ކ.މާފުށި ޕޮލިސް ސްޓޭޝަނުން ތަޙްޤީޤް ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޏ.ފުވައްމުލައް، މިސްކިތްމަގު. ދޯނާޑު، މުޙައްމަދު ޘަނާއު (23އ) އެވެ.

އޭނާ އާއި ގުޅުން ހުރި މައްސަލައިގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.

ފުލުހުންގެ ވެބްސައިޓްގައި ވިދާޅުވެފައި ވަނީ މުޙައްމަދު ޘަނާއު އާގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ކ.މާފުށި ޕޮލިސް ސްޓޭޝަނުގެ ނަމްބަރު 9790091 އަށް ގުޅުއްވައި ޙިއްސާކުރެއްވުން އެދޭ ކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.