އިންސާނީ އެހީ ދިނުމުގައި ބޭނުން ކުރުމަށް އެމްއެންޑީއެފަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ޑްރޯންތަކެއް ހަދިޔާ ކޮށްފި އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ ހިއުމެނިޓޭރިއަން އެސިސްޓަންސް އެންޑް ޑިޒާސްޓާ ރިލީފް އޮޕަރޭޝަންސް އަދި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަން ތަކުގައި ބޭނުން ކުރުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުން ހަތަރު ޑްރޯން މިއަދު އެމްއެންޑީފް އާއި ހަވާލުކޮށްފައިވާ ކަމަށެވެ.

އެމްއެންޑީފް އިން މީގެ ކުރިން ވެސް ބައެއް އޮޕަރޭޝަން ތަކުގައި ކަނޑު އަޑި ބެލުމަށް ވެސް ޑްރޯން ބޭނުން ކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލީ

    އަލަށްތަ؟

  2. ކުޑަބަޖަރާ

    ތިޔަޑްރޯން ތަކުން ކަންފުޅެއް ވޭތަ؟ ކަނޑުއަޑި ބަލަން ފޮނުވާ ޑްރޯންތަކަށްވެސް މިހާތަނަށް ހޯދަންއުޅުނު އެއްވެސް އެއްޗެއް ހޯދިފައެއްނެތް. ކޮންމެސް ކޮންމެސް ތި ޑްރޯންތައް ސައޫދީ ތެޔޮކާރުޚާނާ އާދިމާލަށް ނުފޮނުވާތި.