އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި ދެކޮޅަށް ގިނަ ހެކިތަކެއް ހޯދާފައިވާކަން ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން މިއަދު ހަވީރު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ސުޕުރިންޓެންޑް އޮފް ޕޮލިސް އަހުމަދު ޝިފާން ވަނީ އަބްދުﷲ ސައީދުއާ ދެކޮޅަށް މިހާތަނަށް ފުލުހުންނަށް ލިބިފައިވާ ހެކިތަކެއް ހާމަކޮށްފައެވެ.

ޝިފާން ވިދާޅުވީ، ފުލުހުން ބެލި ބެލުމުން ރާއްޖޭގެ ބޮޑު ކުންފުންޏަކުން ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނާޖާއިޒް މަގްސަދެއް ހިމެނޭގޮތަށް ދިންކަމަށް ތުހުމަތު ކުރެވޭ 2.4 މިލިއަން ޑޮލަރުގެ އެއް ބެނިފެޝިއަރީއަކީ އަބްދުﷲ ސައީދު ކަަމަށެވެ.

"ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ބޭނުންކޮށްގެން ރާއްޖެ އާއި ރާއްޖެއިން ބޭރުން އަގުބޮޑެތި ޕްރޮޕަޓީސް ގަތުމާއި، އެތަންތަން ބަލަން ދަތުރުކޮށް، އެތަންތަނަށް ޒިޔާރަތްކޮށް މި ވިޔަފާރިތައް މިގޮތަށް ހިންގާކަމުގެ ކިތާބީ ހެކި އަޅުގަނޑުމެންނަށް ލިބިފައި ވަނީ. އަދި މިކަންކަން ވަނީ ފުލުހުންނަށް ޔަގީން ކުރެވިފައި". ޝިފާން ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުﷲ ސައީދުގެ މައްޗަށް ފުލުހުންނަށް ކުރެވެ ޔަގީން ކަމަކީ ދައުލަތް ހިންގުމަށް ގަސްތުގައި ހުރަސް އަޅައި، އަދި އެކަންކަން ކުރުމަށް ސްޕްރީމް ކޯޓުގެ އައިޓީ ވިއުގާ ހުއްޓުމަކަށް ގެނައުމުގެ މަސައްކަތްކޮށްފައި ވަނީ ސީދާ އަބްދުﷲ ސައީދުގެ އަމުރުގެ ދަށުންކަމަށްވެސް ފުލުުހުންގެ ތަހުގީގަށް ޔަގީން ކުރެވިފައިވާކަމަށް ޝިފާން ވިދާޅުވިއެވެ.

އަބްދުﷲ ސައީދު މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ، ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ހިލާފަށް ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުުރުން. ދައުލަތް ހިންގުން ހުރަސް އެޅުމާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްތުގައި ހުރަސްއެޅުން ހިމެނެއެވެ.

ފުލުހުން ވިދާޅުވީ، ފުލުހުންގެ ތަހްޤީގަށް ހައްޔަރު ކުރެވިފައިވާ ބައެއް ފަރާތްތަކުން އެއްބާރުލުން ދެމެން ނުދޭކަމަށެވެ، އަދި އެ ފަރާތްތަކުގެ މައްޗަށް ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ދައުވާ ވަރަށް އަވަހަށް ކުރާނެކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. dhera

  ހެކި ނެތިގެންތަ ތި ތެޅިބާލަނީ... ޔާމިނު އެކައުންޓަށްވެސް ބައިތުލްމާލު ދިރުވާލިކަމުގެ ހެކި ލިބުނު...

 2. ތިމަންނަ

  ހޯދާނެއޭ ހޯދާނެއޭ ހެކި އެކަނިތަ ހޯދާނީ ، ހުރިހާއެއްޗެއްވެސް ހޯދާނެ

 3. ޖޮއްބެ

  އަދިވެސް އެހެން މީހުންނާ ދިމާލަށް ވަގަށްގޮވާތި ރީނދޫ ބާޣީ ބައިގަނޑު.

 4. ކޔާނު

  ޙެހެ ތި ޤަބޫލްކުރވޭ ހެއްކެއްނޫން ތިޔަށް ކިޔަނީ. މީހުން ފްރޭމްކުރުން

 5. ކެޔޮޅު

  ހައްްޤް އަދަބުދީ ބަލަ ހުރިނުބައިކަން!

 6. ބްރޯ

  ހައްތާވެސް ކާންދޭއަތުގަ ދަތްއަޅާމީހުން! މަނީ ޓޯލްކްސް ޕީޕަލް!

 7. ޙަފްޞާ / މާލެ

  މިވަރުގެ ނުބައި ޢަމަލުތައް ފަނޑިޔާރުންލައްވާ ހިންގުވިމީހުން އެބަފެނޭނު ދިފާޢުގައި ނުކުމެ ކޮމެވެސް އެހެންދިމާކަށް މީހުން ސަމާލުކުރުވާ އޮޅުވާލަމުންދާ މަންޒަރު!

 8. ގޮނާސަކް

  ކޮބާ ރަންރީނދޫ ޓްވިޓަރޭ ތަމެންނަށް ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. ފެނޭތޭ ފެނޭދޯ. އިޓްސް ގޮނާ ސަކް ދޯ.

 9. ދަހަރާމީސް

  އަންނަ ހުކުރު ދުވަހު ބޮޑު އެއްވުމެއް ނޫން ކުޑަ އެއްވުމެއް ވެސް ނޯންނާނެއޭ ރަންރީނދޫ ޓްވިޓަރޭ މެން ހޭދެބައިވެގެން ނޫޅެއްޗޭ މީ މަމެންގެ ވެރިކަން އަދި މީ މަމެންގެ ގައުމު ދޯ. މިހާރު މިއޮތީ ލާރޖް ކޮށް ސްޓޭޓް އޮފް އެމެޖެންސީ ދެން ތަމެން މާ ބޮޑަށް ފުއްޕާނަމަ ހުކުރުވިލޭރޭ ނެރެލާނީ ސްޓޭޓް އޮފް އަލްޓިމޭޓް އެމެޖެންސީ އޭ އެއިރުން ހުންނާނެ ރަނގަޅަށް ރާކަނި މަސްކެވިފައި އޭ މަމެން ބުނަން ނެތީމު ދޯ. އިޓްސް ގޮނާ ސަކް ދޯ އެއިރުން.