އެތައަށް ދުވަހުގެ ދިގު އިންތިޒާރަކަށްފަހު މޯލްޑިވިއަންގެ އާ ޓިކެޓިންގ އޮފީސް ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

ކުރީގެ އުމަރު ޝޮޕިން އާކެޑް އަދި މިހާރުގެ ސިޓީ ސްކެއާ ބިލްޑިންގަގައި، އާ ޓިކެޓިން އޮފީސް ހުޅުއްވައި ދެއްވީ މޯލްޑިވިއަން އަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅުންނެވެ.

އާ އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ބޭއްވި ރަސްމިއްޔާތުގައި މޯލްޑިވިއަންގެ މަނޭޖިންގް ޑިރެކްޓަރ މުހައްމަދު ރިޒްވީ ވިދާޅުވީ، އެ މަގާމާއި ހަވާލުވީ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް އުފެއްދުމަށް ކަމުގައެވެ. އަދި ހިދުމަތްތަށް ދުވަހެއް ދުވަހަކަށް ރަނގަޅު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑު މިމަގާމާއި ހަވާލުވެގެން އިސްކަމެއް ދިން އެއް ކަންމަކީ މުވައްޒަފުންނަށް ރަނގަޅު މަސައްކަތް ކުރާނެ މާހައުލެއް ގާއިމް ކުރުން. މިގޮތުން ވަރަށް ބައިވަރު ޑިޕާޓްމަންޓުތައް މަޑުމަޑުން ނަމަވެސް އާ އޮފީސް ތަކަށް ބަދަލު ކުރަމުން މި ގެންދަނީ،" ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ، ކުރިން މަސައްކަތުގެ މާހައުލު ވަރަށް ދަތިކަމަށާއި އެހެން ނަމަވެސް މިހާރު ކޯލް ސެންޓަރ އެކްސްޕެންޑްވެ ގިނަ މުވައްޒަފުންނަށް ބައިވެރި ވެވޭނެ ކަމަށެވެ. މީގެ އިތުރުންވެސް އެބޭފުޅުންދޭ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން ޓިކެޓިން ހިދުމަތް ލިބޭނެ މޯބައިލް އެޕްލިކޭޝަނެއް ހެދުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއަދު އާ ޓިކްޓިންގް އޮފީސް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު މޯލްޑިވިއަންނަށް އެންމެ ގިނަ ދުވަހު ހިދުމަތް ކޮށްދެއްވި ފަރާތްތަކަށް ހަދިޔާވެސް ހަވާލުކޮށްފައިވެއެވެ. ހަދިޔާ ހަވާލުކޮށްދެއްވީ މޯލްޑިވިއަންގެ މެނޭޖިންގް ޑިރެކްޓަރ ރިޒްވީއެވެ.

މިއަދުގެ ރަސްމިއްޔާތަށް ވަޑައިގެންނެވެ ގިނަ ދުވަސް ހިދުމަތް ކޮށްދެއްވި ބޭފުޅުންގެ ތެރޭގައި ހިމެނެނީ، މޯލްޑިވިއަން ކާގޯގެ ޖެނެރަލް މެނޭޖަރ އަހްމަދު ސަލީމް، ފްލައިޓް ޑިސްޕެޗް މެނޭޖަރ އަހްމަދު ނަސީމް، ސީނިއަރ އެޑްމިނިސްޓްރޭޓިވް ކޯޑިނޭޓަރ ފަތިމަތު ޖަލީލް އަދި ސީނިއާރ އެކައުންޓްސް ކޯޑިނޭޓަރ ނަދުހާ މުހައްމަދެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިޔާނާ ސައީދު

    މިހާރު ތިތަނުގެ ހިދުމަތްދޭތާވެސް ކޮންދުވަހެއް ދޯ ކަންނުދެއްކިޔަސް ވެދާނެ ދޯ ވެދާނެ ތިއީ މިސަރުކާރުން ކުރާ ބޮޑު މަސްރޫއެއް ނިންމާލިކަމަށް

    4
    4
  2. ޓަކި

    ފޭކު ބަަަޔެއް