ލ. ގަމުގައި ފެންގަނޑަކަށް ވެއްޓުނު ދެ އަހަރުގެ ކުޑަ ފިރިހެން ކުއްޖެއްގެ ހާލު ސީރިއަސްވެ ފަރުވާދޭން ފަށައިފި އެވެ. އެކުއްޖާއަށް ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރުގެ އެހީގައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެކުއްޖާ ވެއްޓިފައިވަނީ އެކުއްޖާގެ ގޯތި ތެރޭ ހަދާފައި ހުރި، ފުންމިނުގައި 5 ފޫޓު ބައި ހުރި މަސް ފެންގަނޑަކަށެވެ. އަދި ކުއްޖާ ގެއްލިގެން ހޯދަމުންދަނިކޮށް ފެނުތެރޭގައި އޮއްވާ ފެނުނީ މިއަދު ހަވީރު އެގެއަށް ދިޔަ ފުލުހަކަށެވެ. ކުއްޖާ ފެނުނު އިރު އޮތީ އެ ފެންގަނޑުގެ އަޑީގައެވެ.

އެކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފުލުސް މީހާގެ ސައިކަލުގައެވެ.

އެރަށު ކައުންސިލުގެ މެމްބަރު އިސްމާއިލް ޒަކީ ވިދާޅުވި ގޮތުގައި ފެންގަނޑުގެ ތެރެއިން ކުއްޖާ ނެގި އިރު ވިންދުވެސް ނެތެވެ. ނަމަވެސް ފަހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށުމުން ވިންދު ޖަހަން ފެށި ކަމަށާއި، ނޭވާ ލާން އުނދަގޫތަކެއް ހުރުމުން ވެންޓިލޭޓަރު ގުޅީ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން އެކުއްޖާ މާލެ ގެނައުމަށް ހަމަޖައްސާފައިވަނީ ޗާޓަރު ފްލައިޓެއްގައި މިރޭގެ ވަގުތެއްގައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ތުނިޔަ

    ހާދަ ހިތްދަތި ޚަބަރެކޭ! ކުޑަކުއްޖާޔަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި ދުޢާކުރަން...ޢާއިލާޔަށް ކެތްތެރިކަން ދެއްވާށި! ޢާމީން.

    153
    1
  2. ޕޮގުބާ

    ގައުމެއްގަ ވެރިން ޖާހިލުވެ ނުބައިވީމަ ގައުމުގަ ބިރުވެރިކަން އުފެދޭނެ މިވެރިކަމު ހިތްދަތިކަމެއްނުވާ އެންމެދުވަހަކަށްވެސް އިރެއް އަދިޔަކު ނާރާ

    23
    15
  3. ޖަޒީރާ

    ބޮޑުވަޅެއް ކޮނެފައިން ކުޑަކުދިންގެ ސަލާމަތައް ބެލުމެއްނެތި އެއްވެސްގޮތަކުން ރައްކާތެރިކަމެއްނެތި ގޯތިތެރޭގަ ހަދާފަ ހުރިތަނެއް އެތަނައް މިކިޔަނީ މަސްފެންގަނޑު ސަރުކާރުން ވަނީ މީގެެއެތަކެއް އަހަރު ކުރިން ގޯތިތެރޭ ހުއްނަ ފެންވަޅުތައް މަތިއަޅާ ބަންދުކުރަން ނޫނީ ތިންފޫޓް އުސްމިނުގެ ފާރެއްލާން އަންގާފަ ކުޑަކުދިން ވެއްޓޭތިވެ ވަޅުތެރެއައް ކޮންމެވެސް ބައެއްގެ އިހުމާލެއްތީ ވަރައްދެރަކަމެއްތީ ތިވައްތަރުގެ މަސްފެންގަނޑެއް ހުޅުމާލެ ހޮސްޕިޓަލުގެ ގޯތިތެރޭގަވެސްއޮވޭ ކަމެއްދިމާވީމަ މިއެގެނީ ހެދިފަހުރި ގޯސް ތިވައްތަރުގެ މަސްފެންގަނޑުތައް ވަގުތުން ނައްތާލަން ޖެހޭ ރާއްޖޭގަ ސޭފްޓީ ގަވާޢިދެއް ބިލްޑިންކޯޑެއް ނެތީމަ ގިނަފަރުމިފަދަ ކަންތައްދިމާވާނީ މުޅިންވެސް ސޭފްޓީ ކަންތައް ފުރިހަމަ ކުރަނީ ރާއްޖޭގަހުރި ބޭރުކުންފުނިތަކުން އެމީހުންގެ އިންޝޫރެންސް އައްބަލާފަ 2008ގެ ފަހުން މިކަންތައް ދަނީ ދައްވަމުން.

    13
    2
  4. ޓްރޭސް

    މިއީ މަދިރި އުފައްދާ އާލާ ކުރުމަށް ހަދާފައިވާ ފެންގަޑެއްބާ!

    6
    3
  5. އަޅެ

    ހިތާމަވެރި ޚަބަރެއް... އެހާ ފުން ފެންގަނޑެއްގެ ވަށާފައުރު އެހާތިރިކޮށް ހުރެގެން ނުވާނެ... ގޭގޭގަ ހުންނަ ވަޅުގެ އުސްމިނުގައި 2.5 ފޫޓު ހުންނަންޖެހޭ... "ކުދިންގެ ރައްކާތެރިކަމަށް ސަމާލުކަންދެއްވާ".. އެއީ ހަމައެކަނި މަންމާ އާއި ބައްޕަގެ ޒިންމާއެއްނޫން... އާއިލާ ގެ އެންމެންގެ ޒިންމާއެއް..

    14
    1
  6. 4 ކިލޯ

    ހާދަ ހިތްދަތި ޚަބަރެކޭ! ކުޑަކުއްޖާޔަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި ދުޢާކުރަން...ޢާއިލާޔަށް ކެތްތެރިކަން ދެއްވާށި! ޢާމީން.