އިދިކޮޅު ފަރާތްތަކުން އަބަދުވެސް ސަރުކާރު ވައްޓާލާނަމޭ ކިޔަނީ އިދިކޮޅު ސަޕޯޓަރުން މާޔޫސް ވިޔަ ނުދޭން ކަމަށް ޕީޕީއެމްގެ ސެކެޓަރީ ޖެނަރަލް އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޑރ.އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.

އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް މަޑު ޖެހިފައި މިވަނީ އެބޭފުޅުން ދިން ތާރީހުތަކުގައި ވެސް ބޭނުން ވި ނަތީޖާ ނުނެރެވުމުން ތޯ "ވަގުތު" އިން ދެންނެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުގެ އަމާޒަކީ އަބަދުވެސް ސަރުކާރު ވައްޓާލުން ކަމަށާއި އެބޭފުޅުން އެކުރައްވާ މަސައްކަތް ކާމިޔާބު ނުވާނެ ކަށެވެ.

"އަބަދުވެސް ސަރުކާރު ވައްޓާލާނަމޭ ކިޔަނީ ސަޕޯޓަރުން މާޔޫސް ވިޔަ ނުދޭން, އަޅުގަނޑުމެންނަށް އެބަ ފެނޭ ދުވަހެއް ދުވަހަކަށް އިދިކޮޅު ޖަލްސާތަކަށް މީހުންދާ މިންވަރު މަދުވަމުންދާ މަންޒަރު. އަސްލު ހަގީގަތުގައި ރައްޔިތުން މިއަދު ބޭނުންމެއް ނުވޭ މަގުމައްޗަށް ނިކުމެ މުޒާހަރާ ކުރާކަށް." ހަލީލް ވިދާޅުވިއެވެ.

ހަލީލް ވިދާޅުވީ އިދިކޮޅަށް ދަނީ ރައްޔިތުންގެ ތާއީދު ކުޑަ ވަމުން ކަމަށާއި ކިތަންމެ ވަރަކަށް މުޒާހަރާ ކުރިޔަސް މަގުމަތިން ސަރުކާރު ނުވެއްޓޭނެ ކަމަށާއި ސަރުކާރު އޮތީ އެޔަށްވުރެން މާވަރުގަދަ ކޮށް ކަމަށެވެ.

އިދިކޮޅުން ބޮޑު މުޒާހަރާ އަކަށް ތައްޔާރު ވަމުންދާއިރު އިދިކޮޅުން ފަރާތް ތަކުން ފެއްބްރުއަރީ މަހުގެ 16 ވަނަ ދުވަހު މުޅި ރާއްޖެއިން މީހުން ގެނެސްގެން "ހުއްޓުވާ" ނަމުގައި ބޮޑު އެއްވުމެއް މާލޭގައި ކުރިއަށް ގެންދިޔަ އިރު އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދިޔައީ ގެޔަށް ވަންނާނީ ރައީސް ޔާމީން ހުއްޓުވާފައި ކަމަށެވެ. ނަމަވެސް އެރޭގެ މުޒާހަރާ ވަނީ ވަރަށް ފަސޭހައިން ރޫޅިގެން ގޮސްފައެވެ. މުޅި ރާއްޖެ އިން މީހުން ގެނެސްގެން ވެސް އިދިކޮޅު ފަރާތްތަކުގެ ބޮޑު މުޒާހަރާ އަށް އެއް ކުރެވުނީ 800 ވަރަކަށް މީހުންނެވެ.

ސަރުކާރު ހުއްޓުވާ ސަރުކާރު ވައްޓާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާ އަށް ފަހު ޖެހިގެން އައި ދެރޭ ވެސް މުޒާހަރާ ކުރިއަށް ދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން އިއުލާން ކުރި ނަމަވެސް އެ ދެ ރޭ އެއްވެސް ވަރަކަށް މުޒާހަރާ ކުރިއަކަށް ނުދެއެވެ. އެއިން ރެއެއްގެ މުޒާހަރާ އަށް އިދިކޮޅަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ވެސް ވަޑައެއް ނުގަންނަވައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަރުހޮވާ

    ކޮބާ ރަންރީނދޫ ޓްވިޓަރޭ ފެބް މަހު ތަމެން ގެންނަން އުޅުނު ޖުޑިޝަލް ކޫ ތަމެން އަތަށް ގޮވުމުން ދެން އަނެއްކާ ތަމެން އެމްޕީއެލް ގައި އުޅޭ މަޖޫރީން ލައްވާ ކޫ އެއް އެމްޕީއެލް އަށް ގެނައުމުުން އޭގެ ކައުންޓަރ އެޓޭކް މަމެން ލާރޖް ކޮށް ދޭ ތަން ފެނި ބޮލުން ދުން އަރަނީ ތޭ މަމެން ބުނަން ނެތީމު ދޯ. ތަމެން ދެން މަމެން ޕިންކީންގެ ވެރިކަމުގެ ކްރެޑިބިލިޓީ ގެއްލުވާލަން ނޫޅެ ދަގަ މިއޮށް ރޯނު ބޮނޑިވަރު ހިފަިއގެން ވަލަށް ދަރުހޮވަން. ދަރުހޮވާދޯ.

  2. މުހައްމަދުސުލައިމާނު

    ނަގާފަވާފާސްއެއީނުސައްހައެއްޗެއްކަންއެނގެނީ ވަގުޓިނަށްސަޕޯޓްކޮށްގެންއުޅޭތީ!

  3. ނާނީ

    ތިމީހުންވެސް ތިވާހަކަ ދައްކަނީ އެހެންވެ؟ޕާޓީ ކުދިންކޮޅު ދެރަވެދާނެތީތަ؟

  4. ހާލިދު ބުން ވަލީދު

    ހާދަހާ ބިރެއް ގަނެޔޭ ދޯ !

  5. ައަލީބެ

    އަބަދުވެސް ބުނަނީ މިރޭނިންމާނަން ، މާދަމާވައްޓާލާނަން ، މިރޭ ޔާމީނުގެއްލޭނެ މިހެން ކިޔާއިތާ ފަސްއަހަރުވެއްޖެ މިދައުރުވެސް މިނިމެނީ ދެންވެސް ރައީސް ޔާމީނު

  6. ލިޔޫސާ

    ޕިންކް ކުދިން ދެރަވަނީ ރަންރީދުލޭމެން ސަރުކާރު ވައްޓާލާފާނޭތީކީ ނޫން! ރީދޫހުން މިޤަވްމަށް އަލުންޖެހި އަލުންވެސް ދިވެހިން މިނިކާރާއްޖެއަށް ދާންޖެހިދާނޭތީއާ ރައްޔިތުންގެ އެކައުންޓްތައް އަލުންވެސް ފައިކޭޓަށް އަޅާލާފާނޭތީއާ އަލުންވެސް ސިވިލްސާވަންޓުންގެ މުސާރަކޮޅު ޕަކަޅާކޮށްލާފާނޭތީއާ ، އޮފީސްތަކާ މިނިސްޓްރީތައް ހިންގަންދޭ ބަޖެޓް އަލުންވެސް ބަނޑުއަޅާލާފާނޭތީ! އެގިއްޖެބާ "ނާނީ "؟