މަސްތުވާއެއްޗެއް ޓްރެފިކް ކުރި މައްސަލައެއްގައި މީހަކު ހޯދުމަށް ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ހާމަކުރި ގޮތުގައި މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލާ ގުޅިގެން ހޯދަމުން ދަނީ ކ. މާލެ / ހ. ރަތްކުންނާރުގެ، އާރިޝް ޝިޔާމް (29އ) އެވެ.

އޭނާ ހޯދަމުންދަނީ ކުރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރު ކުރަން ބޭނުންވެ ހާޒިރު ކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.

ދައުލަތުން ދައުވާކުރާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ކުށުގެ މައްސަލައައާ ގުޅިގެން އާރިޝް ޝިޔާމް ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާތީ ބަންދުގައި ބަހައްޓައިގެން މިމަހުގެ ތިން ވަނަ ދުވަހުގެ 11:15 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އާރިޝް ޝިޔާމް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދޭކަމަށެވެ. އެފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފުލުހުންވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. މުއިއްޒު އެއްބުރުން

    މަސްތުވާތަކެތި މިތާ ދައުރުކުރުވަނީ ދައުލަތު އިސް މީހުން. ވޯޓާ ދިމާކޮށް މިކަހަލަ ހަބަރެއް ޖަހާލިޔަސް ވަލު ދޮރާށިން ބޭރުކުރާނެ. އަދި މެމްބަރު ފަލާހު ކަހަލަ މީހުންގެ ދަރިން ޑްރަގާއި އެކު ހިފުމުން ހައްޔަރުވެސް ނުކުރޭ. މިހާރު ގައުމަށް ބޭނުމީ ހެޔޮ ވެރިއެއް. އެއީ މުއިއްޒު

    • ޢަހުމަދުވަގާރު

      ބަލަގަ އުމަރު ނަސީރެއް ނޫންތަ އެ ކިޔަނީ ޑްރަގު ނައްތާލާ އިސްލާމީ ޝަރިޔާ ގާއިމު ކުރާނަމޭ.

      1
      1
      • ކޮމެންޓްކުރާމީހާ

        އިބޫއަށް ތާއީދުކުރާކަމަށް ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކަށް ވީޑިއޯއެއް ފޮނުވާލާފަ އިބޫއަށް ސަނާކިިޔާ ވީޑިއޯތައް ސޯޝަލް މީޑިއާގަ ޝެއަރކުރަންފަށާ.. މިއީ ކުށުން އެންމެ ފަސޭހައިން ސަލާމަތްވާން އޮންނަ ގޮތަކީ މިހާރު..