ކުރީގެ ރައީސް، އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 25 ވަނަ ދުވަހަށް ތާވަލްކޮށްފިއެވެ.

އެދުވަހަށް ތާވަލްކޮށްފައިވާ އަޑުއެހުން ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 ގައެވެ.

ޔާމީނާއި ދެކޮޅަށް ހުށަހެޅި ހެކިންގެ ހެކިބަސް މިހާރު ވަނީ ނަގައި ނިމިފައެވެ. ދައުލަތުން ހުށަހެޅި ހެކިންގެ ތެރެއިން ހެކިބަސް ނުނެގި އޮތީ މިހާރު އެންޓިކޮރަޕްޝަން ކޮމިޝަންގެ ކުރީގެ ރައީސް ހަސަން ލުތުފީގެ ހެކިބަހެވެ. ލުތުފީވަނީ ހެކިބަސް ދެއްވަން އިންކާރު ކުރައްވާފައެވެ.

އެހެންކަމުން ދައުލުތުން އެދިފައިވަނީ ލުތުފީގެ ހެކިބަހުގެ ބަދަލުގައި ތަހުގީގު މަރުހަލާގައި ލުތުފީ ފުލުހަށް ދެއްވި ވީޑިއޯ ބަޔާނެއް ޝަރީއަތުގައި ދެއްކުމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ފަރާތުން ވަނީ އެކަމާއި ދެކޮޅު ހަދާފައެވެ.

ދެެން އޮންނަ އަޑުއެހުމެއްގައި އެ މައްސަލައާއި ގުޅޭގޮތުން ގޮތެއް ނިންމާނެ އެވެ.

އަންނަ ހަފްތާގައި ބާއްވާ އަޑު އެހުމުގައި ޔާމީންގެ ފަރާތުން ދިފާއީ ހެކިންގެ ހެކިބަސް ނެގުން އޮންނާނެއެވެ. ޔާމީންގެ ފަރާތުން ހުށަހަޅާފައިވަނީ އެންމެ ދިފާއީ ހެއްކެކެވެ. އެއީ އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޒީމާ އާދަމްއެެވެ.

އަޒީމާގެ ހެކިބަސް ނެގުމަށްފަހު ދެން އޮންނާނީ ދެފަރާތުންވެސް ހެކިބަހާއި ގުޅޭގޮތުން ވާހަކަދެއްކުމެވެ. އެއަށްފަހު ހުލާސާ ބަޔާން އިއްވުމަށް ވަކި އަޑުއެހުމެއް ބާއްވާނެއެވެ. އަދި އެއަށްފަހު އަދަބު ކަނޑައެޅުމާއި ގުޅޭގޮތުން އަޑު އެހުމެއް ބާއްވާ ހުކުމް އިއްވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. މާވަޑި ފަލާހް

    ތިމައްސަލަ މާބޮޑަށް ދިގުލައިގެންދާކަން ފާހަގަކުރެވޭ. ތިކަމަކީ ދުވާލުގެ އިރުފަދައިން އެއްވެސް ސައްކެއްނެތްމިންވަރަށް ސާބިތުވެފައިވާ މައްސަލައެއް. އަވަހަށް ޙުކުމް ކުރައްވާ އޭރުންދެންވެސް ދައުލަތުން ވައްކަންކުރާމީހުންނަށް އިބުރަތަކަށް ވާނީ، ކޮންމެ ފެންވަރެއްގެ ކޮންމެ މަޤާމެއްގައިހުރެފަވެސް ވައްކަންކޮށްފިނަމަ ހައްޤްއަދަބު ލިބޭނެކަން އެނގިހާމަވާނެ.

    3
    59
    • Anonymous

      މިހާރު ސަރުކާރު މަތީ ފަޑީގެ ތިބި ހުރިހާ އެންމެން ރައްޔިތުން ނިކުމެ ހިމަ ރޯނުން ބަނދެގެން ގޮސް ޖަލައްލާ، މިމީހުން ވައްކަން ކުރީ ރައްޔިތުން ކުރިމަތީ ރޯމާ ދުވާލު، މާލިއްޔާ އެއްކޮށް ހުސްވެއްޖެ، އޭރުން ކުރިޔަށް އޮތް ޖީލައް އިބުރަތެއް ހާސިލްވާނީ

      51
      1
    • ޖާޒީރާ ބޯއީ

      މާވަޑި ފަލާހް އަށް މާބޮޑައެއް އެގިގެން ތިޔައުޅެނީ. ބީލާނެ އެތިކޮޅެއް ނުލިބުނީއުތަ.

      7
      1
  2. ދަރަނި

    ރައީސްޔާމީން ހައްޔަރުކުރުމަށް މިސަރުކާރުން ވަރަށްއަޑި ނުބައިރޭވުންތަށް ރޭވިކަމުގައިވިޔަސް ރައީސްޔާމީނާދެކޮޅަށް މިސަރުކާރުން ކުރެވޭނެ އެއްވެސް ކަމެއްއަދި އެއް ނުފެނެއެވެ އެކަލާންގެއީ ނުބައިރޭވުންތަށް ބާތިލުކުރައްވާ އިލާހުއެވެ ﷲގެ ރަހުމަތުން ސަރުކާރު ވަނީ ފެއިލްވެފައެވެ.

    38
  3. ކުޑަހުސޭނު

    މުޅިގައުމު ރޯމާދުވާލު ދަވާލީކާކު 100 ދުވަސް ގުނަންނޭނގި ވިހާމަރުވާ ބަލަހައްޓަން ހަވާލުވެ ވާނުވާނޭނގި ގައުމު ފުޑަމުން މިދަނީ ކާކު ކިރުބޯ ޅަކުއްޖާވެސް ދަންނާނެ ހަގީގީ ޑުރާމާއެއްމީ.......

    43
  4. Anonymous

    ރައީސް މީހާގެ 400 މިލިއަން ދަވާލި ކަމަށް އަޑު އިވޭ. އެމައްސަލަ އޭސީސީން ބަލަން ނުކެރިފަ. ރައީސް ޔާމީނަށް 1 މިލިއަން ޑޮލަރުގެ ތުހުމަތުގަ މިއުޅެނީ. މިއީ މިސަރުކާރުގެ ޔަހޫދީކަން ހުރި މިންވަރު. ރައީސް ޔާމީން ދިވެހި ރައްޔިތުންނަށް ހޯދައިދިން ތަރައްޤީން ރައީސްޔާމީނާ އަޅައިގަނެގެން އެއުޅެނީ. މި ސަރުކަރުން ބޭނުންވަނީ، އިހުގައި، އެބަހީ އަންޒަމާނުގައި ދިވެހިން ތިބި ހާލަތުގައި ތިބެން.

  5. ފފފފފ

    ރައްޔިތުންނަށް ހެޔޮއެދުނު ހަމައެކަނި ވެރިއަކީ ރައީސް ޔާމީން. މިގައުމުގެ ރައްޔިތުންގެ ފާގަތިކަމާއި، މިނިވަންކަމަށްޓަކައި ރެއާދުވާލު މަސައްކަތްކޮށްދެއްވި. އެކަމަކު ކީއްކުރާނީ.. ވަށައިގެން މިއޮތީ ޝައިޠާން ބައިގަނޑެއް. ދީން ހިމާޔަތް ކުރެވޭކަށްނެތް. ގައުމުގެ މިނިވަންކަމެއްނެތް..އިންޑިޔާގެ ދަށުގައި އޮންނަ މަލިކުގެ ހާލަތަށް ވެއްޓޭކަށް މާކަގިނަދުވަހެއްނެތް. އޭގެ ހެތްކެއް. ދިވެހި ރައްޔިތުންގެ އަމިއްލަ ފައިސާއިން ހަދާފަހުރި. ދަރުމަވަންތަ ހޮސްޕިޓަލަކީ.. އިންދިރާގާންދީގެ ނަންދީފަހުރި އިންޑިޔާގެ އެހީއެއްކަން ރަމްޒްކޮށްދޭގޮތަށް "އައިޖީއެމްއެޗް އެނެކްސް" އެތަނަށް ކިޔުމަކީ.

  6. Anonymous

    ރައްޔިތުންގެ ފައިސާއިން ހަދާފަހުރި ދަރުމަވަންތަ ހޮސްޕިޓަލަށް އައިޖީއެމްއެޗް އެނެކްސް ކިއުނު ސަބަބެއް މިއަދުގެ ޕްރެސްގައި އަހާލަދެއްވައި، އެކަމާގުޅޭ ބޮޑު ރިޕޯޓެއް މި ނޫހުގައި ޖައްސަވައިލަ ދެއްވަބައްލަވާ.

  7. ސައްދާމް

    ލޮނުލާގެން ބަތެއްނުކާނަން ރައީސް ޔާނިމުގެ މައްޗަށް މިކަމުގައި އިސްލާމީ ޝަރީޔަތުގެ ހަމަތަކުގެ މަތިން ހުކުމެއް އިސްފިއްޔާ. އެހެނެއްނޫން ގާސިމް ފަންޑުކޮށްގެން މިހާރުވެސް ދަނީ ފަޑިޔާރަށް އެކިކަހަލަގެ ހަދިޔާ ދެމުން.

  8. ހުދުހުދު

    ގާސިމް އިބްރާހިމް ޕްރޮޑިއުސް ކޮށް ޑައިރެކްޓުކޮށް ޓީވީ އެމް އިން ގެނެސްދޭ ސިލްސިލާ ފިލްމެއް މީ. ވަރަށް ސާފު.