ނ. އަތޮޅު ކުޑަފަރި އާއި އެ އަތޮޅު މާޅެންދޫގައި ފެނާއި ނަރުދަމާ ގާއިމް ކުރުމަށް އެމްޑަބްލިވްއެސްސިީ އާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއަދު ޕްލޭނިންގ މިނިސްޓްރީގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުންތަކުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެެ ޑިރެކްޓަރ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގުއެވެ. އެމްޑަބްލިވްއެސްސިީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އާދަމް އާޒިމްއެވެ.

އެއް އަހަރާއި 10 މަސް ތެރޭގައި ނިންމާ ގޮތަށް، ކުޑަފަރީ މި މަޝްރޫއު ހިންގުމަށް 38،245،917.74 ރުފިޔާ ހަރަދުވާނެއެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ފަރުމާ ކުރުމާއި ރަށުގެ ފެނާއި ނަރުދަމާގެ ވިއުގާ އެޅުމާއި، އޯއާރް ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކެނެކްޝަން ގުޅައިދިނުން ހިމެނެއެވެ.

މާޅެންދޫގައިވެސް މި މަސައްކަތް ނިންމަން ކަނޑައަޅާފައިވާ މުއްދަތަކީ އެއް އަހަރާއި 10 މަސް ދުވަހެވެ. އެ ރަށުގައި މި މަޝްރޫއު ހިންގުމަށް 42،975350،00 ރުފިޔާ ހަރަދުވާނެއެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ފަރުމާ ކުރުމާއި ރަށުގެ ފެނާއި ނަރުދަމާގެ ވިއުގާ އެޅުމާއި، އޯއާރް ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމާއި، އަދި ގޭގެއަށް ފެނާއި ނަރުދަމާގެ ކެނެކްޝަން ގުޅައިދިނުން ހިމެނެއެވެ.