ދެވަނަ ދައުރަކަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހޮވަން ރައްޔިތުން ބޭނުންވާ ކަމަށް ރައްޔިތުން މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސަ ވިދާޅުވެއްޖެއެވެ.

މިރޭ ހައްދުންމަތީ ގަމުގައި ޕީޕީއެމްއިން ބާއްވަން ނިންމާފައިވާ ބޮޑު ޖަލްސާއާއި ބެހޭ ގޮތުން "ވަގުތަށް" ދިން އިންޓަވިޔުގައި ރީކޯ މޫސަ ވިދާޅުވީ ރާއްޖޭގެ ރަށްތަކަށް ކުރަމުންދާ ޒިޔާރަތްތަކުން އިދިކޮޅު ފަރާތްތަކަށް ތާއީދު ނެތްކަން ހާމަ ވެއްޖެ ކަމަށެވެ. އަދި އިދިކޮޅުން ކުރި މަސައްކަތުން ގިނަ ރައްޔިތުން ތިބީ ކަންބޮޑުވެފައި ކަމަށާއި އެކަމުގެ ސަބަބުން ރައީސް ޔާމީނަށް ތާއީދު ކުރާ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ.

ރާއްޖޭގެ ރައްޔިތުން ބޭނުންވަނީ ރައީސް ޔާމީން ދެވަނަ ދައުރަކަށް ހޮވަން ކަމަށާއި ރައީސް ޔާމީން ގެނެސްދެއްވާފައިވާ ތަރައްގީތަށް ރައްޔިތުން ބަލައިގަންނަ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.

"ދިވެހި ރައްޔިތުނެއް ނޭދޭ މިގައުމަށް ބޭރުގެ ސިފައިން އަރުވައިގެން މިގައުމުގައި ހަމަނުޖެހުން ހިންގާކަށް. އަދި ރައްޔިތުންނެއް ނޭދޭ މިގައުމުގެ އަމަން އަމާންކަން ނަގާލާކަށްވެސް. އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުން ރައީސް ޔާމީނަށް އޮންނަ ތާއީދު ވަނީ އިތުރު. ރައްޔިތުން ބަަލައިގަނޭ ރައީސް ޔާމީންގެ ހަރުދަނާ ސިޔާސަތު. މި ސަބަބަށްޓަކައި ރައްޔިތުން ބޭނުންވޭ ދެވަނަ ދައުރަކަށްވެސް ރައީސް ޔާމީން ހޮވަން" މޫސަ ވިދާޅުވިއެވެ.

މިރޭ ހައްދުންމަތީ ގަމުގައި ބާއްވާ ޕީޕީއެމް ޖަލްސާ ގައި ބައިވެރިވެ ވަޑައިގަތުމަށް މޫސަގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ބައެއް ވަޒީރުން މިހާރު ތިއްބެވީ ގަމުގައެވެ. އެބޭފުޅުން ގެންދަވަނީ ވަކިވަކިން ރައްޔިތުންނާއި ބައްދަލު ކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވަމުންނެވެ.

މިރޭ ގަމުގައި އޮންނަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އެއްމެން

    ހަމަޔަގީނުންވެސް އައްނި ރާއްޖޭގެ ވެރިކަމަށް އައްނާކަށެއް ބޭނުމެއްނޫން. ހެއްދެވިފަރާތުން މަދަދަށް އެދޭކަށް އޭނާ ބޭނުމެއްނުވޭ. އޭނަ މެދުނުކެނޑި މަދަދަށް އެދެމުންދަނީ ޔޫރިޕިއަން ކޮމިއުނިޓީ އިންނާއި އިންޑިޔާއިން.

  2. ފަރީ

    ތިހަމަހުސްދޮގު

  3. ފަރީ

    ކާޑުއަގު ހެޔޮކޮއްފީމު އޭކިޔާފަވެސް ހެދީދޮގު މިއަދާހަމަ އައްވެސް މި ލ.ގަމުގަ ކަޑުހުރީ އަގުބޮޑުކޮން

  4. އޭއެމް

    ރައްޔިތުން ބޭނުންވާގޮތައް ވޯޓުއަޅަން ފުރުސަތުދެއްވާނަންތޯ ؟ ފުރުސަތުދެއްވައިފިނަމަ އިރާދަކުރެއްވިއްޔާ ޔާމީން ބަލިކުރާނެ !!!! އަދިމޫސަވެސް އިގޭތޯ

  5. މީހެއް

    މޫސާ ރައްޔިތުންނޭ ނުބުނޭ މޫސަޔާއި ދެތިން މީހުންއުޅެނީ ޔާމީންބޭނުންވެގެން