ދެ ރަށެއްގެ ސްކޫލެއްގައި މަލްޓި ޕާޕަސް ހޯލެއް އަޅަން އެޑިއުކޭޝަން މިނިސްޓްރީއިން ބަޔަކާ ހަވާލުކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ލ. އިސްދޫ ސްކޫލްގެ އިތުރުން ފުވައްމުލަކު ސިޓީގެ މުހައްމަދު ޖަމާލުއްދީން ސްކޫލުގައި މަލްޓި ޕާޕަސް ހޯލުގެ 2 ބުރީގެ އިމާރާތެއް އެޅުމަށް ވަނީ ސޮއި ކޮށްފައެވެ.

ލ. އިސްދޫ ސްކޫލާއު ފުވައްމުލަކު ސިޓީގެ މުހައްމަދު ޖަމާލުއްދީން ސްކޫލުގައި މަލްޓި ޕާޕަސް ހޯލުގެ 2 ބުރީގެ އިމާރާތެއް އަޅަން ހަވާލުކޮށްފައިވަނީ ޑަބްލިއު އެންޑް އޭ އޯވަސީސް ޕީޓީއީ ލިމިޓެޑާއެވެ. މި މަސައްކަތް ކުރުމަށް އެކުންފުންޏާ ހަވާލުކޮށްފައިވަނީ 14.6 މިލިއަން ރުފިޔާއަށެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ 210 ދުވަހުން ނިންމާ ގޮތަށެވެ.

އެ އެއްބަސްވުމުގައި ޑަބްލިއު އޭ އެންޑް އޯވަސީސްގެ ފަރާތުުން ސޮއި ކުރެއްވީ ޑިރެކްޓަރު އަހުމަދު އަސްލަމް އެވެ. އަދި އެޑިއުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ރިޔާޒެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ އުއްމީދަކީ އެ ދެ މަލްޓި ޕާޕޯސްހޯލް ވެސް ނިންމައި އަންނަ އަހަރު ސެޕްޓެމްބަރު މަހު ބޭނުންކުރެވޭވަރުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު