ކަންކަން ކުރުމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ސަރުކާރު ލަސްކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކަކީ ބޮޑު ދޮގެއްކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، މިހާރު ހުޅުމާލޭގައި ކުރިއަށްދާ ޔޫތް ކޮންގްރެސްގައި ވާހަކަދައްކަމުންނެވެ.
ނަޝީދު ވިދާޅުވީ، މި ސަރުކާރު ލަސްކަމަށް ބުނާ ވާހަކަތަކަކީ ދޮގެއް ކަމަށާއި އެ ދޮގު ތަކުރާރުކުރަނީ ރައްޔިތުންނަށް އެއީ ތެދެއްކަން ވިސްނައިދިނުމުގެ ބޭނުމުގައި ކަމަށެވެ.
"އެއީ ދޮގެއް، ކަނޑައެޅިގެން ދޮގެއް، އެ ދޮގަކީ ތަކުރާރުކޮށްކޮށް ތެދަކަށް ހަދަން ވެގެން އުޅޭ ދޮގެއް، އޭހެ ތެރެއަށް ތިބޭފުޅުން ނުވަންނަވާތި، އެ ދޮގު ތަކުރާރު ނުކުރައްވާތި"ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، މި ސަރުކާރުން ކަމެއް ނުކުރެއޭ ބުނެ ލަސްވެގެން އުޅޭކަން ނުޖެހޭ ކަމަށެވެ.
"އަޅުގަނޑުވެސް ރައީސްކަން ކުރިން ޔާމީންވެސް ދައުރެއް ނިންމަވައިފި، މިއިން ކޮންމެ ދައުރެއްގައި ވެސް ކަމެއް ހިނގަން ފަށާފަހުރީ، ކޮން އިރެއްގައިތޯ ރަނގަޅަށް ބައްލަވާލައްވަބައްލަވާ. ޕީއެސްއަޕީ ޑިސްޕާސް ނުވެގެން، އަޅުގަނޑުމެން ބޭނުން ޑިސްޕާސްވާން. މުޅި ޖުމްލަ ނިމޭއިރުވެސް 70 ޕަސެންޓް ނުވާ އެއްޗެއް އެއީ. އަޅުގަނޑުމެންނަށް ކަމެއް ލަސްވެގެެނެއް އުޅެންޖެހޭ ކަށެއް ނެތް" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިގޮތަށް ވިދާޅުވިއިރު، މި ސަރުކާރުން އާ މަޝްރޫއެއް ނުފަށާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.
ލަސްހަމަ، ވެށިފަހި، ގެދޮރު ކިޔާފަ އެހެންކަމަކާ އުޅެނީ.. އަހަރުމެން އަދިވެސް ބަންކު އެނދުގަ ދެމަފިރިން
ސަރުކާރުއަވަސްވިޔަސްމިއަދާހަމަޔަށް
އާއެއްވެސްކަމެއްފެށިފައެއްނެތް
ސީދާ ކަނޑައެޅިގެން ބޮޑު ދޮގެއް!
ލަހޭ އަވަހޭ ބުނެވޭނީ ހިނގައިގަނެގެންނު.
ހަމަ ފިނިހަކި ސްޕީޑް، ހަ މަސްތެރޭގަ ރާޖޭގެ ބަޖެޓް ބަނޑަށް އެޅީ. ވިސްނާގެން ތިބޭތި ރައްޔިތުން މިތަން ދައްކާނެ
ނުވަމަސް ދިހަ ވީ އިރުވެސް ކުރެވުނު ކަމަކީ އެކުވެރިންނަށް ބައި އަޅާ ސަރުކާރުގެ މާލިއްޔަތު ހުސްކުރުން.
ސަރުކާރު ޒިންމާދާރުކުރުމުގެ ބަދަލުގައި، މަޖިލީހުން ސަރުކާރުހިމާޔަތްކުރަނީ ދޯ. ކުރިޔަށްވުރެ މާގޯސްހެން ހީވަނީ މިހާރު.
މިސަރުކާރުގެ ސްޕީޑުމަތިޖެޓް އިންޖީނަކައްވުރެ މިސްޕީޑުގަ ދަނިކޮއް ވެއްޓިއްޖެނަމަ ވެއްޓޭނީ އިނގިރޭސި ވީލާތުގެ އަވަޝަކައް ދެންތިބޭނީ އެތަނުގަ ބަނޑަހަގެ ޖަހާގެން ގޮނޑި ދުއްވަން ޖަޒީރާ ތަސްވީރައްބަލާގެން ހަކުރުގިނަވޭ ތެޔޮބިޑި މަދުވޭ ރާވަރެއް ކިޔާލަކިޔާލާ.
ތެދު ހަމަ.... ކަމެއް ނުކޮތް ދޭ. ހުސް ނުބައި ކަންތަށް ފަތުރަން އުޅެނީ ރައްޔިތުންނަށް ފައިދާ ހުރި އެއް ކަމެއް ނުކޮށްދީ. ރަށްގިރުން ހުއްޓުވުން، ރަގަޅު ބަދަރެއް އެޅުން، ރަގަޅު ހޮސްޕިޓަލެއް އެޅުން، މަގުހެދުން މިއިން ކަމެއް ކޮށްދޭ ތަނެއް ނުފެނޭ.... ފޭކް ވާހަކަ އިންތިހާބާ ދިމާކޮށް ދައްކާފަ ރަގަޅު ކަމެއް ކޮށްދޭތަނެއް ނިފެނޭ.
ކަލޭމެންނަކީ ޔާމީނަކީ ވަގެކޭ ކިޔާކިޔާ އެންމެންނަށް އެއީ ތެދެއްކަމަށް ވިސްނެންދެން އެހެން ކީ ބައެއް . އެކަމަކު ހަގީގަތަކީ ސިޔާސީ އެންމެންނަކީ ވެސް ވަގުންކަން. ދައުލަތަށް ފައިދާތަކެއް ހޯދައިދީފަ އެތިކޮޅެއް ކާލާ މީހާއަށްވުރެ، ކުރި އެއްވެސް ކަމެއް ފެންނަން ނެތި ކާމީހާގެ ވަގުކަން މާ ބޮޑެއްނޫންތޯ؟؟
މިޔޮށް ހުރިހާދުވަހު، އަނިޔާ ވައްކަން ކަރެޕްޝަން އަދި ޕްރޮޖެކްޓްތައް އަގުބޮޑޭކިޔާގެން ދޮގުހަދާ އެދޮގުތަށް އެމްޑީޕީ މީހުން ކޮށްމެ މީހަކު ދުވާލަކު 100 ފަހަރު ތަކުރާރު ކޮށްގެން ރައްޔަތުންނަށް ތެދެއްކަމަށްދައްކާގެން ވެރިކަމަށް އާސް ހިންގާ ޕްރޮޖެކްޓްތަށް ލަސްވެފަ ޔާމީން ސަރުކާރުން ހިންގި އަގުތަކަށް ބަލާއިރު 5 ގުނަ އަގުޕޮޑުވެގެން ދިޔާމަ ދެންވެސް ރައްޔަތުން ޤަބޫލުކުރަންވީ މިހާރު ޕްރޮޖެކްޓްތައްހިންގަނީ ހަމައަގުގަކަމަށްތޯ؟ ކަރެޕްޝަންނެތްކަމަށްވާނެތޯ؟ ޔާމީންސަރުކާރުން 5 އަހަރުން ނެގިލޯނަށްވުރެ ބޮޑުލޯނު 1 އަހަރުނުވަނީސް ނަގާފި. ހިންގާޕްރޮޖެކްޓް އެއްނުފެނެ. 5 މިލިޔަނަށް އެޅޭނެ އިމާރާތެއް އުކުޅަހުގަ 20 މިލިޔަނައް އަޅައިފި.
ހުރިހާކަމެއްވެސް އުނދަގޫ ކުރަން
ވާހަކަ ދައްކަން ފުރަތަމަ ދަސް ކުރަންވީ. މީހުން މާނަ ކުރާ ގޮތޭ ނުކިޔާ.
ޙަމައެއްވެސް ކަމެއް ކުރިއަކަށް ނުދޭ އަދި އާ ކަމެއް ނުވެސް ފެށޭ.