާށޭ މާގިނަ ލާރި ލިބޭނެއޭ ބުނެފާ އެއްކަލަ މީހުން ސިޔާސީ މަގާމުތަކަށާއި އާއިލާ މީހުންނަށް ވަޒީފާތަށް ދިނީމާ އޭތިކަޑައޭ. ދެން ކުރިއަށް އޮތްތާގަވެސް ދާނީ މަޑުމަޑުން ކަޑަވަމުންނޭ. އޭތި ކަޑަވަމުންދާވަރަކީ ރައީސްއާއި ނައިބު ރައީސް އެއްފަހަރަކާ ތިނަދުއަށް ވަޑައިގަތީމާވެސް ސަރުކާރު މުއައްސަސާތަކުގެ މީހުންނާއެކު މަރުހަބާކިޔަން 150 މީހުން ހަމަނުވުމޭ. ވިސްނާ ފިކުރުކުރާބަޔަކަށް އެގޭނެއެވެ. ހަވަރު ތިނަދޫގައިވެސް ތިކަހަލަ ކިޔެންމެ ފްލޭގްމޭން އެއް ހާލުގައި ޖެހިގފައި އެބަތިއްބެވެ. ހަދާންކުރާށެވެ. ކެޔޮގަނޑު ކަޑާލުމަކުން ގަހުގެބޭނުން ދިޔައީކަމަށް ހީނުކުރާށެވެ. ގަހުގެ ބޭނުން އޭގެ އެންމެ ފުރިހަމައަށް ހިފާފަ ދައްކާލާނަމެވެ

 22. ރީދަލާޑާ

  ހަވަރު ތިނަދޫގައިވެސް ތިކަހަލަ ގޮތެކެވެ. ރިޔާސީ އިންތިހާބުގެރޭގައި މިސަރުކާރު ހޮވިއްޖެއްޔާ ވަޒީފާ ދޭނަމޭކިޔައިގެން ރަށުގެ ޒުވާނުންތަކެއްލައްވާ ގުދާރުބިދެންދެން މަސައްކަތްކުރުވާ މިސަރުކާރު ހޮވުނީމާ އެއްކަލަ ޒުވާނުންނަށް ލިބުނު ޖަވާބަކީ ކަލޭމެންނަށް ވަޒީފާ ދޭނީ ކޮންބައެއްހޭ. މަހަށް ދޭބަލާށޭ މާގިނަ ލާރި ލިބޭނެއޭ ބުނެފާ އެއްކަލަ މީހުން ސިޔާސީ މަގާމުތަކަށާއި އާއިލާ މީހުންނަށް ވަޒީފާތަށް ދިނީމާ އޭތިކަޑައޭ. ދެން ކުރިއަށް އޮތްތާގަވެސް ދާނީ މަޑުމަޑުން ކަޑަވަމުންނޭ. އޭތި ކަޑަވަމުންދާވަރަކީ ރައީސްއާއި ނައިބު ރައީސް އެއްފަހަރަކާ ތިނަދުއަށް ވަޑައިގަތީމާވެސް ސަރުކާރު މުއައްސަސާތަކުގެ މީހުންނާއެކު މަރުހަބާކިޔަން 150 މީހުން ހަމަނުވުމޭ. ވިސްނާ ފިކުރުކުރާބަޔަކަށް އެގޭނެއެވެ. ހަވަރު ތިނަދޫގައިވެސް ތިކަހަލަ ކިޔެންމެ ފްލޭގްމޭން އެއް ހާލުގައި ޖެހިގފައި އެބަތިއްބެވެ. ހަދާންކުރާށެވެ. ކެޔޮގަނޑު ކަޑާލުމަކުން ގަހުގެބޭނުން ދިޔައީކަމަށް ހީނުކުރާށެވެ. ގަހުގެ ބޭނުން އޭގެ އެނެމެ ފުރިހަމައަށް ހިފާފަ ދައްކާލާނަމެވެ

 23. ޖޯބެ

  އަންނި ބުނީ ވެރިކަން ލިބިއްޖެޔޯ ދެން ކަލޭގެ ބޭނުމެއް ނެތޯ ! އެކަންވާ އަހަރެމެނަށް ރަގަޅަށް އެބަ ފެނޭ

  10
 24. މިޒީ

  އަވަހަށް މުޒާހަރާއެއް ބާއްވާ..... އޭރުން ފެންނާނެ ދިދަ ހިފައިގެން ހުއްޓަ..... ބޭބެއަށް ހެޔޮ ރަޙުމަތް ލައްވާށި..

 25. މަންޖެ

  މިއީ އަޖައިބެއް. ޓުވީޓަރގައި ޖެހިއްޔާ ނޫނީ ތިޔަ މިނިސްޓްރީ މީހުންނަށް ފެންނަ ކަމަކަށް ނުވޭ. އަހަރުމެންނަށް ފެނޭ ސަލާންޖަހަން އޭޓީއެމް ކައިރީގައި ތިބޭމީހުންވެސް. އެކަމަކު ތިޔަ ކަމާ ބެހޭ ފަރާތުގެ އެއްވެސް މީހަކަަށް ނުފެނޭ. ސޯޝަލް މީޑިއާގައި ޖެހީ ހަމަ ފެނުނީ. ދެން އުޅޭނެ ފަޔަަށް ހިނިއަރައިގެން އުޅޭހެން.

 26. ބަބުރޭ

  ދެންވީ އެމީހާ ގެނެއްސަ މިނިސްޓަރަކަށް ލާންތަ މިހާރު އެމީހާގެ ހިފޭނެ ބޭނުމެއްނެތް ޕާޓީއަކަށް

 27. އޮނު

  އޭނާ ހޯދައިގެން ގެންގޮސް ޖެންޑަރ މިނިސްޓަރާއިވެސް ޙަވާލުކޮށްފާނަން. އެހެނަސް އަނެއްދުވަހު ހުންނާނެ ސަލާންޖަހަން މަގުމަތީގައި. ދެންކޮން ބޭކާރުކަމެއްތޯ ކުރުވަނީ. މީގެކުރިންވެސް މިފަދަ އެތަށް ބަޔެއް ޖެންޑާރ އާއި ޙަވާލުކުރެވިފައި ވާނެ. އެހެނަސް އެމީހުން މަގުތަކުގައި އުޅެމުންދޭ މިހާރުވެސް.
  ދެން އެމްޑީޕީގެ ފްލެގްމޭން ވީމަ ގެންގޮސް ދަޢުލަތުން މިވަގުތު ޚަރަދުކޮށްފާނެ.
  އެހެނަސް މިއީ ފައިސާއިން ރައްޔިތުންނަށް ޚަރަދުނުކޮށް ކަމެއްކޮށްނުދީ ސޯޝަލް މީޑިޔާއިން ދައުލަތް ހިންގާ ސަރުކާރެއް. ވީމާ ތިޔަ ކަންތައްވެސް ދެންތިނިމުނީ.