ރާއްޖޭގައި ލޭ އޮހޮރުވުން ނުހިންގަން އައިއެސް ޖަމާޢާތުން ނިންމާފައިވާ ކަމަށް މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް ޞާލިހް އުފައްދަވާފައި އޮންނަ ރިޔާސީ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރިޔާސީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވި ރިޕޯޓްގައި ބުނެފައި ވަނީ "އައިއެސް ފަޅިން ނިންމާފައި އޮންނަނީ ލޭގެ ކަންތައްތައް (ލޭ އޮހޮރުވުންތައް) ރާއްޖޭގައި ނުޖެއްސުމަށެވެ. އެމީހުން ބުނެފައި އޮންނަނީ އެކަމަކުން ލިބޭ ފައިދާއަށް ވުރެ ގެއްލުން ބޮޑުވާނަމަ ލޭގެ ކަންތައް ޖެއްސުމަކީ ހަލާލު ކަމެއް ނޫންކަމަށެވެ."

ރިޕޯޓްގައި ބުނެފައި ވަނީ ނަމަވެސް ޖަބްހަތުއްނުސްރާ ފަޅީގެ ވިސްނުން މިއާ ތަފާތެވެ. ވަކިވަކި މަރުތަކުގެ ކަންތައްތައް ރާއްޖޭގައި ޖައްސާފައި ވަނީ ޖަބްހަތުއް ނުސްރާ ފަޅިން ކަމަށް ރިޕީޓްގައި ވެއެވެ.

"ކަބްހަތުއް ނުސްރާ ފަޅީގައި، މަޖީދުގެ ދަށުން ހުންނަ ބޮޑު ޝައިހަކީ ސޯމިތު އެވެ. މިޖަމާޢަތުގައި ލޭ ހުއްދަ ކުރާ މައި ޝޭހަކީ މި ސޯމިތު އެވެ." ރިޕޯޓްގައި ވެއެވެ.

ޖަމާޢަތްތައް ރާއްޖޭގައި ކުރިއަށް ގެންދާ ގޮތުގެ ތަފްސީލްތައް ދެމުން ރިޕޯޓްގައި ބުނެފައި ވަނީ ގޮފިތަކުގެ އަމީރުން ދައުވަތުގެ ކަންތައް ކުރިއަށް ގެންދިއުމަށް ފަހު އެ ސެލްގެ އެހެން ކުދިން ތަމްރީން ވުމަށް ސޯމިތު ކައިރިއަށް ގެންދެއެވެ.

ސޯމިތު ކައިރިއަށް އެމީހަކު ގެންދާނީ އެމީހާއާމެދު ގެރެންޓީ ލިބުމުންނެވެ. ސޯމިތު ކައިރިއަށް ގެންދިއުމުން ފުރަތަމަ ވެސް އޭނާ ފަށާނީ އުސޫލުއްސަލަފް ފޮތުން ތައުހީދާ ހިސާބުންނެވެ.

"އެހިސާބުން ފަށައިގެން މައްޗަށް ގޮސް މިޝަންއެއް އެއިން މީހަކާ ހަވާލު ކުރާނީ ސޯމިތުއަށް އެމީހަކު މުޅިން ގެރަންޓީ ވުމުންނެވެ. ކޮންމެ ކޮންމެ މީހަކަށް ސޯމިތުއާ ބައްދަލެއް ނުކުރެވޭނެއެވެ." ރިޕޯޓްގައި ވެއެވެ.

ރާއްޖޭގައި ލޭ އޮހޮރުވުން ނުހިންގަން އައިއެސް އިން ނިންމާފައި އޮތް ނަމަވެސް ސީރިއާ އާއި އިރާޤުގައި ހަރަކާތްތެރިވާ އެޖަމާޢަތުގެ އަސްލު ބައިވެރިންނަކީ ވަރަށް ބޮޑަށް ހަރުކަށި ވިސްނުންތަކަށާއި ލޭ އޮހޮރުވުންތަކަށް ތާއިދުކުރާ ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

 1. ޚާން

  ޝުކުރިއްޔާ އައިއެސް

  65
  6
  • ދޮގެއް؟

   އެމީހުން ކީއްކުރަން މިތާ ލޭއޮހޮރުވަންވީ! ސޫރިއާ، މިސްރު، ފަލަސްޠީނު، އިރާގު ކަހަލަ މުސްލިމުން ދިރިއުޅޭ ތަންތާއެއްނު އެމީހުން އެބާވަތު ކަންކަން ހިންގާނީ.

   6
   4
 2. އިބްރާހިމް

  ރާއްޖޭގައި ހިންގާ ހުރިހައި ނުބައިކަމެއް އައިއެސްގެ ބޮލަާްޖެހީ. 2012 ފެބް 8 ގައި ބޮޑުހުޅު ޖެހީވެސް ސިޔާސީ ހަރުކަށިމީހުނެއްނޫނެވެ. އައިއެސްއެވެ.

  121
  5
  • ކެކެކެ

   އެއީ ކާހިނުކަލޭގެ ރާޓީވީގަ އިނދެ ދެމީހަކު މަރާލުމުން ވީ ކަމެއް

   11
   2
 3. ޖަހާންގީރު

  އަނިޔާވެރިންނަކީ ޒަޔަނިސްޓް އިޒްރޭލް ޔަމަނަށް ޙަމަލަދޭ ސައުދީ ހިންދޫ އިންޑިއާ މޯދީއަށް އެވޯރޑް ތައް ދިން ޔޫ އޭއީ އަދި ރާއްޖެ

  105
  5
 4. މުހައްމަދު

  ނޭނގޭ ކަމެއްވެސް އެނގޭ ކަމެއްވެސް ނެއްވެސްނެތް. ބޯހަލާކު. މިދުވަސްވަރު ސަރުކާރުން ކީވެބާ މިއުޅެނީ މާ ޖިހާދީވެގެން..

  87
  3
 5. ވިސްނޭ

  އަނެއްކޮޅަށް ޖަހަނީ ދޯ...އަތަށްގޮވީ....

  66
  5
 6. އައިއެސް

  ބަލަ އައިއެސް އަކީ އެމެރިކާ އިޒްރޭލުގެ ޖަމާއަތެއް. ވީއިރު މުސްލިމް ދިވެހިރާއްޖޭގައި ލޭ ނުއޮހޮރުވާ ދެން ލޭ އޮހޮރުވަން އެއުޅެނީ ކޮންތަނެއްގަ؟

  53
  6
  • އަައިއެސް ގެ އައްޕަ

   ކަލެއަށް މާބޮޑަށް އެނގެނީ......އެއީ ވާގޮތަކީ

   8
   8
  • ދދދދދދ

   އެމީހުންނަށް އެނގޭ މި ގައުމުގަ ތިބީ ގިނައިން އިސްލާމްދީނަށް ފުރައްސާރަކުރާ މީހުންކަން

 7. ީިަްއިސްލާމިކް ސްޓޭޓް

  ކަންމިހެން ހުރުމާއެކު މިތަން ސަލާމަތުން ބާއްވަން ބޭނުމިއްޔާ ކުޅަދުރު ހަތައަށް އޮށްގާ އުކަންނޫޅޭށެވެ.

  48
  7
 8. ގަބޫލް ކުރުން

  ގަބޫލު ކުރަންޖެހޭ ޖަމަކީ އައިސިސް އިން ބޭނުންނަމަ މިތަން އެފުށް މިފުށަށް ޖެހިދާނެކަން. ނަމަވެސް އެމީހުންގެ މި ނިންމުމަށް މަރުޚަބާ ކިޔަން.

  39
  7
 9. ވާފިރު

  ފޮޓޯއިންވެސް ދޭހަކޮށްދެނީ ދެއްކުންތެރިކަން

  24
  22
 10. ކިނބޫ

  ... މިގައުގެ ހައްގުގަ ދީނުގެ ހައްގުގަ ރައްޔިތުންގެ ހައްގުގަ ބަހެބުނެލާނެ ހިއްވަރު ހުރި އެކަކުނެތި މުޅިގައުމު މި ނުލަފާ މީހުންގެ އަތްދަށުލާއިފި.. ނަމުން ސޯލިހު ކަމުން ނުބައި ނުލަފާ އިބުރާހީމުގެ ވެރިކަން ހައްދުން ނައްޓާއިފި.. ތަނެއްގަހުރި ގަނބެހެން ހައްޕު ކިޔައިގެންހުރެ ނުބައި ޖައްބާރު ވެރިކަމެމިކުރަނީ.. ހިޔަޅު ވިސްނުންހުރީ..

  42
  5
 11. ހިތާމަ

  އައިއެސްއަކީ ސީދާ ޔަހޫދީންގެ ޖަމާއަތެއް. އިސްލާމުންގެ އަގުވައްޓާލައި ދީނަށް ހަޖޫޖެހުމަށް އުފައްދާފައިވާ ޖަމާއަތެއް. އެއަކު ނޫޅޭ ދީނީ މީހުންނެއް. އުފެދުނުގޮތް ބަލައިލީމާ އެންމެންނަށް އެނގޭނެ. ފަންޑުކުރަނީވެސް ޔަހޫދީން

  38
  15
  • ޙުސްނުއްސުޫބެ

   ދުނިޔޭގެ ހިންގާ ހަނގުރާމަތަޢް ދިރާސާ ކުރާ މީހެއްގެ ހައިސިއްޔަތުން ބުނެލަން އޮތީ ނިރުބަ ވެރި ޖަމާ އަތެއް ކަމުގައިވާ އައިސިސް އަކީ އޭމީހުން ގެ ވޯސްޓް އެނެމީ ޢާ ނޫނީ ލޭއޮހުރުވުން ހިންގާ ބައެއް ނޫން. ޢެކަމު އެއީ ވ.ޖެހިލުން ކުޑަ ބާރުގަދަ ބައެއް.

   ޜިޕޯޓް: އޭ އެފްޕީ އެން

   20
   2
 12. މަސްހުނި

  އަޅެ މިކޮމިޝަންގެ ރައީސަކީ ހާދަހާ ފަގުޑިދިގު މީހެއްދޯ އައިއެސްއިން ނިނަމާކަންތައް އެގޭއަިރު މިރައީސަށް ރިޟުވާނުގެ ކަރުބުރިކޮށްލި މީހާ ނޭގިގެން މިއުޅޭނީ ކީއްވެބާ!

  30
  2
 13. ޔާމީން

  ރާއްޖޭގަ އައިސެސްކުރަނީ ވައްކަން.

  6
  9
 14. ހުސޭނުބޭ

  ވީމާ އައިއެސް ގެ ބޮޑުމީހަކީ ހުސްނު ސުޢޫދު ދޯ! އައިއެސްގެ ނިންމުން ސީދާ ހުސްނު ސުޢޫދު ނިންމާފައި މަޖިލީހަށް ރިޕޯޓު ފޮނުވާފައި ތިއޮތީ!

  19
 15. ސޯނާ

  ހާދަފުރިހަމަވާނެ ރާއްޖޭގަ އައިއެސްދިދައާއިއެކު މާލޭގަ މުޒާހިރާކުރިމީހުންގެ ފޮޓޯޖަހާލިނަމަ މިބައިގަޑުގެ ބޮޑުމަންޒަރު ފެންނާނެ !

  12
  9
 16. ޚ

  ޚަބަރު ކަމަކު ނުދޭ އެ އީ ނަޝީދު ގެ ދަށުން ހިނގާ ކޮމިޝަނެއް ނޫންބާ ؟ ރިޕޯރޓް ވެސް ނަޝީދު އަށް ނުވިތާކަށް އެ ރިޕޯރޓްއާއި ބެހޭ ގޮތުން މަޝްވަރާވެސް މަޖިލީހުގަ ކުރީ މިހާރު ބަލަން ވެއްޖެ ކޮމިޝަނަކުން މި އީ ކާކު ހިންގާ ވެރިކަމެއްތޯ!

  15
  1
 17. މަލްޑީވިއަންޓް

  ގޯސް ބަޔަކީ އައިސިސް އެވެ. އެއީ އައިސިސް މީހުން ދެން ތިބި ގުރޫޕުތައް ގޯސް ކަމުގައި ބުނާތީއެވެ. ޝޭހުން ބުނާ ގޮތުން އައިސިސް އިން މިހެން ބުނަނީ އެއީ އެމީހުންނަކީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ ބަޔަކަށް ވީމައެވެ.
  ދެން މިކަމާ ވިސްނާލަމާ ހިނގާށެވެ. ހުރިހާ ލޭއޮހޮރުވުމެއް ހިންގީ ނުސްރާ އިންނެވެ. ޝޭހުން ތިއްބެވީ އައިސިސް ކުރާ ކަމެއް ކަމުގައި މީހުންނަށް ދައްކާށެވެ. ބޮޑު މަންޒަރު ވަރަށް ސާފެވެ.

  10
  10
 18. ޢަދުރޭ

  ޓެރަރިސްޓުންނަކީ ކެހިވެރި ބައެއް އެމީހުން ބުނާ އެއްޗަކަށް އިތުބާރު ކުރާނީ މޮޔައެއް އިބިލީސް އީމާންވެއްޖެއޭ ބުނެފިއްޔާ ވެސް އަހަރުން ވީ ޤަބޫލުކުރަން ދޯ . ދީން އެއީ ބަހަނާ އެއް ކަމަށް ހަދައިގެން މީހުން މެރުމާ ފޭރުމާ ވައްކަން ކުރުން އަދި ހަށިވިއްކުން. ޖިހާދުއް ނިކާޙްގެ ނަމުގައި ތި މީހުން ހުއްދަ ކުރޭ. ހައިލު ނުވާ ކުޑަކުދިން ނާ މަލަކަލް ޔަމީން ގެ ނަމުގައި ނުވަތަ ޖާރިޔާއިންގެ ނަމުގައި ޖިންސީ ގުޅުން ހިންގާ . އެއީ މާތް ރަސޫލާގެ ދަޢުވަތެއް ނޫން . ރަސޫލާ ގެންނެވީ އާ ދީނެއް ނޫން . އިބްރާހީމްގެފާނުގެ މިއްލަތު މާތް ރަސޫލާވެސް ގެންނެވީ . އެ މިއްލަތަށް ތަބަޢަ ވުމަށް ﷲ އެކަލޭގެފާނަށް އަންގަވާފަ އޮތީ. އައިސިސް އާ އަލްޤައިދާ ތިއުޅެނީ އެ މީހުން އަމިއްލަޔަށް ހަދައިގެން އުޅޭ ދީނެއް

  14
  7
  • ހުދުހުދު

   އައިއެސް އާއި ބެހޭ ގޮތުން އެކައްޗެއް ވެސް ނޭގޭ މީހެއްތީ. ހަގީގަތަށް ބުނަންޔާ އައިއެސް އިން ތި އެއްކަމެއް ވެސް ނުކުރޭ. ކާފަރު މީޑިޔާ ތަކުން ދައްކާ ދޮގު ވާހަކަ ތީ. ތި އަޑު އިވޭ ވާހަކަ ތަކާ އައިއެސް މީހުން ކަންތައް ކުރާ ގޮތް ދިމާ އިދި ކޮޅު. މީ ވަރަށް ވާހަކަ

   7
   8
 19. ތޫ

  އެމީހުން މިތަނަށް ނައިސްގެން ލަސްވެ އުޅޭހެން ހީވަނީ!
  ބަޔަކު މިތަނަށް ފާކުރުވަން އުޅޭހެން ވަރަށް ހީވޭ!
  އަންނި އެމީހުންގެ ހުރިހާވާހަކައެއް ދައްކަނީ!
  އެތަނުގަ ތިބި ބަޔަކު ވިހާ އަދަދާ ހުރިހާކަމެއް އިނގޭ ކަމަށް މީޑިޔާއަށް އަރާގޮވަނީ!
  އެހެންތާ މިވަނީ މީނަ ހީވަނީ އަންހެންވެރިން ވިއްސުވާފޫޅުުމާާ ދާތަ ގެންގުޅޭ ފޮށިހެން!
  އެމީހުންގެ ވާހަކަ ފަތުރާ ގައުމު ހަލަބޮލި ކޮއްފަ މިއެތި ދާނީ!
  މުޅިގައުމު ހަލާކު ކޮއްފި މި ފުރޭތަ އައިސް!
  ފުލުހުންނަށް ވެސް އިތުބާރު ގެއްލުވާލީ މިއަނި ސައިތޯނު!
  ގައުމުގެ ހުރިހާކަމެއް އެއްފުށުން އަނެއްފުށަށް ފުރޮޅާލާާފިި!
  ކާކަށް ދެން ޔަގީންކަން އޮންނާނީ ތިބުނާބަޔަކު ކަމެއް ނުކުރާނެކަމުގެ!

  11
  1
 20. ގޫބެ

  ހުއްނުއް ސުއޫދު ބިރުގަތީ ކީއްވެ .

  2
  2
 21. އިބޫ ހުޅުމާލެ

  ސުވާލަކީ ލާދީނިއްޔަތަށް ހިއްވަރުދީ އެއްވި މީހުންނަށް އެއްވެސް އަދަބެއްނުދީ (ހިއްލަތާއި ދެންވެސް ތިބިމީހުން) އޭރުގައި އޮތް މިހާރުގެ ސަރުކާރުން އަޅާނުލީމައި މިޤައުމުގައި އިސްލާމްދީނަށް ލޯބިކުރާބަޔަކު ނިކުމެ މުޒާހަރާކުރި މީހުންނަށް ސުއޫދުމެން ދިންނަމަކީ ''ހަރުކަށިމީހުންނޭ'' ކީއްވެތޯ ލާދީނީ މީހުންނަށް ''މިނިވަން ޙިޔާލުގެ މީހުންނޭކިޔައި މުޙާތަބްކުރީ''..؟ ކީއްވެތޯ ލާދީނީމީހުންނޭ ނޫނީ އިސްލާމްދީނާއި ޢަދާވާތްތެރިމީހުންނޭ ކިޔައި ތިބުނާ މިނިވަން ޙިޔާލުގެ މީހުންނަށް މުޙާތަބު ނުކުރީ..؟ އަޅުގަނޑު އެއްފަހަރަކުވެސް ނުދަންނަވަން އޭގެތެރޭގައި ހަރުކަށިމީހުންނެތެކޭ ނަމަވެސް ހަނދާންބަހައްޓަންވީ ފުރިހަމަ މުސްލިމުންނަކީ މަދުބަޔެކޭ... ސަރުކާރުން މުރުތައްދު މީހުން މިނިވަންކަންމަތީ މިޤައުމުގައި އުޅެންދޫކޮށްލާފައި ތިބޭނަމަ ފުރިހަމަ މުސްލިމުންގެ ފަރާތުން މިނިވަންމީހުންނަށް ނުރައްކާވާނެ...

  22
 22. ސުމާރު

  ހަގީގަތަކީ ރާއްޖޭގެ އަލްގައިދާ ވެގެން އުޅުނު މީހުން ވަރަށް މަދު. ނަމަވެސް އައިއެސްގެ އާބާދީ ހާހުން ގުނާލެވޭ...

  10
  1
  • އަައިއެސް

   الحمد لله

   6
   3
  • ތެދު

   ތީ ތެދު ވާހަކަ އެއް. އަޒްލިފް ރައޫފް އާ މުނާއްކޮ މެން ސީރިޔާ އަށް ގޮސް ގުޅުނީ އައިއެސް އާ. ޔާމީން މަރާލައިގެން ހައްޔަރު ކޮށްފަ ތިބީވެސް އައިއެސް ފިކުރުގެ މީހުން. ސުއޫދު އަށް އެއްވެސް އެއްޗެއް އެގިގެން ނެރެފަ އޮތް ރިޕޯޓެއް ނޫން ތީ

   7
   2
 23. ކަަކު

  ސޫދު. ނިދަާ ފައޮއްވާ އައިއެސްއިން ގުޅީ ދެންބުނީ ކަލޭ ބުނާގޮތަށޭއަހަރެމެންހަދާނީ. އެއިރުން އިނދިކޮޅުމީހުން އައިއެސް ދެކެބިރުގަންނާނީ ހުރިހާކަމެއްގެ ރައީސް ރައީސްނަސީދު ވިދާޅުވި ހުރިހާކަމެއް ތިމަންނައަށްއެނގެއޭ. ޑެނތިކިޔަނީ ދައްގޮހޮރޭތަ

  3
  1
 24. ހުސެން

  ހުރެބަލަ ހުސްނުއް ސުއޫދު ،މުރުތައްދުވުމާއި ކާފަރުވުމަކީ ހައްދުފަހަނައެޅުންތޯ؟ކީރިތި ރަސޫލާ “ﷺ” އަށް ފުރަސްދާރަ ކުުރުމާއި ދީނުގެ ހުކުމްތައް ބަދަލުކޮށް ތިމާމެން އަމިއްލައަށް ޤާނޫނު ހެދުމަކީ ހައްދުފަހަނައެޅުންތޯ؟ ލާދީނީ ނުވަތަ ސެކިއުލާ ވުމަކީ މިނިވަންކަމޭތޯ ތި ބުނަނީ ؟އެކަން ސާފުކޮށް ދީބަލަ

  10
  • ގަމާރުމޯލްޑިވިއަން

   މީހުން މެރުން އެއީ ހައްދު އެތެރެތަ؟

   2
   1
 25. ބަބީ

  އައިއެސް މިތަނަށް ގެނައިބަޔަކަށް އެމީހުންގެ ނިންމުންތައްވެސް ރަގަޅަށް އިގޭނީ. އެމެރިކާއަށްވެސް އެއުޅެނީ ތިޔަވަރުގެ މައުލޫމާތެއް ނުލިބިގެން. ސޫދު ގަދަ އިގޭ

 26. މަ

  މޮޅު ވަރަށް މޮޅު. ކޮން އެވޯޑެއްބާ ޖަނާބޭވާލާ ސުޢޫދަށް ދޭންވީ!
  ގާއިދާ ޠާލިބާނުންގެ ވާހަކަވެސް ވައްދާ،ރާއްޖެ އަށް ުސާމާ ބިން ލާދިން އައިކަށްވެސް ކިޔާ. ޚަބަރުތައް ހަދާ، މޮޅުކުރޭ .
  ޢެކަމު އެމީހުންގެ ޚަބަރުތަޢް ތިހާވަރަށް އެގޭނެތަ އެމީހުންގެ އެޖެންތަކަށް ނޫން މީހަކަށް!
  ކީކޭތަ ތިޔާމީހުން ބުނަނީ ....؟؟؟؟

 27. Anonymous

  ތިބުނާ ސޯމިތަކީ ރާއްޖޭގައި އުޅޭމީހަކުކަމުގައި ވިއްޔާ އޭނާ ހައްޔަރުނުކުރެވިގެން މިއުޅެނީ ކީއްވެ. ދެން އައިސިސްގެ ފަރާތުން މިތާ ހުރިމީހަކީ ކާކު.. އެމީހާގެ ނަމެއް ނެތީކީއްވެ.؟ ތިޔަ ރެފެރެންސު ކުރާ ރިޕޯޓަކީ ކިހިނެއް ކޮންތާކުން އައިސްގެން އުޅޭ ކޮން ހެއްކެއްގެ މައްޗައް ބިނާވެފައިއޮތް ރިޕޯޓެއް.؟ ދެން އަލްގައިދާހެ ރާއްޖޭގެ މީހާ އަކީ ކާކު.؟ މި މީހުން ރާއްޖޭގައި އުޅެނީ ކިއްލާ ހަދައިގެންތަ މިވެރިން ހައްޔަރު ނުކުރެވިގެން އުޅެނީ..؟ ނޫނީ ފުލުހުންނާއި ސިފައި މިމީހުން ދެކެ ބިރުގަންނަނީތަ.؟ ނޫނީ ގުޅިގެން އުޅެނީތަ.؟

  4
  1
 28. ޢަދުރޭ

  ޢަލްޖަޒީރާ ޔާ ޢަރަބިއްުޔާ ޓީވީން ލައިވްކޮށް ދެއްކި މިސްރުގެ މުސްލިމް ޒުވާން ޕައިލެޓެއް ދަގަނޑު ކޮށްޓަކަށްލާފަ ރޯކޮށްލިތަން . ޢައިސިސް އެންމެން އޭނަ ގައިގަ ރޯވެގެން ހަޅޭއްލަވާފަ މަރަށް ތެޅުނުއިރު ތިބީ ބަލަން އަނދާ ހުލިވަންދެން އަލްޖަޒީރާޔާ ޢަރަބިއްޔާ ޓީވީވެސް އެއީ ކާފަރު މީޑިއާ އުތަ ؟ ޔަހޫދީންނާ ހަނގުރާމަ ނުކޮށް މުސްލިމުން މަރާ ބައެއް އަލްގައިދާވެސް އައިސިސް ވެސް ތީ .ސީދާ ޔަހޫދީންގެ ބައިގަނޑެއް ތި ދެބައިމީހުންވެސް ތީ

  3
  1
 29. އަލީ އިބްރާހީމް

  މުިސްލިމުންނަކީ، ދީނުގައި ކަނޑައެޅިގެން ޙަރާމްކުރައްވާފައިވާ ކަންކަން ޙަރާންކަންކަން ކަމުގަ ބަލާގަނެ އެއަށް ޢަމަލު ކުރާމީހުން، ދީނުގަ ނަހީ ކުރައްވާފައިވާ ކަންކަމަށް ފާޅުގަ އަރާގަންނާނީ މުސްލިމުންގެ ތާކިހާ އަޅާގެން އުޅޭ ޢައިރު މުސްލިމުން.. ކުރިންވެސް މި ޤަވްމުގައި، މިޤަވްމަށްޓަކާ ޤުރުބާންވީ އެތައް އަބްތޯލުންތަކެއް ވަނީ އުފެދިފައި، މިހާރުވެސް ޙާލަތު ބަދަލުވާނަމަ، އެފަދަ އަބްތޯލުން އުފެދޭނެ، އައި.އެސް ފިކުރަކީ ލާދީނީ ފިކުރެއް، ބޮޑެތި ވައްކަންތައް ކުރަނީ، މީހުން މަރަނީ، އަޅުން ގެންގުޅެނީ، މި ފިކުރަށް ތާއީދު ކުރާނީވެސް ލާދީނީ މީހުން، އެ މީހުން ހީނުކުރާތި ފުއްޕާފަ އުޅެވޭނެޔެ، އެހެން މީހުންވެސް އެބަ ތިބި ދީނަށް ޓަކާ ފުއްޕަން ކެރޭ، ނަޞްރު ލިބޭނީ ޙައްޤަށް،